މޫކޭގެ ގެއަށް ދަންވަރު ވަނުމަކީ ބިރު ދެއްކުމުގެ އަމަލެއް: އެމްޑީޕީ

އާރުޑީސީގެ ކުރީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ) ދިރިއުޅޭގެއަށް މިދިޔަ ބުރާސްފަތި ދުވަހުގެރޭ ދަންވަރު 2:00 އެހައިކަންހާއިރު ފުލުހުން ވަންވަނުމަކީ ބިރު ދެއްކުމުގެ އަމަލެއް ކަމަށް އެމްޑީޕީން ބުނެފިއެވެ. އެޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެޕާޓީގެ ”ގައުމީ ކައުންސިލް މެމްބަރު މޫސާ އަލީ މަނިކު (މޫކޭ) އާއި އާއިލާ ނިދާފައި ތިއްބާ ގެއަށް ވަދެ ބަލައިފާސްކޮށްފަ އެވެ. މި ހާދިސާއަކީ އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށްގެން ބިރުދެއްކުމާއި އުނދަގޫކުރުމުގެ އުނދަގޫ ޓްރެންޑެއްގެ މިސާލެކެވެ.“ ސަރުކާރުން ގެންދަނީ ޑިމޮކްރެޓިކް މިނިވަންކަން […]
ސްނޯކްލިންއަށް ދިޔަ ފަތުރުވެރިއަކު ނިޔާވެއްޖެ

ޅަވިޔަނި އަތޮޅުގައި ހިންގާ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. އޭނާ ނިޔާވެފައިވަނީ ސްނޯކުލިންއަށް ގޮސް އުޅުމުގެ ތެރޭގައެވެ. ނިޔާވެފައިވަނީ ޖަޕާނުގެ ފަތުރުވެރިއެކެވެ. އޭނާއަކީ އުމުރުން 70 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. މިމައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވަނީ ޑިސެންބަރު 27 ވަނަ ދުވަހު 8:33 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ޓޮޝިއުކީ އަޑަޗީއެވެ. މިމައްސަލަ ފުލުހުން ދަނީ […]
ތޮއްޑޫގައި ތައި އެންހެނަކަށް އަނިޔާކުރި މައްސަކައެއް ބަލަނީ

އއ. ތޮއްޑޫގައި މަސައްކަތްކުރާ ތައިލެންޑުގެ އަންހެނަކަށް އަނިޔާ ކުރި މައްސަލައެއް ބަލަން ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެ އަންހެން މީހާއަށް އަނިޔާކޮށްފައިވަނީ އެމީހާގެ ސްޕޮންސަރ ކަމަށް ރިޕޯޓުގައި ވާކަމަށެވެ. މިމައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ޑިސެންބަރު 26 ވަނަ ދުވަހު 18:50 އެހައިކަންހާއިރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ އަންހެން މީހާއަށް ކޮށްފައިނީ ކޮންކަހަލަ އަނިޔާއެއް ކަމެއް ޝީފާން ވިދާޅެއް ނުވެއެވެ. އަދި އޭނާގެ ސްޕޮންސަރަކީ ކާކުކަމެއް ވެސް […]
ތަހުގީގަށް އައި އިންޑިއާގެ ޚާއްސަ ޓީމް ފުރައިފި

މި މަހުގެ 12 ވަނަ ދުވަހު މ. ގްރީން ބިލްޑިންގގައި ހިނގި އަލިފާނުގެ ހާދިސާ ތަހުގީގު ކުރަމުންދިޔަ ދިވެހި ފުލުހުންގެ ޓީމާ ގުޅުނު އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމު ޑިސެެންބަރު ބާވީސް ވަނަ ދުުވަހު ފުރައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ”އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމުން ވަނީ ހާދިސާ ހިނގި ތަން ބަލައި، ތަހުގީގު ފުރިހަމަ ކުރުމަށް ބޭނުންވާ އެންމެހައި ކަންކަން ދިރާސާކޮށްފައެވެ. މީގެ އިތުރުން، ހާދިސާއާ ގުޅޭ ފޮޓޯ، ވީޑިއޯ އަދި ސީސީޓީވީ ފުޓޭޖްގެ އިތުރުން ހާދިސާއާ […]
ޤުރުބާނީ (ނުވަ ވަނަބައި)
ޝަހާގެ ކާރު މަޑު ދުވެޔެއްގައި ދުއްވާފައި ގޮސް އޭނާގެ ގޭކައިރިއަށް މަޑުކޮށްލިއެވެ. ކާރުން ފޭބުމާއި އެކު، ގެއާއި ދިމާއަށް ހިގައިގަތެވެ. އެވަޤުތު އިޚްތިޔާރަކާއި ނުލާ ޖެހިގެން ހުރި ގެއާއި ދިމާއަށް ބަލައިލެވުނެވެ. އެއީ ޝަހާގެ ކުޑައިރުގެ ހަނދާންތައް އެގެއަކާއި ގުޅިފައިވާ ގެއެވެ. ޝަހާ ޤަބޫލުކުރާ ގޮތުގައި އެއީ ފާތުންގެ ގެއެވެ. ނަމަވެސް މިހާރު އެގޭގައި ދިރިއުޅެނީ އެހެން ބައެކެވެ. ފާތުން ގެންގުޅެ ބޮޑުކުރި ބައްޕަ، އަބްދުއްރަޝީދުގެ ޢާއިލާގެ މެންބަރުންނެވެ. ފާތުން ކިޔާގޮތުން ނަމަ އޭނާގެ ކުޑަބެގެ ޢާއިލާއެވެ. […]
އަބީޝޭކް ފަރަހައާ ބެހުނީ ކީއްވެ؟

އަބީޝޭކް ބަޗަން އޭނާއަށް ވުރެން މާދޮށީ އަންހެނަކަށް އުދަގޫކުރީ ކީއްވެގެން ހެއްޔެވެ؟ ފިލްމު އުފައްދާ ފަރަހަ ޚާން ބުނެފައި ވަނީ އެއް ޒަމާނެއްގައި އޭނާއަށް އަބީޝެކްއާއި ވީވާން ޝާހްގެ އުދަގޫ އިންތިހާއަށް ބޮޑުވި ކަމަށެވެ. އަދި މި ދެމީހުން އޭނާގެ ފޮޓޯތައް ނަގައި ޓުއީޓު ކޮށް ހެދި ކަމަށެވެ. ވީވާން ޝާހްއަކީ ނަސީރުއްދީން ޝާހްގެ ދަރިފުޅެވެ. ފަރަހަ ވަނީ މި ދެމީހުންގެ އުދަގޫ ބޮޑުވެގެން ޝާހްރުޚް ޚާން ގާތުގައި އެމީހުންނަށް ނަސޭހަތްދޭން އެދިފައެވެ. މި ވާހަކަ ޝާހްރުޚް […]
ފޮޓޯއިން: ކަމާލް އަދުވާން ހަސްފަތާލް އަންދާލައިފި

ބިރަކާއި ނުލައި ހަނގުރާމައިގެ ޖަރީމާތައް ހިންގާ ޒަޔަނިސްޓު ޓެރަރިސްޓު ސިފައިން ވަނީ ޣައްޒާގައި ސިއްޙީ ފަރުވާ ދޭން ހުރި އެންމެ ފަހުގެ ހަސްފަތާލު އަންދާލާފައެވެ. ހަސްފަތާލު އަންދާލާފައި ވަނީ ޑޮކްޓަރުންނާއި ނަރުހުން މަސައްކަތުގައި ތިއްބައެވެ. އަދި ބައެއް ޔުނިޓްތަކުން އެހީތެރިންނާއި ބަލި މީހުން ބޭރުވެގެން ދިއުމަށް މަޖުބޫރު ކުރިކަމަށް ވެއެވެ. އޭގެ އިތުރުން ފަރުވާދޭ އެތައް ބަޔަކު އޮރިޔާންކޮށް ގަންހިންގާފައި ވެއެވެ. އިޒްރޭލުން ހަނގުރާމައިގެ ޖަރީމާތައް ހިންގަނީ އެމެރިކާގެ ވާގިވެރިކަމާއެކުގައެވެ.
ކުރިމަގުގައި ތެލުގެ ޑިމާންޑް އިތުރުވާނީ އިންޑިއާއާ ހެދި

ދުނިޔޭގެ ތެލަށް އޮތް ޑިމާންޑް އިތުރު ކުރުމުގައި އިންޑިއާގެ ހިއްސާ ކުރިމަގުގައި ބޮޑުވާނެ ކަމށް އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ) ގެ ހަކަތައާ ބެހޭ ރިޕޯޓުގައި ބުނެއެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ 2035 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ ތެލުގެ ޑިމާންޑަށް ދުވާލަކު ގާތްގަނޑަކަށް 2 މިލިއަން ފީފާ އިންޑިއއާ ހެދި އިތުރު ވާނެ ކަމަށެވެ. އަދި އެއާއެކު ދުނިޔޭގައި އެންމެ ގިނައިން ތެޔޮ ގަތް ގައުމު ކަމަށްވާ ޗައިނާ ފަހަތަށް ޖައްސާލައި އިންޑިއާ ކުރިއަރައިގެން […]
