ޓްރަމްޕްގެ ދައުރުގެ ސިއްރު ފުލުހުންގެ އުދަނގޫ ބޮޑު ވަނީ

އިބްރާހީމްް ސަމީރު
ނޮވެމްބަރ 18, 2025

އެމެރިކާގެ ކޮލޮރާޑޯގައި ދިރިއުޅޭ އާއިލާއަކަށް ދިމާވި ހާދިސާއެކެވެ. ބައަޕްއާއި ކުދިން ދިޔައީ، ކައިރީގައި ހުރި ސުޕަމާކެޓަކަށް ގެއަށް އެއްޗެއް ގަންނާށެވެ. އެމީހުން ލަސްވެގެން މަންމަ ހޯދިއިރު ޓްރަމްޕްގެ ސިއްފު ފުލުހުން ވަނީ ކޮލަރާޑޯ ސްޓޭޓްގެ ޑެންވާ އިން އެމީހުން ހައްޔަރުކޮށްގެން ޓެކްސަސްގެ ޖަލަކަށް ގެންދިއުމަށް މަތިންދާބޯޓަކަށް ލާފައެވެ.

މިއީ ޓްރަމްޕް ވެރިކަމަށް އައި ފަހުން ހަރަކާތްތެރިވާ އޭނާގެ ސިއްރު ފުލުހުން ކަމަށްވާ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް އައިސްގެ އެޖެންޓުން ކުރި ކަމެކެވެ. އައިސް އަކީ ކުރިން ކޮމިއުނިސްޓް ރަޝިޔާގައި ކޭޖީބީން ހަރަކާތްތެރިވި ގޮތަށް ރައްޔިތުންނަށް ޖާސޫސްކޮށް ފާރަވެރިވާ ސިއްރު ފުލުހުންނެވެ. މިމީހުން ޖަލުވެސް ގެންގުޅެއެވެ. މިމީހުން ހައްޔަރު ކުރާ މީހުން ނިޒާމުން ގެއްލެއެވެ. އަދި އެއަށްފަހު އެމީހުން، އެމެރިކާއިން އެއްބަސްވުން ހަދާފައިވާ ގައުމެއްގެ ޖަލަށް ލާފައި ބެހއެއްޓުމަށް ޑިޕޯޓް ކޮށްލެވެއެވެ.

ކޮރަލާޑޯ އާއިލާގެ ބައްޕައާއި އޭނާގެ ދެ ކުދިން ޓްރަމްޕްގެ ސިއްރު ފުލުހުން ގަވާއިދާ ޚިލާފަށް ހިފަހައްޓައި، އެ އާއިލާއަށް ކުރި އަނިޔާގެ ސަބަބުން، ޓްރަމްޕްގެ ސަރުކާރުގައި ހިންގާ ނިޒާމުން މީހުން ގެއްލުވާލުމުގެ ސިއްރު އަމަލުތަކާ މެދު އަލުން ކަންބޮޑުވުންތައް އުފެދިއްޖެއެވެ. މި ހާދިސާގެ ސަބަބުން، އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (ICE) ގެ ސިއްރު އޮޕަރޭޝަންތަކާއި، މީހުން ގެއްލުވާލާ ކަމަށް ބުނާ އަމަލުތަކާ މެދު ބަހުސްތައް ވަނީ ހޫނުވެފައެވެ.

ކޮލޮރާޑޯގެ ޑުރާންގޯގައި ހިނގި މި ހާދިސާއާ ބެހޭ ގޮތުން އެ އާއިލާއިން ބުނި ގޮތުގައި، މިކަމަކީ ވަރަށް ބޮޑު ނަފްސާނީ އަނިޔާއެއް ލިބުނު ކަމެކެވެ. އަދި، މުސްތަގުބަލުގައި ވެސް މިފަދަ ކަމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބިރު ތިބެވޭ ކަމަށެވެ.

މަންޒަރު ދުށް މީހުން އެހިސާބުގެ އޮންލައން މީޑިއާއަށް ކިޔައި ދިން ގޮތުގައި އެޖެންޓުން ތިބީ އާދައިގެ ކުލަ ހެދުމުގައެވެ. އަދި މި ސިއްރު ފުލުހުން ނިޝާން ޖަހާފައި ނުވާ ކަޅު ބިއްލޫރި ޖެހި އުޅަނދުތައް ބޭނުން ކުރެއެވެ.

އެމީހުން ހިމޭނުން މީހުންގެ ތެރޭގައި ތިބެފައި ކުއްލިއަކަށް ހަރަކާތްތެރިވެ މީހުން ހައްޔަރުކޮށްގަނެއެވެ. އަދި އެއްވެސް ސަބަބެއް ނެތި އާންމުންގެ ތެރެއިން މީހުން ނިޒާމުން ގެއްލުވާލާ އަމަލުތައް ހިންގައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، މިފަދަ އުކުޅުތަކަކީ ޑޮނަލްޑް ޓްރަމްޕްގެ ރިޔާސަތުގެ ދަށުގައި ހިޖުރަ ވެރިންނާއި ދޮން ނޫސް ނަސްލުގެ މީހުންނަށް ނުހޮރޮއްޕާން ކުރުމަސް ހިންގާ ސިލްސިލާ ސިއްރު އަމަލުތައް ރަމްޒުކޮށްދޭ ކަމެކެވެ.

ޑުރާންގޯގެ އާއިލާއިން ބުނީ، މި ތަޖުރިބާގެ ސަބަބުން އެމީހުންގެ ދިރިއުޅުން  ”ދާއިމަށް ބަދަލުވެގެން ހިނގައްޖެ“  ކަމަށެވެ.

އެމެރިކާގެ މަދަނީ ހައްގަށް ވަކާލާތު ކުރާ ސިވިލް ރައިޓްސް ގްރޫޕްތަކުން އިންޒާރު ދޭ ގޮތުގައި، ނިޒާމުން މީހުން ގެއްލުވާލުމުގެ ސަބަބުން، ގާނޫނީ ތަންފީޒުކުރުމާއި ބިރުދެއްކުމާ ދެމެދު އޮންނަ ރޮނގު ފުސްވެގެންދެއެވެ. އަދި މިކަމުގެ ސަބަބުން ގާނޫނުއަސާސީގެ ދަށުން މީހާއަށް ލިބިދޭ ހައްގުތަކަށް ސަރުކާރުން އަރައިގަންނަކަން ސާފު ވެއެވެ.

މި ލިޔުމާ ގުޅޭ