ޑްރަގުގެ މައްސަލަތަކުގައި އަތުލައިގަންނަ މީހުންނަށް ހައްގު އަދަބު ދޭނެ: ނާއިބު ރައީސް

މުހައްމަދު އަލީ
ނޮވެމްބަރ 17, 2025

މަސްތުވާ ތަކެތިން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމަށްޓަކައި ރީހެބިލިޓޭޝަންދޭ މަރުކަޒުތައް މިސަރުކާރުން މިހާރުވަނީ ގާއިމްކޮށްފައި ކަމަށް ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ އެއީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން އެޅުއްވި ފިޔަވަޅެއް ކަމަށެވެ.

އެމަސައްކަތުގެ ދަށުން ޑްރަގު ނެޓްވޯރކުގެ ތެރެއިން ހައްޔަރު ކުރެވޭ މީހުންނަށް ޝަރީއަތް ކުރެވި ހައްގު އަދަބު ލިބޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އިޖުތިމާޢީ ހަމަހަމަކަން އިތުރަށް ފުޅާ ކުރެއްވުމަށްޓަކައި، ތެލަސީމިއާ ކުދިންނާއި އެކަނިވެރި މައިންނަށް، އިތުރު އިނާޔަތްތައް ސަރުކާރުން ހަމަޖައްސަވައި ދެއްވާފައިވާ ކަންވެސް ސަންގު ޓީވީއަށް ދެއްވި އިންޓަވިއެއްގައި ނާއިބު ރައީސް ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ