ނަމީބިއާގެ ސަހަރާގެ ތެރެއިން، އުރިފައިވާ 16 ވަނަ ޤަރުނުގެ ޕޯޗުގީޒު އޮޑިއެއް ފެނިއްޖެއެވެ. މި އޮޑި ވަޅުލެވިފައި އޮތީ ވޮޑެމުން ދިޔަ ވެލި ގަނޑުގެ ތެރޭގައެވެ. ޕޯޗުގީޒުންގެ މި އޮޑިއަކީ ”ބޮމް ޖީސަސް“ ބައްޗާ ޖީސަސް ގެ ނަމުން ނަން ދީފައި އޮތް އޮޑި އެކެވެ. މި އޮޑި 1533 ވަނަ އަހަރު ގެއްލިފައި ވަނީ އިންޑިއާއިން ކުރި ދަތުރެއްގައެވެ. އެއިރު ޜާއްޖޭގައި ވެރިކަން ކުރީ ހިލާލީ ދަރިކޮޅުގެ ހަސަން 9 ވަނަ އެވެ.
މި އޮޑި އުރުނު ހިސާބަށް ވެލި ޖަމާވެ ހަނަފަސް ވެގެން ދިއުމާ ގުޅިގެން އޮޑި އޮތީ ފޮރުވިފައެވެ. އެހެންވެ 2008ގައި އެ އޮޑި ހޯދައިގަތް އިރު އޭގައި ހުރި ފޭރާމާއި ރަނާއި ޖަވާހިރުތައް ހުރިގޮތަށް ހުއްޓެވެ.
އެ އޮޑިން 2000 އަށް ވުރެ ގިނަ ރަން ފައުނާއި، 22 ޓަނުގެ އުޅާތަކާއި، އަދި ހުޅަނގު އެފްރިކާއިން ގެނެސްފައިވާ އެތް ދަތުގެ ދިހަވަރަކަށް ދަތް ފެނިފައިވެއެވެ. މިއީ ޔޫރަޕާއި، އެފްރިކާއާއި، އޭޝިއާ އާ ދެމެދު އޮތް ބޮޑު ވިޔަފާރީގެ ގުޅުން ދައްކުވައިދޭ ހެއްކެކެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި އޮޑި އުރުނީ ރާއްޖެ ކައިރިން ދަތުރުކުރަމުން ގޮސް ކޭޕް އޮފް ގުޑް ހޯޕަށް ނިކުތްތަނާ އައި ބާރުގަދަ ތޫފާނެއްގެ ސަބަބުން ކަމަށެވެ. އަދި އެތައް ޤަރުނުތަކެއް ވަންދެން ވެލިގަނޑު ތެރޭގައި ވަޅުލެވި އޮޑި ފޮރުވިފައި އޮތީ ކަމަށެވެ.
ތަޖުރިބާކާރުން މި އޮޑި ސިފަކުރަނީ ”އިޤްތިޞާދީ ޓައިމް ކެޕްސޫލެއް“ ގެ ގޮތުގައެވެ.






