ނަވާވީސް އުޅަނދެއް ޗެކުކޮށް ހަތަރު އުޅަނދު ޓޯކޮށްފި

މުހައްމަދު އަލީ
ޑިސެމްބަރ 5, 2025

މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ފާއިތުވު 48 ގަޑިއިރުތެރޭގައި ވަނީ ނަވާވީސް އުޅަނދެއް ޗެކްކޮށްފައި ކަމަށް ފުލުހުން ވިދޅުވިއެވެ. އަދި ހަތަރު އުޅަނދެއް ވަނީ ޓޯކޮށްފައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން ހިންގި މި އޮޕަރޭޝަނުގައި ވަނީ ”ހޮޓްސްޕޮޓްސްގެ ގޮތުގައި ފާހަގަކުރެވޭ ސަރަހައްދުތައް 585 ފަހަރު ބަލައިފާސްކޮށް، 113 އިންޓަރެކްޝަން ހަދާފައިވެއެވެ.“ އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ފުޓްޕެޓްރޯލްކޮށް ބަލަހައްޓާފައިވާ ކަމަށާއި، ޖުމްލަ 12 ގަޑިއިރަށްވުރެ ގިނަ ވަގުތު ފުލުހުން ވަނީ މާލެތެރެ ފުޓްޕެޓްރޯލް ކޮށްފައި ކަމަށް ވިދާޅުވެފައިވެއެވެ.

މި ލިޔުމާ ގުޅޭ