ކުށަށް އިއުތިރާފް ވެއްޖެ، ޕީއެންސީގެ ފޯމުތައް ބާތިލް ކުރަންޖެހޭ: ފައްޔާޒު

ޕީއެންސީއަށް މީހުން އިތުރު ކުރުމުގެ މަސައްކަތް ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާ ކުރެވިފައިވާ ޑީއެންއާރު  ތެރޭގައި ކުރިކަމަށް އެތަނުގެ ވެރީން އެއްބަސް ވެއްޖެއެވެ. މިކަމަށް އެއްވެސްވެފައިވަނީ ހޯމްލޭންޑު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ އަބްދުލްމަޖީދު އިބްރާހީމެވެ. އޭނާ ބުނެފައިވަނީ އެކަންކޮށްފައިވަނީ އެތަނުގެ މީޓީން ރޫމުގައި ކަމަށެވެ. އެކަން ކޮށްފައިވަނީ، ދައުލަތުގެ މުދާ ބޭނުންކޮށްގެން، ޑީއެންއާރުގެ ސިޔާސީ މުވައްޒަފުންނެވެ. މަޖީދު ބުނީ މިކަމުގެ އިސްކޮށް ހުންނެވީ ހޯމްލޭންޑު މިނިސްޓަރ އަލީ އިހުސާނު ކަމަށެވެ. ޑީއެންއާރުގެ ވެރިން މި ކުށަށް އިއުތިރާފުވެފައިވާތީ […]

ސައިފް އަލީހާން ހޮސްޕިޓަލުން ދޫކޮށްލައިފި

ވަޅިން ދިން ހަމަލާއިން ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށްފަހު ބޮލީވޫޑްގެ މަޝްހޫރު  ތަރި ސައިފް އަލީހާން މިއަދު ހޮސްލިޓަލުން ދޫކޮށްލައިފިއެވެ. ސައިފް އަލީހާނަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލީ ވައްކަންކުރަން އޭނާގެ އެޕާޓްމެންޓަށް ރޭގަނޑުގެ ވަގުތުގައި ވަން ވަގެކެވެ. މި ހަމަލާގައި ސައިފު ޒަހަމްވެގެން ލީލާވަތީ ހޮސްޕިޓަލްގައި އެޑްމިޓްކުރީ މިމަހު 16 ގައެވެ. މީޑިއާތަކުން ބުނެފައިވަނީ އެ ހަމަލާގައި ސައިފްގެ ހަށިގަނޑުގެ ފަސް ތަނެއް ޒަހަމްވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ސީރިއަސް ދެ ޒަހަމެއް ފާހަގަވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ. […]

އެފްއޭއެމްގެ ހިޔާނާތުގައި އަމީން ކޮންސްޓްރަކްޝަނަށް ދައުވާކޮށްފި

ޕްރޮސިކިއުޓާޖެނރަލްގެ އޮފީސް (ޕީޖީ އޮސީސް) އިން ބުނީ އެ މައްސަލައުގައި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް މަނީ ލޯންޑާ ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ ކުރަން އިއްޔެ ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެފްއޭއެމްގެ ހިޔާނުގެ ގޮތުގައި އެ އެއޯސިއޭޝަންގެ ކުރީގެ ރައީސް ގ. ފަހިވާ ބައްސާމު އަދީލް ޖަލީލް، އަމީން އެވެނިއުގެ އެޕާޓްމަންޓް ގަތުމަށް، އެފްއޭއެމްގެ އެކައުންޓުން ކެނޑޭގޮތަށް އެ ކުންފުންޏަށް ދިން އެއްމިލިޔަން ޑޮލަރަކީ 14 އޭޕްރީލް 2021 ދުވަހު ފީފާއިން އެ އެސޯސިއޭޝަނަށް ޖަމާކުރި […]

މިސަރުކާރުން ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ޖާގަ ނުދޭ: އެމްޑީޕީ

ޖަނަވަރީ 31 ގައި ބާއްވާ ސުލްހަވެރި ހިނގާލުން ޕްރޮމޯޓު ކުރުމުގެ ހަރަކާތުގައި ފައްޔާޒު އިސްމާއީލާއި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން: ފޮޓޯ އެމްޑީޕީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަނީ ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ހުރަސް އަޅަމުން ކަމަށް އެމްޑީޕީން ބުނެފިއެވެ. އެ ޕާޓީން މިހެން ބުނީ ހުޅުމާލޭގައި މިރޭ އެ ޕާޓީން ބާއްވަން އުޅުނު ކަންމަތީ ޖަލްސާ ބޭއްވުމުގެ ހުއްދަ އެޗުޑީސީން ނުދިނުމުންނެވެ. ”ހިތާމައާއެކު ދަންނަވަމެވެ. މި ޖަލްސާ ބޭއްވުމަށް އެޗްޑީސީއިން ހުއްދަ ނުދިނުމުން، އެމްޑީޕީއަށް މިރޭ ހުޅުމާލޭގައި ކަންމަތީ ޖަލްސާ ނުބޭއްވޭނެ ކަމަށް މިހާރުވަނީ އަންގާފައި. މިއީ ސަރުކާރުން ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ސީދާ ހުރަސްއެޅުމުގެ ނިޔަތުގައި […]

ވާދޫއަކީ އިޔާދަކުރަނިވި ހަކަތައިން ހިންގާ ރަށަކަށް ހަދަން ބޭނުން

ރ. ވާދޫއަކީ މުޅި ރަށުގެ ހުރިހާ ހަކަތައެއް އިޔާދަކުރަނިވި ހަކަތައިގެ މަސްދަރުތަކުން، ޚާއްޞަކޮށް ސޯލަރ ޕަވަރއިން ދޭ ރަށަކަށް ހައްދަވަން ބޭނުންފުޅުވާ ކަމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެންވިދާޅުވީ ރ. އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި 3 ދުވަހުގެ ދަތުރުގައި ވާދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ވާދޫގެ ތަރަޢްޤީއަށް ޚާއްޞަ ކަންތައްތަކެއް އެބަހުރިކަމަށެވެ. އެރަށަކީ އަމިއްލައަށް އިސްނަގައިގެން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ވަރަށް […]

ރަސްގެތީމުގެ ތަރައްޤީއަށް ކުރަންހުރި ކަންކަން މި އަހަރު ތެރޭ ކޮށްދޭނަން

ރ. ރަސްގެތީމުގެ ތަރައްޤީއަށް ކުރަންހުރި ކަންކަން އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި ބާރު ދުވެލީގައި ކޮށްދެއްވާނޭކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ރަށު ރައްޔިތުންނަށް ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިޔަޤީންކަން ދެއްވީ، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ޒިޔާރަތުގެ ތެރެއިން، ރަސްގެތީމު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ސަރުކާރުގެ އަމާޒަކީވެސް، އަދި ޕްލޭނަކީވެސް، ރިޔާސީ ކެމްޕެއިންގެ ތެރޭގައި އެރަކަށް ކޮށްދެއްވާނޭކަމަށް ވަޢުދުވެވަޑައިގެންފައިވާ ހުރިހާ ކަމެއްވެސް މި އަހަރުގެ ތެރޭގައި ފަށައި، ބައެއް […]

ދި ޑިމޮކްރެޓްސް ގެ ރައީސް ކަމަށް އިންތި ކުރިމަތި ލައްވައިފި

ދަ ޑިމޮކްރެޓްސްގެ ރައީސް ކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ކުރިމަތި ލައްވައިފިއެވެ. ޑިމޮކްރެޓްސްގެ ރައީސް ކަމުގެ މަގާމު ހުސްވީ، އެ ޕާޓީގެ ފުރަތަމަ ރައީސްގެ ގޮތުގައި ހުންނެވި، ހަސަން ލަތީފު އެ މަގާމުން އިސްތިއުފާ ދެއްވައި ޕާޓީން ވަކިވެ ވަޑައިގަތުމުންނެވެ. އިންތިއަކީ ޑެމްސްގެ ސްޕޯކްސް ޕާސަނެވެ. އެހެންނަމަވެސް އެޕާޓީގެ ރައީސްކަށް ކުރިމަތިލެއްވުމަށްޓަކައި ސްޕޯކްސް ޕާސަންގެ މަގާގުން އިސްތިއުފާ ދެއްވާފައިވާކަމަށް އިންތިވަނީ ވިދާޅުވެފައެވެ. ހަސަން ލަތީފް އިސްތިއުފާ […]

ނާއިބު ނާއިބަށް ތަހުނިޔާ ވިދާޅުވެއްޖެ

އެމެރިކާގެ އައު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޖޭމްސް ޑޭވިޑް ވޭންސަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޙުސައިން މުޙައްމަދު ލަޠީފް ތަހުނިޔާގެ ވިދާޅުވެއްޖެއެވެ. ނާއިބު ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށް މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައިފައެވެ. މިފެށޭ ދައުރުގައި އެމެރިކާގެ ރައްޔިތުންނަށާއި، ދުނިޔޭގެ އެހެން ޤައުމުތަކުގެ ލާބައާއި ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވެސް މެސެޖުގައި ވިދާޅުވެފައިވެއެވެ. ރާއްޖެއިން އެމެރިކާގެ ގުޅުމަށް އަބަދުވެސް އިސްކަންދެއްވާނޭ ކަމަށް ވެސް ނާއިބު ރައީސް ޙުސައިން ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން […]

ރައީސް ރ. އަތޮޅަށް، ބައެއް މަޝްރޫއުތައް ފަށްޓަވައިދެއްވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާޅޮސްމަޑުލު އުތުރުބުރި (ރ. އަތޮޅު) ގެ ބައެއް ރަށްރަށަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ. މި ބައްދަލު ކުރެއްވުންތަކުގައި އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އެކި ރަށްރަށުގެ ތަރައްޤީއަށް […]

އެމްޑީޕީގެ އަވަސް ހަރަކާތްތަކަށް ގަސަމްގެ ތައުރީފް

މުހައްމަދު ގަސަމް/ފޮޓޯ އެސްއެމް

އެމްޑީޕީން އަވަސް ހަރަކާތްތަކެއް ރާވައި ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ފެށުމުން އެފްއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ގަސަމް އެޕާޓީގެ ލީޑަރޝިޕަށް ތައުރީފް ކޮށްފިއެވެ. އޭނާ ބުނީ އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން މިހާ އަވަހަށް ހަރަކާތްތެރިވާން ފެށި ފަހަރެއް އައިސްފައިނުވާ ކަމަށެވެ. ”މީއީ އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާ ތިންވަނަ ފަހަރު. އޭގެ ކުރީފަހަރު ތަކަށްވުރެ އަވަހަށް އެމްޑީޕީން މިފަހަރުވަނީ ސިޔާސީ ހަރަކާތްތައް ފަށައިފައި. ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގޮތުން މިފަހަރު ވަރަށް […]