ޗައިނާގެ ފައްޅިއަކަށް ދިޔަ މީހަކު ރޯކުރި ދުންދަނޑިއަކުން އަލިފާން ރޯވެ ފައްޅި އަނދައިފިއެވެ. އަނދާފައިވާ ފައްޅިއަކީ އާސާރީ ފައްޅިއެކެވެ. މިހާދިސާގައި މީހަކަށް ގެއްލުމެއް ނުލިބެއެވެ.
ޗައިނާގެ ޖިއާންގްސޫ ޕްރޮވިންސްގެ ޒާންގްޖިއާންގެ މައުންޓް ފެންގްވާންގްގައި ހުންނަ ވެންގަންގް ޕެވިލިއަންގައި އަލިފާން ރޯވެފައިވަނީ ނޮވެމްބަރު 12 ވަނަ ދުވަހު އެވެ.
މިއީ1500އަހަރުވެފައިވާފައްޅިއެކެވެ.






