ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނޭ ކަމަށް ލަފާކޮށް ރ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެފައިވަނީ މި ސަމާލު ނެރެފައިވަނީ މިރޭ 10:30 އިން ފެށިގެން މިރޭ ފަތިހު 4:30 އަށް ކަމަށެވެ.
ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނޭ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނޭ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.






