ސިފައިންނަށް ބޭނުންވާ ގިނަ ހަތިޔާރު ހޯދައިދޭނަން: ރައީސް
ދިވެހި އަސްކަރިއްޔާ ވަރުގަދަކުރުމަށްޓަކައި ބޭނުންވާ ގިނަހަތިޔާރާއި އާލާތްތައް އަންނަ އަހަރު ހޯއްދަވައިދެއްވޭކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަމަށް ޔަގީންކަން ދެއްވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގައުމުގެ މިނިވަންކަން ހިމާޔަތްކުރުމާއި، ސަލާމަތް ކުރުމަށް ޢަސްކަރީ ބާރު ވަރުގަދަކުރަން ޖެހޭ ކަމަށެވެ. މި ސަރުކާރުން ސިފައިންގެ ޚިދުމަތްތައް ހަރުދަނާކުރުމަށާއި އެ އިދާރާގެ ކެޕޭސިޓީ ވަރުގަދަކުރުމަށް މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާ […]
އަލުން ބަޖެޓު ހުށަހެޅުމަށް އެމްޑީން ސަރުކާރަށް ގޮވާލައިފި
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓު މުރާޖައަ ކުރުމަށްފަހު އަލުން ހުށަހެޅުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފިއެވެ. އެމްޑީޕީން އެގޮތަށް ގޮވައިލެއްވީ މިހާރު ހުށަހަޅާފައިވާ ބަޖެޓަކީ ގާނޫނާ ޚިލާފަށް ހުށަހަޅާފައިވާ ބަޖެޓެއް ކަމަށް ރައީސް އިއުތިރާފުވެ ވަޑައިގެންފައިވާ ކަމަށް ބުނެއެވެ. ”ލާމަރުކަޒީ ގާނޫނާ ޚިލާފަށް ހުޅަހަޅާފައިވާ ބަޖެޓެއް ކަމަށް ރައީސުލްޖުމްހުރިއްޔާ އިއްޔެ ވަނީ އިއުތިރާފުވެފައެވެ. އެހެންކަމުން 31 އޮކްޓޫބަރު 2024 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ […]
ސްޕެޝަލް ބޯޓްސް އިފްތިތާހު ކޮށްފި
އެމްއެންޑީއެފްގެ ސްޕެޝަލް ބޯޓް ސްކޮޑްރަން އިފްތިތާޙްކޮށްފިއެވެ. އެ ސްކްޑްރަން އިފްތިތާހު ކުރީ ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބާ ފާހަގަ ކުރުމަށް، އެމްއެންޑީއެފުން މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި އަސްކަރީ ހުށަހެޅުމުގެ ޙަރަކާތުގެ ތެރެއިންނެވެ. އެ ސްކްޑްރަން އިފްތުތާހު ކުރުމަށްފަހު ސްޕެޝަލް ބޯޓް ސްކޮޑްރަންއާއި ސްޕެޝަލް ފޯސަސްގެ ޢަޒުމް ލައިދިނުން އޮތެވެ. ޢަޒުމް ލައިދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘެވެ. މި ރަސްމިއްޔާތުގައި ވަނީ ސްޕެޝަލް ބޯޓް ސްކޮޑްރަންއާއި ސްޕެޝަލް […]
ޕާކިސްތާނަށް ކުރިމަތިވެފައިވަނީ އާދަޔާ ޚިލާފަށް ބޮޑު ދަރަންޏެއް
ޕާކިސްތާނުން ކުރިމަތިލާފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު ދަރަނީގެ ދަތިކަމަކާ ކަމަށް ޕާކިސްތާންގެ މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު ޑރ. މުރުތާޒާ ސައީދު ވިދާޅުވެއެވެ. ޕާކިސްތާންގެ ދަރަނި އަދާކުރުމަށް ޤައުމުގެ އިގްތިސާދުގެ ބޮޑު އާމްދަނީއަކާއި އެސެޓެއް ބޭނުން ކުރަން ޖެހޭކަން އޭނާ ފާހަގަ ކުރައްވައެވެ. އެކަމުގެ ސަބަބުން ސިއްހަތާއި ތައުލީމާއި އިންފްރާސްޓްރަކްޗާއަށް ކުރަން ޖެހޭ މުހިންމު އިންވެސްޓްމަންޓްތަކަށް ހިޔަނި އެޅިގެން ދާކަން އޭނާ ފާހަގަ ކުރައްވައެވެ. ޕާކިސްތާންގެ ދަރަނީގެ އިންޓަރެސްޓް ދެއްކުމަށް ޖީޑީޕީގެ ގާތްގަނޑަކަށް 6 ޕަސެންޓާއި […]
އަންނަ އަހަރު ބަޖެޓަކީ ރައްޔިތުން މާޔޫސްވާނެ ބަޖެޓެއް: ފައްޔާޒު
އަންނައަހަރުގެ ދައުލަތުގެ ބަޖެޓަށް ރައްޔިތުން މާޔޫސްވާނޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައވަނީ އަންނައަހަރުގެ ބަޖެޓުވެގެންދަނީ ރައްޔިތުންނަށް މާޔޫސްކަން ގެނުވާނެ ޓެކްސް ބޮޑު، ޚަރަދު ބޮޑު، ދަރަނި ބޮޑު ބަޖެޓެއް ކަމަށެވެ. އެ ބަޖެޓަށް ރައްޔިތުން މާޔޫސްވާންޖެހޭ ސަބަބުތަކަކީ އެއިން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތި ނުވާނެތީއެވެ. އޭގެ ބަދަލުގައި ރައްޔިތުންނާއި ވިޔަފާރިތަކުގެ ފައިސާ ސަރުކާރަށް ޓެކްސްގެ ގޮތުގައި އިތުރަށް ނަގައި، އެ ފައިސާ ސަރުކާރުން ޚަރަދުކުރަނީ ރައްޔިތުންނަށް […]
ރައީސް ސިފައިންގެ މައުރަޒު ހުޅުވައިދެއްވައިފި
މިއަހަރުގެ ނަޞްރުގެ ދުވަހާ ގުޅިގެން ސިފައިން ބާއްވާ މައުރަޒު 2024 ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު ނޭޝަނަލް އާޓް ގެލެރީގައި ހުޅުވައިިދެއްވައިފިއެވެ. މައުރަޒު ހުޅުވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ އެ މައުރަޒު ބައްލަވާލައްވާފައެވެ. ސިފައިންގެ މި މައުރަޒުން ފެނިގެންދާނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ލިބުނު ގެއްލުންތަކާއި އެދުވަހު ނަޞްރު ހޯދުމަށް ސިފައިން ދެއްކި ހިތްވަރެވެ. އަދި މި މައުރަޒުގެ މައިގަނޑު އެއް ބޭނުމަކީ […]