ޗައިނާގެ އިގްތިސާދަށް ބޮޑު ހިޔަންޏެއް

ޗައިނާގެ ޕްރޮޕަޓީ މާކެޓް އަޑިއަޅާފައި އޮތުމުގެ ސަބަބުން އެގައުމުގެ އިގްތިސާދަށް އަދިވެސް ދަނީ އެކަމުގެ ހިޔަނި އެޅެމުންނެވެ. އޮގަސްޓް މަހު ސިނާއީ އުފެއްދުންތައް ވަނީ 4.5 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ. ނަމަވެސް އެއީ މިދިޔަ ހަމަސް ތެރޭގައި އިގްތިޞާދު ކުރިއަށް ޖެހިލި އެންމެ މަޑު ދުލެވި ކަން ފާހަގަ ކުރެވެއެވެ. ޗައިނާގެ ސިނާއީ ހަރަކާތްތަކާއި ރިއަލް އެސްޓޭޓް މާކެޓް ހުއްޓިފައިވާތީ އެގައުމުން ވެސް ދަނީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު ހަރަކާތްތެރި ކުރުވުމަށް ފިޔަވަޅުތައް އަޅަން […]
ޗައިނާގެ ގަދަދެއްކުމާބެހޭ ގޮތުން ބައިޑަންއާއި އެންތޮނީ މަޝްވަރާކޮށްފި

އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް ގެ ބައްދަލުކުރެއްވުމުގައި އެންމެ މުހިންމު މައްސަލައެއްގެ ގޮތުގައި މަޝްވަރާ ކުރެއްވީ، ޗައިނާއިން އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގެ ސަރަހައްދުގައި ހިންގާ ”ގަދަބާރު ދެއްކުމާއި ސުލްހަމަސަލަސްކަން ގެއްލިގެންދާ ހަރަކާތްތަކާ“ ބެހޭގޮތުންނެވެ. ދެ ލީޑަރުން މި މަޝްވަރާތައް ބޭއްވެވީ، ޑެލަވޭއާގެ ވިލްމިންގޓަންގައި ކުރިއަށް ގެންދެވި ކުއަޑް ލީޑަރސް ސަމިޓް 2024 ގެ ހަވާސާގައެވެ. ވައިޓް ހައުސް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މި ބައްދަލުވުމުގައި ދެ […]
ރިޔާޒު ރަޝީދުގެ މުދާނަގަން ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ރިޔާޒުރަޝީދުގެ މުދާ ވިއްކާލުމުގެ އަމުރަކަށް އެދި އެސްބީއައި އިން ސިވިލް ކޯޓުގައި ދައުވާކޮށްފިއެވެ. މި ދައުވާ ކޮށްފައިވަނީ ރިޔާޒު ރަޝީދުގެ މެރީޑިއަމް ސާވިސް ހިމެނޭގޮތުން، އޭނާ އާއި އެކު އިތުރު ފަސް މީހެއްގެ މައްޗަށް ބޭންކު އޮފް އިންޑިޔާ (އެސްބީއައި) އިން ސިވިލް ކޯޓުގައި ކޮށްފައިވާ ދައުވާއެކެވެ. މިދައުވާގައި ބުނެފައި ވަނީ އޯވާ ޑްރާފްޓް ފެސިލިޓީއެއްގެ ގޮތުގައި އެ ފަރާތްތަކަށް 5.9 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް […]
ފަސް މައްސަލައެއްގެ ދައުވާކުރަން ފޮނުވައިފިން: ޕީޖީ

އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮށް މިއަހަރުގެ މިހާތަނަށް ހުށަހެޅި، ކޮރަޕްޝަނާ ގުޅޭ 5 މައްސަލައެއްގައި ދަޢުވާކުރުމަށް ކޯޓަށް ފޮނުވާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް، (ޕީޖީ) އޮފީހުން ވިދާޅުވެއްޖެއެވެ. ޕީޖީ އޮފީހުން މިއަދު ވިދާޅުވީ ފުލުހުން ފިޔަވައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދެވަނައަށް އެންމެ ގިނަ މައްސަލަ ހުށަހަޅަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 11 މައްސަލައެއް އޭސީސީން މަޝްވަރާއަށް (ޑިއުޓީ ޕްރޮސިކިއުޝަނަށް) ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އައްބާސް […]
ސައިކަލު ޕޮކެޓުގައި ބޭއްވުނު ފޯނެއް ފުލުހުން ހޯދައިފި

ދިދި ގޯޅީގައި ސައިކަލް ޕާކުކުރުމަށްފަހު ހަނދާންނެތިގެން އޭގެ ޕޮކެޓުގައި ބޭއްވުނު ބައްތިރީސް ހާސްރުފިޔާގެ ފޯނެއް ފުލުހުން ހޯދައިފިއެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ސެޕްޓެމްބަރ އެކާވީސް ވަނަދުވަހު ކަމަށެވެ. މި ރިޕޯޓު ލިބުމާއެކު އެ މޮބައިލް ފޯން ހޯދުމުގެ މަސައްކަތް ފުލުހުން ފެށިއެވެ. އެގޮތުން ސީސީޓީވީ ފުޓޭ ބަލައި ފޯންނެގި މީހާ ދެނެގަނެވުނު ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހާ ދެނެގަތުމަށްފަހު ގަލޮޅު ޕޮލިސްގެ ފުލުހުންކުރި މަސައްކަތުން ފޯން ހޯދައި ވެރިފަރާތާ މިހާރު ވަނީ […]
އިންޑިއަން އޯޝަންް ލީޑިން ބީޗްރިސޯޓް އެވޯޑް ނިކަ މޯލްޑިވްސް އަށް

ނިކަ އައިލެންޑް ރިސޯޓު އެންޑް ސްޕާ މޯލްޑިވްސްއަށް ސަޓާގެ އެވޯޑެއް މިފަހަރު ލިބިއްޖެއެވެ. މިއީ އެރިސޯޓަށް މިފަދަ އެވޯޑެއް ލިބުނު ފުރަތަމަ ފަހަރެވެ. ނޭޕާލުގައި ބޭއްވި މިއަހަރުގެ ސައުތުއޭޝިއަން ޓްރެވަލް އެވޯޑު (ސަޓާ) އިން އެ ރިސޯޓަށް ލިބިފައިވަނީ ލީޑިން ބީޗު ޑެސްޓިނޭޝަން އެވޯޑެވެ. ފާހަގަކޮށްލެވޭ ކަމަކީ އެ ރިސޯޓަށް މިއެވޯޑު ލިބުނުއިރު ޖެނެރަލްމެނޭޖަރަކަށް ދިވެއްސަކު ހުރިކަމެވެ. އޭނާއަކީ މިދާއިރާގައި ދިގު ޒަމާންތަކެއް ހޭދަކޮށްފައިވާ ތަޖުރިބާކާރެކެވެ. ގާބިލް ބޭފުޅެކެވެ. ހުނަރުވެރިއެވެ. އެއީ ގދ. ފިޔޯރިއަށް އުފަން މުހައްމަދު […]
