ވައި ނުސާފު ވެއްޖެ: ކުޅިވަރާއި ކަސްރަތު ކުރުން މަޑުޖައްސާލާ

ރާއްޖޭގެ ސަރަހައްދުގެ ވައި ނުސާފުވެއްޖެއެވެ. ވައި ނުސާފުވުމަކީ ސިއްހީ މައްސަލަތައް ކުރިމަތިވެދާނޭ ސަބަބަކަށްވާތީ ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަންއެޖެންސީ (އެޗުޕީއޭ) އިން ވަނީ އިލްތިމާސް ކޮށްފައެވެ. އެޗުޕީއޭއިން އިލްތިމާސް ކޮށްފައިވަނީ، ވައި ނުސާފުވެފައިވާ މިދުވަސްވަރު، ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލިތަކާއި އެލާޖީގެ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަވަގުތު ހޭދަނުކުރުމަށެވެ. ބޭރުގައި ގިނަވަގުތު ހޭދަކުރާނަމަ ރައްކާތެރި ވުމުގެ ގޮތުން ރައްކާތެރި މާސްކު އެޅުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. މީގެ އިތުރުން ކުޑަކުދީންނާއި […]
ސާޅީސް ގްރާމް މަސް އުންޏެއް ނުވާނެ: މިފްކޯ

މި ފެށޭ ރޯދަމަހަށް ކޮންމެ ގެއަކަށް މަސްކޭހެއް ދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދާ އެއްގޮތަށް ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްކޭހެއް ދޭން ސަރުކާރުން ވަނީ ނިންމައިފައެވެ. އެކަމަށް ޚާއްސަކޮގެން މިހާރުވަނީ މަސް ކޭސްތައް ބަންދު ކުރުމުގެ މަސައްކަތް ފަށައިފައެވެ. އެހެންނަމަވެސް އެއާއެކު ފެތުރެން ފެށީ ރައީސް ޑރ. މުއިއްޒުގެ މި ވައުދުފުޅާ އެއްގޮތަށް ހިލޭ ބަހާ ކޮންމެ މަސްދަޅުން ސާޅީސް ގްރާމް މަސް މަދު ނުވަތަ އުނިވާނޭ ކަމުގެ އަޑެވެ. […]
މެންބަރުން ”ވަގަށްނަގާ“ މައްސަލަ ތަހުގީގު ކުރަން އަމުރު ނެރެންޖެހޭ

އެމްޑީޕީގައި މިހާރު ތިބި މެމްބަރުންގެ ތެރެއިން ބައެއް މެންބަރުންނަށް އެނގުމަކާ ނުލައި ޕީއެންސީއަށް ބަދަލު ކުރަމުންދާ މައްސަލަ ތަހުގީގު ކުރުމަށް ޕްރޮސެކިޔުޓަރ ޖެނެރަލް (ޕީޖީ) އަމުރު ކުރަންޖެހޭ ކަމަށް އެމްޑީޕީން ބުނެފިއެވެ. ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އެމްޑީޕީން މިއަދު ބޭއްވި ބައްދަލުވުމެއްގައި އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ މިފަދަ އަމުރެއް ޕީޖީނެރެންޖެހޭ ސަބަބުތައް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ރައްޔިތުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ސިޔާސީ ޕާޓީއެއްގެ މެމްބަޝިޕް އިތުރު ކުރުމަށް […]
ޕާޓީ ބަދަލުކުރުމުގެ ތިން ހާހަށްވުރެ ގިނަ ޝަކުވާ ލިބިއްޖެ: އެމްޑީޕީ

އަމިއްލަ މީހައަށް އެނގުމަކާ ނުލައި ޕީއެންސީއަށް ވައްދާފައިވާ މައްސަލައާ ގުޅުންހުރި ތިންހާހަށްވުރެ ގިނަ ޝަކުވާ މިހާތަނަށް އެމްޑީޕީއަށް ހުށަހަޅާފައިވާކަމަށް އެޕާޓީން ބުނެފިއެވެ. ”މީގެ ތެރޭގައި ކުރީގެ އައިޑީ ކާޑުގައި ހުރި ފޮޓޯ ބޭނުންކުރުމާއި، ސޮއި ފޯޖު ކުރުމާއި، ފިންގަރޕްރިންޓް ފޯޖުކޮށްފައި ހުރުން ހިމެނޭ،“ އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ މެމްބަރު އިބްރާހީމް ޝިޔާމް މިއަދު ވިދާޅުވިއެވެ. އެމްޑީޕީގެ އެތައް ބަޔަކަށް ނޭނގި އެ ޕާޓީން ވަކިކޮށް ޕީއެންސީއަށް ވައްދަމުންދާ މައްސަލައާ ގުޅިގެން އެތައް ޝަކުވާއެއް ލިބެމުންދާ ކަމަށް އެމްޑީޕީން […]
