މާކަނޑުން މައުދަންތައް ނެގުމަށް އިންޑިއާއިން ތައްޔާރު ވަނީ

އިންޑިއާއިން ކަނޑުގެ ފުނަށް ފީނާ ކެޕްސުލް ”މަޓްސިއާ 6000“ ގެ ޓެސްޓްތައް ކުރިން ނިންމާފައި އޮތީ ޑިސެމްބަރުގެ މެދު ތެރޭގައި ޗެންނާއި ބަނދަރުގައެވެ. ނަމަވެސް ޗެންނާއީއަށް ތޫފާން ފެންގަލް އެރުމުގެ ސަބަބުން އެ ޓެސްޓްތައް ލަސް ކުރީއެވެ. މިހާރު، އިންޑިއާ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ފީނުމަށް ހުއްދަ ދިނުމާ ގުޅިގެން ސައިންސްވެރިން ކެޕްސުލް ޓެސްޓް ކުރުމަށް ބާއްވާ ފުރަތަމަ ކަނޑު އަޑީގެ ޓެސްޓްތައް އޮންނާނީ، ބޭ އޮފް ބެންގޯލްގެ 15 މީޓަރު ފުނުގައެވެ. އަދި އެންމެ ފުރަތަމަ ޓެސްޓްތައް […]
ބޯލްޓިކް ކަނޑުގެ ކޭބަލަށް ލިބުނު ގެއްލުމުގެ ތަހުގީގުގައި ޗައިނާ

ޗައިނާގެ ބަލްކް ކެރިއަރެއް ކަމަށްވާ ޔީ ޕެންގް 3 އިން ބޯލްޓިކް ކަނޑުގައި ކަނޑުއަޑީގެ ދެ އިންޓަނެޓް ކޭބަލަކަށް ގެއްލުން ދިނުމަށް އެ ބޯޓުން ދައުރެއް އަދާކުރި ކަމަށް ޝައްކު ކުރެވޭ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ލިތުއޭނިއާ އާއި ސްވިޑެން އަދި ފިންލޭންޑާއި ޖަރުމަނު ގުޅުވައިދޭ ކޭބަލްތައް ކަނޑާލާފައިވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ. މެރިންޓްރެފިކްގެ ޑޭޓާއިން ދައްކާ ގޮތުގައި ކޭބަލް ހަލާކުވެފައިވާ ސަރަހައްދާ ކައިރީގައި އެ […]
ފުލުހުންގެ ބާރު ބަދަލު ހިފުމަށް ބޭނުން ކޮށްގެން ނުވާނެ: މާލޭ މޭޔަރު

ފުލުހުންނަށް ލިބިފައިވާ ބާރު ބަދަލުހިފުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުން ނުކުރުމަށް ފުލުހުންނަށް ހަނދާން ކޮށްދެއްވާ ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. ”މިއަދު ލިބިފައިވާ ބާރު ބަދަލު ހިފުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރެއްވުމުން، ދުރުހެލިވެތިބުމަށް، އަޅުގަނޑު ފުލުންހުންގެ މުއައްސާސާއަށް ހަނދާންކޮށްދެމެވެ. ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމުގައިވާ މާލޭގެ މޭޔަރުގަ ހައިސިއްޔަތުން، މިއަދު މާލޭގެ ރައްޔިތުނަށް އަމާންކަމާއި ރައްކާތެރިކަން ނެތްކަމުގެ އިހްސާސު އަޅުގަޑު އިންތިހާއަށް ކުރެވޭ ވާހަކަ ހިތާމައާއި އެކު ދަންނަވަމެވެ.“ އާދަމް އާޒިމް […]
ފުލުހުންގެ ވެހިކަލެއްގައި ޖެހުނު މީހަކަށް އަނިޔާވެގެން ފަރުވާދާން ފަށައިފި

ފުލުހުންގެ ވެހިކަލެއްގައި ސައިކަލަކުން އައި މީހަކު ޖެހި ލިބުނު އަނިޔާތަކަށް ފަރުވާދޭންފަށައިފިއެވެ. މިހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 01:50 އެހައިކަންހާއިރު ހުޅުމާލޭ ފޭސް ދޭއްގައެވެ. ފޭސް ދޭއްގެ ގުލްއަލާމަގުން އިރުން ހުޅަނގަށް ނިރޮޅު މަގު ހުރަސްކުރަމުންދިޔަ ފުލުހުންގެ އުޅަނދެއްގައި، ޖެހުނީ ނިރޮޅު މަގުން އުތުރުން ދެކުނަށް ބާރު ދުވެލީގައި ދުއްވާފައި އައި ސައިކަލެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާއަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަނިޔާވި މީހާއަށް […]
މޫސާ އަލި މަނިކާއި ޔާސީރުގެ ގެ ބަލައި ބައެއް ސާމާނު ގެންގޮސްފި

ރޯޑުޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) ކުރީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލި މަނިކާއި، އެކުންފުނީގެ، ކުރީގެ ސީއެފްއޯ ޔާސިރު ހަސަން ދިރިއުޅޭތަން ފުލުހުން ރޭ ދަންވަރު ބަލައި ފާސްކޮށްފިއެވެ. ކޯޓު އަމުރެއް ހޯދައިގެން އެތަންތަނަށް ވަދެ ބަލައި ފާސްކުރުމަށް ފަހު ފުލުހުން ވަނީ ބައެއް ސާމާނު ގެންގޮސްފައެވެ. އޭގެ ތެރޭގައި އެދެބޭފުޅުން ގެންގުޅޭ އިލެކްޓްރޯނިކް ސާމާނު ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. އާރުޑީސީއަކީ ކުރީސަރުކާރުގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ކުންފުންޏެކެވެ. އެހެންނަމަވެސް އޭރުގެ އެމްޑީ ގެންދިޔައީ […]
ފިނިބޮޑުވެ ހާލުގައި ޖެހި ލޫޓުވާން ފަށައިފި

އެމެރިކާގެ ބައެއް ހިސާބުތަކަށް ގަނޑުފެނުގެ ތޫފާން އައިސް، މައިނަސް 50 ޑިގްރީއަށް ފިނި ބޮޑުވެފައި ވެއެވެ. މީހުން ވަނީ އަސާސީ ސާމާނު ހޯދުމަށް ތަންތަން ލޫޓުވާން ފަށާފައެވެ.
ފުލުހުން ވަޑައިގެންނެވީތީ ނިކަން އުފާވެއްޖެ: މޫކޭ

އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މޫސާއަލިމަނިކު (މޫކޭ) ދިރިއުޅުއްވާގެެ ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރު ބަލައި ފާސްކޮށްފިއެވެ. އެއަށްފަހު އެގެއިންވަނީ ފުލުހުން ކުރަމުންދާ ތހުގީގަކަށް ބޭނުންވާ ބައެއް އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައެވެ. އޭގެ ކުރިން ފުލުހުން ވަނީ އާރުޑީސީއަށް ގޮސް އެތަނުން ބައެއް ލިޔެކިޔުންތައް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މޫކޭ އުޅޭ ގެ ބަލައި ފާސްކުރުމަށްފަހު ފުލުހުން ދިޔުމުން ރޭ ފަތިހު ފަސްގަޑިބައިގައި މޫކޭ ވަނީ އެކްސްގައި ޕޯސްޓެއް ކޮށްފައެވެ. އެޕޯސްޓުގައި އޭނާ […]
