އައްޑޫގަ އާ ކަނދުފައްޗެއް އެޅުން

ކަނދުފަތީގެ ވިއުގަ ފުޅާކުރުމުގެ ދަށުން އައްޑޫގައި އާ ކަނދުފައްޗެއް

މުޙައްމަދު ގުރައިޝް އަޙްމަދު
ޑިސެމްބަރ 4, 2025
ރާއްޖޭގެ ކަނދުފަތީގެ ވިއުގަ ފުޅާކޮށް މަސްވެރިކަން ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، އައްޑޫ ސިޓީ މަރަދޫ ހުޅަނގުން 28 މޭލު ބޭރުގައި އާ ވަދު ކަނދުފައްޗެއް ގާއިމްކޮށްފިއެވެ.
”އާރް08ޑީ03“ ގެ ނަންބަރު ދީފައިވާ މި ކަނދުފަތި އަޅާފައިވަނީ 0°41.100’އެން އަދި 72°42.400’އީ ގައި ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ކަނދުފަތި ގާއިމްކުރުމާއެކު އައްޑޫ ސިޓީގެ މަސްވެރިކަން އިތުރަށް ކުރިއަރައި، އެ ސަރަހައްދުގެ މަސްވެރިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ވަކިން ހާއްސަކޮށް، ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގައި ހަރަކާތްތެރިވާ ފަރާތްތަކަށް މިކަމުގެ ސަބަބުން އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ކަނދުފަތީގެ ވިއުގަ ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން، ޒަމާނީ ޓެކްނޮލޮޖީއާއެކު އާ ފަރުމާތަކަށް ކަނދުފަތި ބަދަލުކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ. އަދި ރާއްޖޭގެ ދެ ސަރަހައްދެއްގައި ކަނދުފަތި ތައްޔާރުކުރާ ސެންޓަރުތައް ގާއިމްކުރުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ސެންޓަރު ށ. ފުނަދޫގައި ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

މި ލިޔުމާ ގުޅޭ