މަލަބާރީންގެ އަތުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ބަތަލް ދޮންބަންޑާރައިންގެ މަތިވެރި ޖިހާދަށް ފަޚުރުވެރިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ހުރަވީ ދުވަހުގެ ތަހުނިޔާ ވިދާޅުވުމުގެ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއް އެކަމަނާ ވިދާޅުވެފައިވަނީ ”ހުރަވީ ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދު ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަނީ، ދޮންބަންޑާރައިންގެ އަގުހުރި ޤައުމީ ޖިހާދަށް ފަޚުރުވެރިވެ، ޝުކުރާއި ސާބަސް ތަކުރާރު ކުރަމުން،“ ކަމަށެވެ.
އެކަމަނާ ވިދާޅުވެފައިވަނީ، ދިވެހީންނަކީ އަބަދުވެސް، ގައުމު އިސްކުރާ، މިނިވަންކަމާއި އަމިއްލަވަންތަކަން ޙިމާޔަތްކުރާ ބައެއް ކަމަށެވެ. އަދި ރަށްވެހި، އުފާފާގަތި ބައެއްގެ ގޮތުގައި ލެހެއްޓެވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.






