އެންމެ ބޮޑު އުދުހޭ ބޯޓު ޓެސްޓް ކުރުމަށް ހުއްދަ ދީފި

އެމެރިކާގެ ބޯއިންގ ކުންފުނީގެ އައު އުފެއްދުން ޓެސްޓު ކުރުމަށް އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ހުއްދަ ދީފިއެވެ. މިއީ ދުނިޔޭގައި އަލަށް އުފައްދާ އެންމެ ބޮޑު އުދުހޭ ބޯޓެވެ. މިއައު މަރުކާގެ މަތިންދާ ބޯޓަކީ ކުރީގެ ބޯއިންގެ ޖަމްބޯ އާއި އެއަރބަސް އޭ380 ގެ ފަހުން އުފައްދާ އެންމެ ބޮޑު އަދި ތެޔޮ ޚަރަދު ކުޑަ، ދުރު ރާސްތާއަށް ދަތުރު ކުރާ އުދުހޭ ބޯޓެވެ. ކުރީގެ ބޯޓުތަކާ ޚިލާފަށް މިއީ ދެ ފަންގިފިލާގެ އުދުހޭ […]
ކެމެރޫންގެ ރައިސްގެ ޙާލުކޮޅާ މެދު ވާހަކަ ދެއްކުން މަނާ

ކެމެރޫންގެ ރައީސްގެ ސިއްޙީ ޙާލުކޮޅާ މެދު މީޑިއާގައި ލިޔުމާއި އާންމުން އެކަމާ މެދު ވާހަކަ ދައްކައި ހެދުމަކީ މަނާ ކަމެއް ކަމަށް ސަރުކާރުން ނިންމައިފިއެވެ. ކެމެރޫންގެ އުމުރުފުޅުން 91 އަހަރުގެ ޕައުލް ބިޔާ ރައީސް ގެއްލިފައިވާތާ މިހާރު މަހަކަށް ވުރެން ގިނަ ދުވަސް ވަނީ އެވެ. އދގެ އާންމު މަޖިލީހުގެ ޖަލްސާއިންވެސް އޭނާ ފެނިފައެއް ނުވެއެވެ. އަދި ފަރަންސޭސިބަހުން ވާހަކަ ދައްކާ ޤައުމުތަކުގެ ސަމިޓުންވެސް އޭނާ ފެނިފައެއް ނުވެއެވެ. ރައްޔިތުންނާއި މީޑިއާއިން ވަނީ ހަސްފަތާލުތައްވެސް ބަލައި އެއިން […]
ބައި-އިލެކްޝަން: ޝަކުވާބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސައިފި

ދެހާސް ސައުވީސް ވަނަ އަހަރު ޑިސެންބަރު 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ހދ.ކުރިނބި، މ.ރަތްމަންދޫ އަދި ގދ.ދެއްވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންއިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތަކާއި ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސައިފި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. މި އިންތިޚާބާ ގުޅިގެން، އެއްވެސް ޝަކުވާއެއް ހުށަހަޅާނަމަ، ހުށަހަޅަންވާނީ އެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ”ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު“ މެދުވެރިކޮށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ޝަކުވާ / […]
މަޖިލީހުގެ ރައީސް ޖެނީވާއަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ސްވިޒަލޭންޑުގެ ޖެނީވާއަށް ރޭ ފުރާވަޑައިގެންފިއެވެ. މިއީ އޮކްޓޯބަރ ތޭރައިން ސަތާރައަށް ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި، ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދާއި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް […]
