މެންބަރުން "ވަގަށްނަގާ" މައްސަލަ ތަހުގީގު ކުރަން ޕީޖީ އަމުރު ނެރެންޖެހޭ: އެމްޑީޕީ

މުހައްމަދު އަލީ
ޖެނުއަރީ 19, 2025

އެމްޑީޕީގައި މިހާރު ތިބި މެމްބަރުންގެ ތެރެއިން ބައެއް މެންބަރުންނަށް އެނގުމަކާ ނުލައި ޕީއެންސީއަށް ބަދަލު ކުރަމުންދާ މައްސަލަ ތަހުގީގު ކުރުމަށް ޕްރޮސެކިޔުޓަރ ޖެނެރަލް (ޕީޖީ) އަމުރު ކުރަންޖެހޭ ކަމަށް އެމްޑީޕީން ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އެމްޑީޕީން މިއަދު ބޭއްވި ބައްދަލުވުމެއްގައި އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ މިފަދަ އަމުރެއް ޕީޖީނެރެންޖެހޭ ސަބަބުތައް އެބަހުރި ކަމަށެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ސިޔާސީ ޕާޓީއެއްގެ މެމްބަޝިޕް އިތުރު ކުރުމަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްފައި އޮތުމާއި، މީހުންގެ ޒާތީ މައުލޫމާތު އޮޅުވާލައިގެން ”އައިޑެންޓިޓީ ތެފްޓު ފަދަ ބޮޑެތި ޖަރީމާތައް ހިންގުމަކީ ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލޭނެ ކަމަކަށް ވުން“ ހިމެނޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މިމައްސަލާގައި އެމްޑީޕީން ބުނެފައިވަނީ މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭއިރު ޕީޖީވެސް އޭޖީވެސް ތިއްބެވީ ހަނުގައި ކަމަށެވެ. އޭގެ ބަދަލުގައި މި މައްސަލަ ތަހުގީގު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަމުރު ކުރަންޖެހޭ ކަމަށް ބުނެފައިވެއެވެ.

މި ލިޔުމާ ގުޅޭ