ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން، މާލޭ، ދަފްތަރު ނަމްބަރު 020 / ބ. ދަރަވަންދޫ، ޙަމްދޫން ޢަބްދުﷲ (41އ) ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެދި ސިވިލްކޯޓުން ފުލުހުންނަށް އަމުރު ކުރެއްވީ އޭނާ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުވެފައި ނުވާތީއެވެ. މި އަމުރު ތަންފީޒު ކުރުމަށްޓަކައި ފުލުހުން ގެންދަނީ އެމީހާ ހޯދުމުގެ މަސައްކަތްކުރަމުންނެވެ.
ކޯޓުން އަމުރުކޮށްފައިވަނީ އޭނާ ބަންދުގައި ބަހައްޓައިގެން 2025 ނޮވެމްބަރު 25 ވަނަ ދުވަހުގެ 10:00 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށެވެ.
ޙަމްދޫން ޢަބްދުﷲ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.






