ބޮޑު ސަރަހައްދަމިއަދު ހެނދުނު 6:30 އިން ފެށިގެން މެންދުރު 12:30 އާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އޮފީހުން ވިދާޅުވީ ހުދު ސަމާލު ނެރުނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅުގެ ރަށްތަކަށް ކަމަށެވެ.
ސަމާލު ނެރެފައިވާ ވަގުތުގައި މިސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނޭ ކަމަށް މޫސުމާބެހޭ އޮފީހުން ވަނީ ލަފާކޮށްފައެވެ. ކޮޅިގަނޑުގައި 40 މޭލަށް ވައިގަދަވާނޭ ކަމަށް ވެސް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.
ވިއްސާރަ ދުވަސްވަރު ދަތުރުފަތުރު ކުރުމުގައި ސަމާލު ވުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން އާންމުކޮށް ގެންދަނީ އަންގަމުންނެވެ.






