ގާނޫނާއި ގަވާއިދު ނެގެއްޓުމުގައި ޕާކިސްތާން އެންމެ ފުލުގައި

ޤާނޫނާއި ޤަވާޢިދު ނަގާލުމުގައި ދުނިޔޭގެ 142 ޤައުމުގެ ތެރެއިން ޕާކިސްތާން ހިމެނިފައިވަނީ ތިންވަނައަށް އެންމެ ގޯސް ޤައުމު ކަމަށް އާ ރިޕޯޓެއްގައި ބުނެފިއެވެ. ވޯލްޑް ޖަސްޓިސް ޕްރޮޖެކްޓް (ޑަބްލިއުޖޭޕީ) ގެ ރޫލް އޮފް ލޯ އިންޑެކްސް އަކީ އަހަރަކު އެއްފަހަރު ބާއްވާ ސާވޭއެކެވެ. މި ސާވޭގައި ގައުމުތައް ރޭންކް ކުރަނީ އަށް ކަމެއްގެ މައްޗަށެވެ . 2024 ވަނަ އަހަރުގެ އެޑިޝަންގައި ޕާކިސްތާނުން އޮތީ އޯޑަރ އެންޑް ސެކިއުރިޓީގެ ދާއިރާއިން 140 ވަނައިގައެވެ. އެ ރިޕޯޓުގައި ތިން […]

ލަންކާގައި ވަޓްސަޕް ހެކް ކޮށްގެން އެކައުންޓު ސާފުކޮށްލަނީ

ސްރީލަންކާގައި އެތައް ބަޔެއްގެ ވަޓްސްއެޕް ހެކްކޮށްގެން މީހުންގެ އެކައުންޓުތައް ސާފުކޮށްފިއެވެ. ކުރީގެ އެމްޕީ މުޖީބުއްރަޙުމާނަކީ އެއިން އެކަކެކެވެ. އޭނާ ވަނީ އެކައުންޓް ހެކްކޮށްފައިވާކަމަށް ބުނެ ސީއައިޑީއަށް ހުށަހަޅާފައެވެ. އޭނާ ބުނަނީ އެކައުންޓު ހެކްކުރުމުގެ އިތުރުން އޭނާގެ ގާތް ކޮންޓެކްޓްތަކަށް ފައިސާ ފޮނުވައިދޭން ވެސް އެދިފައިވެއެވެ. ސްރީލަންކާގައި ވަޓްސަޕަށް ދެމެންދާ ހަމަލަތަކާއި އެނޫނަސް ސައިބާ އެހެން ހަމަލަތަކާ ހެދި ފުލުހުން ދަނީ، ގޮތް ނޭނގޭ ލިންކުތަކަށް ކްލިކް ނުކުރުމަށާއި މެސެޖުތައް ނުބެލުމަށް އިލްތިމާސް ކުރަމުންނެވެ.

ސަޕްލިމެންޓަރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި

ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށްޓަކައި މިއަހަރުގެ ކުރިއަށް އޮތް ތަނަށް ސަރުކާރުން ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވައިފިއެވެ. ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް، ފިނޭންސް މިނިސްޓަރާއި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އިސް ބޭފުޅުންނާއި އެމްއެމްއޭގެ އިސް ބޭފުޅުން ހާޒިރުކޮށް، ބަޖެޓާ ބެހޭގޮތުން އެ ފަރާތްތަކުގެ މައުލޫމާތު އޮޅުންފިލުުވުމަށްފަހު، ސަރުކާރުން ހުށަހެޅިގޮތަށް ކޮމިޓީން ބަޖެޓް ފާސްކުރަން ހުށަހެޅުއްވީ، މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމެވެ. ތާއީދުކުރެއްވީ، ވެލިދޫ ދާއިރާގެ މެންބަރު […]

ކުޅުދުއްފުށީގައި އައިޑީކާޑު ޚިދުމަތް ފަށަން ބަޖެޓުގައި ހިމަނައިފި

މިނިސްޓަރ އިހްސާން މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަނީ/ފޯޓޯ މަޖިލިސް

ކުޅުދުއްފުށި ސިޓީގައި އައިޑީ ކާޑުގެ ޚިދުމަތް ފަށަން އަންއަހަރުގެ ބަޖެޓުގައި ފައިސާ ކަނޑައަޅާފައިވާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ. އެސީޓީގައި އަޑީކާޑު ޚިދުމަތް ފަށާނޭ ދުވަހަކާމެދު މެންބަރަކު ކުރެއްވި ސުވާލަކަށް ރައްޔޮތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ އައިޑީ ކާޑްގެ ޚިދުމަތް ދިނުމަށް ގާތްގަނޑަކަށް އެއްލައްކަ ވިހި ހާސް ރުފިޔާ ޚަރަދުވާ ކަމަށެވެ. އެހެން ކަމުން އެކަމަށް ބޭނުންވާ މެޝިނަރީޒް ލިބެމުންދާވަރަކުން ޚިދުމަތް ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް […]

ފަންސަވީސް ރަށެއްގައި ފުލުހުންގެ ޚިދުމަތް ފަށައިފިން: މިނިސްޓަރ

މިނިސްޓަރ އިހްސާން މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ/ފޯޓޯ މަޖިލިސް

މިސަރުކާރުން ވެރިކަމާ ހާވާލުވިއިރު ރާއްޖޭގެ 72 ރަށެއްގައި ފުލުހުންގެ ޚިދުމަތް ނުފެށިއޮތް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ އެރަށްރަށުގެ ތެރެއިން 25 ރަށެއްގައި މިހާރުވާނީ ޚިދުމަތް ފަށާފައި ކަމަށެވެ. ކުޅުދުއްފުށި ސީޓީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޒަމާނީ ޕޮލިސް ސްޓޭޝަންގެ އިމާރާތުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީޚެއް އޮޅުންފިލުވުމަށް މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު […]

ބަންޑާރާނާއިބު ގެންދަވަނީ ހެޔޮވެރިކަމުގެ ނިޒާމް ފޭރިގަންނަމުން: ޝިފާޒު

މުހައްމަދު ޝިފާޒު

ދިވެހި ދައުލަތުގެ ބަންޑާރަނާއިބު އަހުމްދު އުޝާމް މިހާރު ގެންދަވަނީ ރައްޔިތުން ފުރާނަ އަތްމައްޗަށް ލައިގެން ބިރުވެރިކަމެއްގެތެރޭގައި ތިބެގެން ހޯދައިފައިވާ ތިންބާރު ވަކިވެފައިވާ ނިޒާމް ފޭރިގަންނަމުން ކަމަށް ދި ޑިމޮކްރެޓްސް ޕާޓީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިފާޒު ވިދާޅުވެފައިވަނީ ”ގާނޫނީ ތާޖު އަޅުއްވައިގެން ބަންޑާރަނައިބު މިއަދުގެ ރައީސަށް ތިޔަކޮށްދެއްވާ މަސައްކަތަކީ، ބޮޑު ބިރުވެރިކަމެއްގެ ތެރޭން ދިވެހި ރައްޔިތުން ފުރާނަ އަތްމައްޗަށް ލައިގެން ނިކުމެ ހޯދި ތިންބާރު ވަކިވެފައި އޮތް ހެޔޮވެރިކަމުގެ ނިޒާމު […]

ނުގަވައިދުން ސިނގިރޭޓް ބޯ ތަންތަނުގެ ހުއްދަ ބާތިލް ކުރާ ބިލް ކޮމިޓީއަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ/ފޮޓޯ މަޖިލީސް

ވޭޕް މަނާކޮށް، ނުގަވައިދުން ސިނގިރޭޓް ބޯ ތަންތަނުގެ ވިޔަފާރިހުއްދަ ބާތިލް ކުރަން ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ފޮނުވައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލް މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާންއެވެ. މިއަދުގެ ޖަލްސާގައި މި ބިލްގެ އިބުތިދާއީބަހުސް ވަނީ ނިންމައިފައެވެ. އެހެންކަމުން މަޖިލީހަށް ބިލް ބަލައިގަންނަން ވޯޓަށް އެހުމުން، މަޖިލީހަށް ބިލް ބަލައިގަތީ، ޖަލްސާގައި ތިއްބެވި […]

މި ސަރުކާރުން މަސައްކަތްކުރަނީ ޚުދުމުޚުތާރުވެރިކަމެއް ގާއިމްކުރަން: ޝާހިދު

ޝާހިދު

މިސަރުކާރުން މަސައްކަތް ކުރަނީ މިރާއްޖޭގައި ޚުދުމުޚުތާރު ވެރިކަމެއް ގާއިމް ކުރުމަށް ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވީ އިލެކްޝަންސް ކޮމިޝަން އާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ގާނޫނަށް ބަދަލުގެނައުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅުމުން އެކަމަށް ފާޑުވިދާޅުވަމުންނެވެ. މި އިސްލާހަކީ 2008 ވަނަ އަހަރު ”ޢަމަލުކުރަންފެށި ގާނޫނުއަސާސީން ލިބިދީފައި އޮތް މިނިވަން ޑިމޮކްރެޓިކް ނިޒާމް ފުނޑުފުނޑުކޮށްލާ، ބާރުތައް […]

އީސީއާއި އޭސީސީ ރައީސްގެ ބާރުގެ ދަށަށް ގެނައުމަށްކުރާ މަސައްކަތް ހުއްޓާލާ: އެމްޑީޕީ

އެމްޑީޕީގެ ލީޑަރޝިޕް ބޭފުޅުން ބައްދަލުވުމެއްގައި/ފޮޓޯ އެމްޑީޕީ

އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށަށް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފިއެވެ. އެޕާޓީން ނެރުނު ބަޔާނެއްގައި މިކަމަށް ގޮވާލާފައިވަނީ މި ދެ މުއައްސާސާއަށް ރައީސާއި ނާއބު ރައީސް އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހުރިއްޔާއަށް ލިބިދޭ ގޮތަށް ގާނޫނަށް ބަދަލުގެންނަން ސަރުކާރުން ނިންމުމާގުޅިގެންނެވެ. ”އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށަށް ގެނައުމަށް އެ ކޮމިޝަންތަކުގެ ރައީސް އާއި ނައިބު […]

ތިންސަތޭކަ އަށާވީސް މިލިޔަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން/ފޮޓޯ ހޯމްލޭންޑް

މިއަހަރު ތެރޭގައި 328 މިލިޔަން ރުފިޔާގެ ޑްރަގް އަތުލައިގެންފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމު ޕޮލިސް ޑެސްކްތަކާގުޅޭގޮތުން މިނިސްޓަރާ ކުރެއްވި ސުވާލަކާ ގުޅިގެން ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި 177 ކިލޯގެ މަސްތުވާތަކެއްޗާއި 8386 ބަނގުރާ ދަޅާއި، ފުޅި ހިފެހެއްޓިފައިވާ ކަމަށެވެ. ރަށްރަށުގައި ގާއިމްކޮށްފައިވާ ޕޮލިސް ޓެސްކްތަކުން […]