ޔަހޫދީން ފަލަސްޠީނު މީހުންނަށް އެހީވާން ކަމަށް ދައްކައިގެން އޮޅުވާލައިފި

އިބްރާހީމްް ސަމީރު
ނޮވެމްބަރ 14, 2025

އިޒްރޭލާ ގުޅުންހުރި ޖަމްޢިއްޔާއަކުން ފަލަސްތީނުގެ ރައްޔިތުންނަށް އޮޅުވާލައިގެން އެމީހުން ގެންގޮސް ދެކުނު އެފްރިކާއަށް އަޅައިފިއެވެ. އަދި އެކަމުގެ ތަފްސީލު ލިބިގެން ދެކުނު އެފްރިކާއިން ވަނީ، އިޒްރޭލާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ ޖަމްޢިއްޔާއެއްގެ ސްޕޮންސަރޝިޕްގެ ދަށުން އެ ގައުމަށް ދަތުރުކުރި ފަލަސްތީނު މީހުންގެ ދެ ވަނަ ބޯޓުގެ މީހުން އެ ގައުމަށް އެތެރެވުން މަނާކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ދެކުނު އެފްރިކާއާ ދެކޮޅަށް ޔަހޫދީ މީޑިއާގައި ޕްރޮޕެގެންޑާ ކުރަމުން ދެކުނު އެފްރިކާއަކީ މުނާފިގު ގައުމެއް ކަމަށް ބުނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، އިޒްރޭލުން ފައިސާ ދީގެން ޔަހޫދީންގެ ބަޔަކު ހިންގި ސްކޭމެއްގައި ޣައްޒާއިން ބޭރުވާ މީހުންނަށް ފައިސާ ދޭނެ ކަމަށާއި އެމީހުން ދަތުރަށް ތައްޔާރު ވުމަށް އެންގިއެވެ. ކަރަމް އަބޫސާލިމް ޗެކް ޕޯޓުން ޣައްޒާއިން އެމީހުން ބޭރުކުރުމަށްފަހު ބުނެފައި ވަނީ އެމީހުންނަށް ގެންދެވޭނީ ބެކްޕެކެއް އެކަނި ކަމަށެވެ. ފަހުން ރާމޮން އެއާޕޯޓަށް ފޯރުމުން ބުނެފައި ވަނީ ޕާސްޕޯޓާއި ފައިސާ ކޮޅާއި ފޯނު ފިޔަވައި އިތުރު އެއްޗެއް ނު ގެންދެވޭނެ ކަމަށެވެ.

މިމީހުން އިޒްރޭލުގެ ރާމޮން އެއާޕޯޓުން އެރުވީ އެއްވެސް މަރުކާއެއް ނިޝާނެއް ޖަހާފައި ނުވާ މަތިންދާބޯޓަކަށެވެ. އެއެއާޕޯޓް ޔުގެންޑާގެ އެންޓްވާޕް އެއާޕޯޓަށް ޖެއްސުމަށްފަހު އެތަނުން ޗާޓަރު ފްލައިޓެއްގައި ދެކުނު އެފްރިކާއަށް ގެންދިޔައެވެ. އަދި އެމީހުން ދާންވާ ތަންނަށް އޫބާ ޓެކްސީ ވެސް ހަމަޖައްސައި ދިނެވެ. ފަހުން ދެވަނަ ފްލައިތްގެ 160 މީހުންނާއެކު އިޒްރޭލު ޖަމުއިއްޔާއިން ގުޅުން ކަނޑާލައި ފޯނަށް ޖަވާބުދީ ވިލަރެސް ކުރުން ހުއްޓާލި އެވެ. އެހިސާބުން މި ޔަހޫދީ ރޭވުން ބޭޒާރު ވިއެވެ.

ދެކުނު އެފްރިކާގެ ސަރުކާރުން ބުނީ ފަލަސްޠީނު މީހުންނަށް އެތެރެވުން މަނާކުރީ ލިޔެކިޔުންތަކުގައި ހުރި މައްސަލަތަކެއްގެ ސަބަބުން ކަމަށާއި، ސްޕޮންސަރުކުރި ޖަމްޢިއްޔާގެ ހަގީގަތާ މެދު ޝައްކުތަކެއް އުފެދުމުގެ ސަބަބުން ކަމަށެވެ.

ދެކު އެފްރިކާގެ ސަރުކާރުން ވަނީ އެ ގައުމުގެ ސަރަހައްދު ސިޔާސީ ބޭނުންތަކަށް ނުވަތަ ސިއްރު އެޖެންޑާތަކަށް ބޭނުންކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ.

ފަލަސްތީނުގެ މީހުންގެ ހައްގަށް ވަކާލާތުކުރާ ޖަމްޢިއްޔާތަކުން ވަނީ މި ހާދިސާއަކީ ޖެނޮސައިޑް ހިންގި ޔަހޫދީންގެ ބޮޑު އޮޅުވާލުމެއް ކަމަށާއި ޔަހޫދީންގެ މިޢަމަލުތަކަކީ އިތުބާރު ގެއްލުވާލި ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ފަލަސްޠީނު މީހުން ވަޒަނުން ބޭރުކޮށް މަގުމަތި ކޮށް، ހިތްދަތިކަމާ ކުރިމަތިލާން ޖެއްސި ކަމަށެވެ.

މި މައްސަލައިން ދައްކުވައިދެނީ އިންސާނީ އެހީއާއި ޔަހޫދީންގެ ސިޔާސީ އެޖެންޑާތައް ގުޅިފައިވާ މިންވަރެވެ. ހަނގުރާމައިގެ ސަރަޙައްދުތަކުގައި މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ފައިސާ ނަގައިގެން މިފަދަ ކަންކަން ކުރުމުން މުޅި ނިޒާމާ މެދު މީހުންގެ ޝައްކުތައް އިތުރު ވެއެވެ.

ދެކުނު އެފްރިކާއިން ބުނެފައި ވަނީ ޔަހޫދީންގެ މިއަމަލަކީ ނަސްލު ސާފުކޮށްލުމުގެ އަމަލެއްގެ ތެރެއަށް ދެކުނު އެފްރިކާ ވެއްދުމުގެ ބައެއް ކަމަށެވެ.

 

މި ލިޔުމާ ގުޅޭ