ޓްރާންފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ފޭސްދޭއްގެ ހިޔާ ތޭރަވަނަ ފުލެޓުކައިރީގައިހުރި ޓްރާންސްފޯމަރެއްގެ ތެރެއަށް ވަދެ ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ މިމައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ނ. މާޅެންދޫ، ފެހިއައްސޭރި، އަހުމަދު ރިޝްވާނެއެވެ. އޭނާގެ އުމުރަކީ ބައްތިރީސް އަހަރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މިހާދިސާ ހިންގާފައިވަނީ ރޭ ފަތިހު ފަސްގަޑިތިރީސް އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މިމައްސަލަ މިހާރުދަނީ ބަލަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓް ބުރާސްފަތި ދުވަހު މަޖިލީހަށް ހުށަހަޅަނީ

އަންނަ އަހަރަށް ސަރުކާރުން ލަފާކުރާ ދައުލަތުގެ ބަޖެޓު އަންނަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ. ގާނޫނު އަސާސީ ބުނާގޮތުން ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހިނގަމުންދާ އަހަރުގެ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ހުށަހަޅަން ޖެހެ އެވެ. ބުރާސްފަތި ދުވަހަކީ މި މަހުގެ ފަހު ދުވަހެވެ. 2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅަން ބުރާސްފަތި ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމަވާފައިވާކަން ހާމަކުރެއްވީ މަޖިލީހުގެ […]
ސަޕްލިމެންޓްރީ ބަޖެޓް މިއަދު ނިންމަން ފާސްކޮށްފި

ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށްޓަކައި، މިއަހަރުގެ ކުރިއަށް އޮތްތަނަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އިންތިހާބުކޮށް، ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ފަށައިފިއެވެ. ސަރުކާރުން ހުށަހެޅީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެކެވެ. މަޖިލީހުގައި އިބްތިދާއީ ބަހުސް ނިންމައި، އިތުރަށް ދިރާސާކުރުމަށް ބަޖެޓް ކޮމިޓީއަށްފޮނުވަން މަޖިލީހުން ފާސްކުރީ، މިމަހުގެ 24 ވަނަ ދުވަހުއެވެ. މިއަދު 10:15 ގައި ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި، އެ ކޮމިޓީގެ […]
ސްރީލަންކާގެ އިންތިޚާބުގައި ޚުންސާ ކެންޑިޑޭޓެއް

ސްރީލަންކާގެ ސޯޝަލިސްޓް ޕާޓީގެ ސެކްރެޓަރީ އޮފް ވިމެންސް އެފެއާޒް ޗާނޫ ނިމޭޝާ ވަނީ ލަންކާގެ އިންތިޚާބެއްގައި ވާދަކުރާ ފުރަތަމަ ޚުންސާއަކަށް ވެފައެވެ. ނިމޭޝާ ވާދަކުރާނީ ކެގާލް ޑިސްޓްރިކްޓުންނެވެ. އާންމު އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދީ، ފުރަތަމަ ފަހަރަށް އިންތިހާބެއްގައި ވާދަކުރުމަށް ޓްރާންސްޖެންޑަރ ކެންޑިޑޭޓަކު ނެރެ ތާރީޚެއް އުފެއްދި ކަމަށްޓަކައި ލަންކާ ސޯޝަލިސްޓް ޕާޓީއަށް ޝުކުރުވެރިވާ ކަމަށް މީޑިއާއަށް މައުލޫމާތު ދެއްވަމުން ނިމޭޝާ ބުންޏެވެ.
