ސާޅީސް ގްރާމް މަސް އުންޏެއް ނުވާނެ: މިފްކޯ

މުހައްމަދު އަލީ
ޖެނުއަރީ 19, 2025

މި ފެށޭ ރޯދަމަހަށް ކޮންމެ ގެއަކަށް މަސްކޭހެއް ދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދާ އެއްގޮތަށް ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްކޭހެއް ދޭން ސަރުކާރުން ވަނީ ނިންމައިފައެވެ. އެކަމަށް ޚާއްސަކޮގެން މިހާރުވަނީ މަސް ކޭސްތައް ބަންދު ކުރުމުގެ މަސައްކަތް ފަށައިފައެވެ.

އެހެންނަމަވެސް އެއާއެކު ފެތުރެން ފެށީ ރައީސް ޑރ. މުއިއްޒުގެ މި ވައުދުފުޅާ އެއްގޮތަށް ހިލޭ ބަހާ ކޮންމެ މަސްދަޅުން ސާޅީސް ގްރާމް މަސް މަދު ނުވަތަ އުނިވާނޭ ކަމުގެ އަޑެވެ. އެހެންނަމަވެސް އެ އަޑުތަކަށް މިފްކޯއިން ވަނީ ޖަވާބު ދީފައެވެ. އެކުންފުނީން ބުނެފައިވަނީ އެއީ އެއްވެސް އަސާސެއްނެތް ވާހަކަތަކެއް ކަމަށެވެ. ސަޅީސް ގްރާމް މަސް މަދުނުވޭ ކަމަށް އެކުންފުނީން ވަނީ ބުނެފައެވެ.

”ރައީސްގެ ވައުދުފުޅާ އެއްގޮތަށް ރޯދަޔަށް ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުން 40 ގްރާމް މަސް އުންޏެއް ނުވާނެ. ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް 149 ގްރާމް ބާޒާރަށް ނެރުނީ ކުދި ގޭބިސީތަކަށް އަދި އެއްފަހަރު ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި. މަސް ދަޅު ފްރިޖު ކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ،“ މިފްކޯއިން ބުނެފައިވެއެވެ.

މި ރޯދަ މަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ދޭނެކަން ރައީސް އިއުލާންކުރެއްވީ، ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ބޭއްވި ޖަލްސާގައެވެ.

 

މި ލިޔުމާ ގުޅޭ