ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީލް މައްސަލައިގެ ތަހުގީގަށް ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައިވާ މީހުންގެ ތެރެއިން ނުވަ މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެމީހުންގެ ޕާސްޕޯޓު ދޫކޮށްލީ ޕްރޮޮސެކިޔުޓަރ ޖެނެރަލްގެ ލަފާގެ މަތީން ކަމަށެވެ. ދޫކޮށްލި މީހުންގެ ތަފްސީލެއް ފުލުހުން ނުދެއްވައެވެ. އެހެންނަމަވެސް ދޫކޮށްލި ޕާސްޕޯޓު ތަކުގެ ތެރޭގައި އެޗުޑީސީގެ ކުރީގެ އެމްޑީ އިބްރާހީމް ފަޒުލް ރަޝީދާއި، އޭނާގެ ބޭބެ ފަޒީލް ރަޝީދުގެ ޕާސްޕޯޓު ނުހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.
”ބިންވެރިޔާ ހައުސިން ސްކީމް އާ ގުޅުންހުރި މައްސަލައާ ގުޅިގެން ކުރިން ރާއްޖެއިންް ބޭރަށް ދަތުރު ކުރުން މަނާކުރި މީހުންގެ ތެރެއިން ނުވަަ މީހެއްގެ މައްޗަށް ނެރެފައިވާ އަމުރު ވަނީ ބާތިލް ކޮށްފައި. މި ފިޔަވަޅު އަޅައިފައިވަނީ ޕްރިސެކިޔުޓަރ ޖެނެރަލް ގެ ލަފާގެ މަތިން،“ ފުލުހުން ވިދާޅުވެފައިވެއެވެ.
”ދަތުރު ކުރުން މަނާކުރުމުގެ އަމުރު ބާތިލް ކުރި މީހުންގެ ތެރޭގައި އިބްރާހީމް ފަޒުލް ރަޝީދާއި މުހައްމަދު ފަޒީލް ރަޝީދު ނުހިމެނޭ“






