ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕާއި ވޭޕް ކާޓްރިޖްގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ މާލޭގެ ދެ ގެއެއް ބަލައި ފާސްކޮށްފިއެވެ. މި ބެލިބެލުމުގައި ވަނީ ގިނަ އަދަދެއްގެ ވޭޕާއި ވޭޕް ކާޓްރިޖްތަކެއް ފެނިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ މި ޑިސެންބަރު މަހުގެ 5 ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ. މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެދެ ގެ ބަލައިފާސްކުރި ކުރުމުގައި އެއްގެއަކުން ވަނީ 190 ފްލޭވަރޑް ކާޓްރިޖް، 9 ނެނޯ ސްޓިކް އަދި ޑިސްޕޮސިބަލް ޕޮޑެއް ފެނިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަނެއް ގެއިން 331 ފްލޭވަރޑް ކާޓްރިޖް، 6 ރިފިލް ކާޓްރިޖް އަދި 7 ޕޮޑް ފެނިފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެދެގެއިން ޖުމްލަ 544 އައިޓަމެއް ވަނީ ފެނިފައެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ ވެސް ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.






