ކަސްޓަމުން ހިފަހައްޓާފައިވާ ސިގިރެޓުތަކެއް: ފޮޓޯ ކަސްޓަމްސް

ވިލިމާލެ ޕޮލިހުގައިހުރި ސިގިރެޓް ގެއްލުނު މައްސަލާގައި ފުލުހަކު ހައްޔަރުކޮށްފި

މުހައްމަދު އަލީ
ޑިސެމްބަރ 9, 2025

ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންތަކެއް ގެއްލިފައިވާ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ފުލުހެކެވެ. އެއީ ސީނިއަރ ސާޖަންޓް ރޭންކުގައި ހުރި ފުލުހެއް ކަމަށް ޕޮލިސް މީޑިއާއިން މައުލޫމާތު ދެއްވާފައިވެއެވެ. އޭނާއަކީ އދ. ދިގުރަށް/ ޝަބުނަމީގެ، މުނައްވަރު އާދަމެވެ. އޭނާގެ އުމުރަކީ ނަވަތިރީސް އަހަރު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.މައްސަލައާ ގުޅިގެން އޭނާވަނީ ސަސްޕެންޑް ކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދަނީ ފުލުހުންނާއި ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ