ރައީސްގެ އަނބިކަނބަލުން ޓެންޒޭނިއާއަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ޓެންޒެނިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ. އެކަމަނާގެ މި ދަތުރުފުޅަކީ، މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ކޮންފަރެންސްގެ މަތީފަންތީގެ ފަސްޓް ލޭޑީސް ޕެނަލާއި މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް ކޮމިޓީ ބައްދަލުވުމުގައިވެސް އެކަމަނާ ވާހަކުފުޅުދައްކަވާގޮތަށް ވަނީ ހަމަޖެހިފައެވެ. އޮކްޓޯބަރު 29 އިން 30 އަށް ކުރިއަށްދާ މި ކޮންފަރެންސްގެ 11 ވަނަ ބައްދަލުވުމުގައި […]
ސްޓެލްކޯއިން ފުރަތަމަފަހަރަށް ސްލޯގަން އެއް ތައާރަފްކޮށްފި

ސްޓެލްކޯ އިން ބޭނުންކުރާނެ ސްލޯގަންއަކީ ”ތަރައްޤީގެ ބައިވެރިޔާ“ ކަމަށް ނިންމައި، އެކުންފުނީން އެކަން އިޢުލާނުކޮށްފިއެވެ. މި ސްލޯގަން އިފްތިތާޙުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. މިއީ ސްޓެލްކޯގެ ތާރީޚުގައި މިފަދަ ސްލޯގަންއެއް ބޭނުންކުރާ ފުރަތަމަ ފަހަރެވެ. މި އަހަރުގެ ޑިސެންބަރު މަހު އެކުންފުންޏަށް 75 އަހަރު ފުރޭނެއެވެ. އެކުންފުނީން ވިދާޅުވެފައިވަނީ މި ސްލޯގަންއިން ރަމްޒުކޮށްދެނީ 1949 ވަނަ އަހަރު ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ފެށިގެން މި ވޭތުވެދިޔަ މުއްދަތުގައި ޤައުމީ ތަރައްޤީގައި ސްޓެލްކޯއިން ވެފައިވާ […]
ރަޝިޔާގެ ސަފީރު ފޮރިން މިނިސްޓްރީގައި ބައްދަލުވުމެއް ބާއްވަވައިފި

ރަޝިޔާގެ ސަފީރު ލެވާން ޖަގަރިއާން އާއި އެކު މާލޭގައި ހުންނަވާ ރަޝިޔާގެ ކޮންސުލް ޖެނެރަލް އެލެކްސީ އިޑަމްކިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިއަދު ސެކްރެޓަރީ ބައިލެޓަރަލް ފޯ ފޮރިން އެފެއާޒް ޑރ. ހާލާ ހަމީދާ ބައްދަލު ކުރައްވައިފިއެވެ. ރަޝިޔާ އާއި ރާއްޖޭގެ ގުޅުމުގެ ތާރީޚުގައި ރަޝިޔާގެ ފުރަތަމަ ދާއިމީ ޑިޕްލޮމެޓިކް މިޝަން ރާއްޖޭގައި ގާއިމް ކުރުމަށް ރަޝިޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގައި ރަޝިޔާ ތަމްސީލު ކުރައްވާނީ އިޑަމްކިން އެވެ. ކޮލޮމްބޯގައި ހުންނަ ރާއްޖެއަށް ކަނޑައަޅާފައިޥާ […]
އެއްކަލަ ތަމަޅަ އެކްޓަރު ސިޔާސީ މައިދާނަށް

ތަމަޅަ ފިލްމު ކުޅޭ މަޝްހޫރު އެކްޓަރު ވިޖޭ ސިޔާސީ މައިދާނަށް ނިކުމެއްޖެއެވެ. އޭނާގެ ސިޔާސީ ޕާޓީ ރަޖިސްޓްރީ ވުމުން އޭނާ ފުރަތަމަ ސްޕީޗް ދީފައި ވަނީ 3 ލައްކަ މީހުންގެ ކުރިމަތީގައެވެ. އޭނާ ބުނަނީ، ޓަމިލަގާ ވެޓްރީ ކަޒަގަމް (ޓީވީކޭ) އަކީ 2026ގެ އެސެމްބްލީ އިންތިޚާބަށް އެންމެ ބޮޑު ޕާޓީގެ ގޮތުގައި ހެދުމަކީ އޭނާގެ އަމާޒު ކަމަށެވެ. އަދި އޭނާ ބުނީ ޓެމިލްނާޑުގައި އެއް އާއިލާއަކުން ދަނީ އަޑިން ޑީލްތައް ހަދަމުން ހުރިހައި ފައިދާތައް ނަގަމުން ކަމަށެވެ. […]
ބޮލިވިއާގެ ކުރީގެ ރައިސް އަވަހާރަކޮށްލަން އުޅެފި

ބޮލިވިއާގެ ކުރީގެ ރައީސް އީވޯ މޯރާލްސް އަވަހާރަކޮށްލަން މިއަދު ބަޔަކު މަސައްކަތް ކޮށްފިކަމަށް އޭނާ ވިދާޅުވެއެވެ. އޭނާގެ ކާރަށް ގޮތް ނޭނގޭ ބަޔަކު ވަނީ ޗަޕާރޭގައި ބަޑިން ހަމަލަ ދީފައެވެ. ޗަޕާރޭއަކީ، މޯރާލްސްއަށް ސަޕޯޓުކުރާ ދަނޑުވެރިން ގިނައިން އުޅޭ ސަރަހައްދެކެވެ. ދާދިފަހުން އެމީހުން ވަނީ ހިސާބުގެ ހައިވޭ ބަންދުކޮށްގެން ސަރުކާރާ ދެކޮޅަށް ހަޅުތާލުކޮށްފައެވެ. މޯރާލްސްއާ މިހާރުގެ ރައީސާ ދެބޭފުޅުންގެ ދެމެދު މައްސަލަ ހޫނުވެފައި ވެއެވެ. މިހާރުގެ ރައީސް ލުއިސް އަކާރޭ އަކީ މޯރާލްސް އަރިހުން ދަރިވަރު ވެފައިވާ […]
ޓައިވާން ކަނޑުއޮޅީގެ އަމާންކަން ނަގާލުމަށް އެމެރިކާ މަސައްކަތް ކުރޭ

އިރުމަތީ ޗައިނާ ކަނޑާއި ޓައިވާން ކަނޑުއޮޅީގައި އަސްކަރީ ވާދަވެރިކަން އިތުރުކުރުމަށް އެމެރިކާއިން ޓައިވާނަށް ހަޔިޔާރު ވިއްކުމަށް ނިންމި ނިންމުން ޗައިނާ އިން ކުށްވެރިކޮށްފިއެވެ. އެމެރިކާއިން ވަނީ ޓައިވާނަށް 1.988 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ނިންމާފައެވެ. ޗައިނާއިން ބުނެފައި ވަނީ މިއީ ޗައިނާގެ އިސްތިޤްލާލާއި އެއް ޗައިނާ ސިޔާސަތާ ފުށުއަރާ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޓައިވާން ކަނޑު އޮޅީގެ ސުލްޙަމަސަލަސްކަން ނަގާލެވޭނެ ކަމަށެވެ. ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ ”ޗައިނާގެ ޓައިވާން ސަރަހައްދަށް […]
ސްޓެލްކޯއިން ކަނޑައެޅި ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާޙުކޮށްފި

ކުރިއަށް މި ދާ ފަސް އަހަރު (2024 – 2028) ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިމަނައިގެން އެ ކުންފުނީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (SAP) އިފްތިތާޙުކޮށްފި އެވެ. މި ޕްލޭން އިފްތިތާޙުކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ، ޙުސައިން ފަހުމީއެވެ. މި ޕްލޭންއަކީ، ޙުސައިން ފަހުމީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް އަންނަމުން މިދާ ތަރައްގީއާއި ތަހުޒީބާއި، ކުރިއެރުންތަކާއި އެއް […]
އޭސީސީގެ ރައީސާއި ނާއިބު ރައީސް އައްޔަން ކުރުމުގެ ބާރު ރައީސަށް ދެނީ

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސާއި ނާއިބު ރައީސް އައްޔަން ކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ބިލް ފޮނުވައިފިއެވެ. ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު އޭސީސީގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވާ މި ބިލްހުށަހެޅުމުގެ ސަބަބުތަކުގެ ތެރޭގައި ބަޔާންކޮށްފައިވަނީ، މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުން ހަރުދަނާކޮށް، ކޮމިޝަންތަކަށް އައްޔަންކުރާ މެންބަރުންގެ ތެރެއިން އެ ކޮމިޝަންތަކުގެ ރައީސާއި ނާއިބު ރައީސްގެ މަގާމަށް މެންބަރުން އައްޔަން ކުރުމުގައި، އަމަލުކުރަމުން […]
ޑިމޮކްރަޓިކް ހަމަތަކަށް ރުޖޫއަވުމަށް ޕީއެންސީއަށް އެމްޑީޕީން ގޮވާލައިފި

ވެރިކަން ކުރާ ޕީއެންސީ އަށް މެމްބަރުން އިތުރުކުރުމަށް ޓަކައި ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އެމްޑީޕީން ބުނެފިއެވެ. އެޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ޕީއެންސީއަށް މީހުން ވެއްދުމަށް ޓަކައި ފޯމު ފުރުމުގެ މަސައްކަތް، ސަރުކާރުގެ އިމާރާތްތަކުގައި ކުރަމުންދާ ކަމަށެވެ. އެމަސައްކަތްތައް ކުރުވަނީ މަސައްކަތުގެ ރަސްމީ ގަޑިތަކުގައި މުއައްސަސާތަކުގެ މުވައްޒަފުން ލައްވާ ކަމަށް ވެސް ބުނެފައިވެއެވެ. އެކަން އެގޮތަށް ކުރުވަމުން ގެންދާތީ ބައެއް ތަންތަނުގެ މަސައްކަތަށް ދަތިވަމުންދާ ކަމަށް އެ ތަންތަނުގެ މުވައްޒަފުންގެ ފަރާތުން މައުލޫމާތު ލިބެމުންދާ […]
ހޯމްލޭންޑުގެ ޕީއެސްއަކަށް އަޙްމަދު ޝަރީފް ނަފީސް

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ. އެމަގާމަށް އައްޔަން ކުރައްވާފައިވަނީ އަޙްމަދު ޝަރީފް ނަފީސެވެ. އޭނާއަކީ ގިނަދުވަސްތަކެއް ވަންދެން އެ މިނިސްޓްރީގެ ސީނިއަރ މަގާމްތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރީން ހުންނެވީ އެ މިނިސްޓްރީގެ ޑިރެކްޓަރޖެނެރަލްގެ މަގާމުގައެވެ. ޝަރީފާ މަގާމަށް އައްޔަން ކުރައްވައި ލިޔުން ހަވާލު ކޮށްފައިވަނީ ހޯމްލޭންޑް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
