ސިންގަޕޫރުގައި މުޒާހަރާ ކުރުމަކީ މާފް ކުރެވޭ ވަރުގެ ކުށެއް ނޫނެވެ. އިޖުތިމާއީ ހިމޭންކަން ނަގާލާ ކަމަށް ބުނެ މި ”ޖަރީމާ‘ ހިންގާ މީހުން 6 މަސް ދުވަހަކަށް ޖަލަށް ލައި 10 ހާސް ސިން ޑޮލަރުން ޖުރިމާނާ ކުރެވެއެވެ. ނަމަވެސް މި ކަމުން 3 އަންހެނަކު ސަލާމތް ވެއްޖެއެވެ.
މި 3 އަންހެނުން ބުނަނީ ކޯޓަށް ހާޒިރުކޮށްފައި ތިބި އިރު އެމީހުން ބަރީއަ ވާނެ ކަމަކަށް އުންމީދެއް ނުކުރަމު އެވެ. ނަމަވެސް ފަލަސްޠީނު މީހުންގެ ހައްގުގައި އަދި ސިންގަޕޫރު ސަރުކާރުން ޔަހޫދީ ޖެނޮސައިޑް ސަރުކާރު ލޮއްސަން އުޅޭތީ އެކަމާ ދެކޮޅަށް މުޒާހަރާ ކޮށް އަދި އިތުރު މީހުން ބައިވެރިވުމަށް ހިތްވަރު ދިނުމުންވެސް މިފަހަރު މި 3 އަންހެނުން ވަނީ ސަލާމަތް ވެފައެވެ.
ސިންގަޕޫރުގައި ކޯޓަށް ވަންނަ ޖިނާއީ މައްސަލަތަކުގެ 97 އިންސައްތަ މައްސަލަތަކަކީ ކުށް ސާބިތުވެގެން ޙުކުމް ކުރެވޭ މައްސަލަތަކެވެ. ކުށްކުރުމާ ދެކޮޅަށް ސިންގަޕޫރުން ގެންގުޅޭ ވިސްނުން މިއިން ހާމަވެއެވެ.
ސަލާމްވި މި ތިން އަންހެނުންނަކީ، އަމީރާ މުހައްމަދު އަސްރޯރީއާއި ކޮކިލާ އަނާމަލާއި އާއި، އަދި މުސައްމަދު ސަބީޤުއްނަހާރު އެވެ.







