ދީނުގެ ހުދޫދުން ބޭރުނުވުމަށް ފިލްމުއިންޑަސްޓްރީއަށް ރައީސް އިލްތިމާސް ކުރައްވައިފި

މުހައްމަދު އަލީ
ނޮވެމްބަރ 21, 2025

އިސްލާމްދީނުގެ ހުދޫދުގެ ތެރެއިން ބޭރުނުވުމަށް ފިލްމުއިސްޑަސްޓްރީގެ ބޭފުޅުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވަފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މިއަދު ވިދާޅުވެފައިވަނީ ”ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ ބޭފުޅުންގެ އަރިހުން ވެސް އަޅުގަނޑު އެދެނީ އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރެއްވުމަށް،“ ކަމަށެވެ. ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ ފިލްމު އިންޑަސްޓްރީއަށް ނިސްބަތްވާ މީހަކު ހުދޫދުން ބޭރުން ހެދުންއަޅައިފައިވާ ފޮޓޯއެއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވަނިކޮށްނެވެ.

ރައީސް ވިދާޅުވެފައިވަނީ ”އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމުން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަޅުގަނޑުމެންގެ އަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެކަމެއް. މުސްލިމުންގެ ސަޤާފަތާއި ޚިލާފުކަންކަމާ އަޅުގަނޑުމެން ދުރުވާންޖެހޭނެ،“ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަގާފަތާ އެއްގޮތަށް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް އަޅުގަނޑުމެން ވުމަކީ މިގައުމަށްޓަކައި ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތް ކަމަށެވެ.

މި ލިޔުމާ ގުޅޭ