ފަގީރުކަމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އިންޑިއާ އާއި ޓައިވާނުން އެއްބާރުލުން އިތުރު ކުރަމުންދާ ކަމަށް ޓައިޕޭ ޓައިމްސްގެ އެޑިޓޯރިއަލްއެއް ގައި ބުނެފައިވެ އެވެ. ޓައިވާނަކީ ޗައިނާގެ ބާޣީ ޕްރޮވިންސެކެވެ. އަދި ޗައިނާއިން ބާރު އަޅަނީ ގައުމުތަކުން ޗައިނާގެ ރައްޔިތުން ތަމްސީލު ކުރާ ފަރާތަކީ ޗައިނާ ކަމަށް ބަލައި ގަތުމަށެވެ.
މި އެޑިޓޯރިއަލްގައި ވަނީ މޫސުމީ ކާރިސާގެ ސަބަބުން ފާއިތުވި 20 އަހަރު ތެރޭގައި 400 މިލިއަނަށް ވުރެ ގިނަ މީހުން ފަގީރުކަމުން ސަލާމަތްކުރުމުގައި އިންޑިއާއިން ލިބިފައިވާ ކުރިއެރުންތަކަށް ގޮން ޖެހުންތައް ކުރިމަތިވާނެ ކަމަށެވެ. އަދި ލަފާނުކުރެވޭ މޫސުމީ ކާރިސާއާއި ހަނަފަސްކަމާއި ހޫނުކަން ގަދަ ވުމުގެ ސަބަބުން ދިރިއުޅުމުގެ ކަންކަން ނުރައްކަލުގެ ތެރެއަށް ވެއްޓިދާނެ ކަމަށެވެ.
ޓައިވާނުގެ ތަޖުރިބާއާ ބެހޭ ގޮތުން ބުނެފައި ވަނީ އާބާދީގެ އެންމެނަށް ފައިދާތައް ލިބޭ ގޮތަށް ޓައިވާނުން ތިމާވެށި ހިމާޔަތް ކުރުމަށް 2050 ވަނަ އަހަރަށްދާ މާރެހެއްގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި ބުނެފައި ވަނީ ދެ ގައުމުގެ ސަރުކާރުން ވެސް އެއްގޮތް ސިޔާސަތުތަކެއް ތިމާވެށީގެ ރޮނގުން ކުރިއަށް ގެންދާ ކަމަށެވެ.
އިންޑިއާގެ ރަށްފުށުގައި ވަޒީފާގެ ފުރުސަތުތަކުން ފެން ހިމާޔަތްކުރުމަށް އެހީވެދޭ ކަމަށާއި އެފަދައިން ޓައިވާނުން ވެސް އިއާދަކުރަނިވި ސިނާއަތްތަކަށާއި މީހުން ތަމްރީނުކުރުމަށް އެހީތެރިވުމަށް 10 ބިލިއަން ޓައިވާން ޑޮލަރުގެ ގްރީން ގްރޯތު ފަންޑެއް ފަށާފައިވާ ކަމަށެވެ.
މި އެޑިޓޯރިއަލްގައި ބުނެފައިވަނީ ދެގައުމުގެ އެއްބާރުލުން ސޯލާ އެނާޖީއާއި ސްމާޓް ގްރިޑްތަކާއި މޫސުމާ އެކަށޭނެ ދަނޑުވެރިކަމުގެ ވައްޓަފާޅިއާއި އަދި ނުރަސްމީ މަސައްކަތްތެރިންނަށް އިންޝުއަރެންސް ދިނުން ފަދަ އިޖުތިމާއީ އާ އުފެއްދުންތަކަށް ފުޅާކުރަމުން ގެންދާ ކަމަށެވެ.
އިންޑިއާގެ ބާޒާރުގެ ބޮޑުކަމާއި ޓައިވާންގެ ޓެކްނޮލޮޖީގެ ފުރިހަމަކަން އެއްކޮށްލުމުން، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލައި ފަގީރުކަން ކުޑަކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ބުނެފައި ވެއެވެ.






