ޖިމީ ކާޓަރ އަވާހަރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

އެމެރިކާގެ ކުރީގެ ރައީސް، އަދި ނޯބަލް ސުލްހައިގެ އިނާމް ލިބިވަޑައިގެންފައިވާ ޖިމީ ކާޓަރ އަވާރަ ވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒީޔާ ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ އެމެރިކާގެ ކުރީގެ ރައީސް ޖޭމްސް އާލް ކާޓަރ ޖޫނިއަރ އަވަހާރަވިކަން އެނގިވަޑައިގެންނެވުމުނން ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމަށެވެ. އެމެރިކާއަށް ލިބުނު ގެއްލުމުގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އެމަނިކުފާނު އެމެރިކާގެ ރައްޔިތުންނަށާއި ސަރުކާރަށް އަދި ޚާއްސަކޮށް ކުރީގެ ރައީސް ކާޓަރގެ ލޮބުވެތި އާއިލާއަށް […]
ރައީސްގެ ހަމްދަރުދީގެ މެސެޖެއް ކޮރެއާއަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮރެއާގެ ވަގުތީ ރައީސަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ. މިއީ މުއާން އިންޓަރނޭޝަނަލް އެއަރޕޯޓަށް ކޮރެއާގެ މަތިންދާބޯޓެއް ވެއްޓި ހިނގާދިޔަ ހިތާމަވެރި ހާދިސާއާ ގުޅިގެން އެގައުމުގެ ވަގުތީ ރައީސް ޗޮއި ސަންގ-މޮކްއަށް ފޮނުއްވި މެސެޖެކެވެ. މި މެސެޖުގައި ރައީސް ވިދާޅުވެފައިވަނީ ހިތާމަވެރި މި ހާދިސާގެ ސަބަބުން އެތައް ބަޔަކު މަރުވި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުންހިތާމައާ އެކުގައި ކަމުގައެވެ. މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ކޮރެއާ ސަރުކާރަށާއި ރައްޔިތުންނަށް، ޚާއްސަގޮތެއްގައި […]
ފަޒުލްގެ ދެބައިން ނުހިމެނޭ ގޮތަށް ނުވަ މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފި

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީލް މައްސަލައިގެ ތަހުގީގަށް ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައިވާ މީހުންގެ ތެރެއިން ނުވަ މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެމީހުންގެ ޕާސްޕޯޓު ދޫކޮށްލީ ޕްރޮޮސެކިޔުޓަރ ޖެނެރަލްގެ ލަފާގެ މަތީން ކަމަށެވެ. ދޫކޮށްލި މީހުންގެ ތަފްސީލެއް ފުލުހުން ނުދެއްވައެވެ. އެހެންނަމަވެސް ދޫކޮށްލި ޕާސްޕޯޓު ތަކުގެ ތެރޭގައި އެޗުޑީސީގެ ކުރީގެ އެމްޑީ އިބްރާހީމް ފަޒުލް ރަޝީދާއި، އޭނާގެ ބޭބެ ފަޒީލް ރަޝީދުގެ ޕާސްޕޯޓު ނުހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. ”ބިންވެރިޔާ […]
