މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން މުބާރާތާއި މަދަޙަ މުބާރާތް ފަށައިފި

މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ޤުރުއާން މުބާރާތާއި މަދަޙަ މުބާރާތް ފަށައިފިއެވެ. މި މުބާރާތް ފަށްޓަވައިދެއްވީ މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމެވެ. ހާހެއްހައި ދަރިވަރުން ބައިވެރިވި މި ދެ މުބާރާތް ކުރިޔަށް ދަނީ 6 ޢުމުރުފުރާއަކަށް ބަހައިގެންނެވެ. ޤުރުއާން މުބާރާތުގެ ކިޔެވުން މި ހިނގާ ފެބުރުއަރީ މަހުގެ 8 ވަނަ ދުވަހާ ހަމަށް ކުރިޔަށް ދާނެ ކަމަށް ސިޓީކައުންސިލުން ވިދާޅުވިއެވެ. މަދަޙަ މުބާރާތް ކުރިޔަށް ދާނީ، ފެބުރުއަރީ މަހު 9 އިން 13 އަށެވެ. […]

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް – ރޯދަ ސޭލް ފަށައިފި

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ކޮންމެ އަހަރަކު ރަމަޟާންމަހާ ދިމާކޮށް ބާއްވާ ”ރޯދަ ސޭލް“ ޕްރޮމޯޝަން މިއަދު ފަށައިފިއެވެ. މިއަހަރުގެ ސޭލްވެސް ފަށައިފައިވަނީ ބޮޑެތި ޑިސްކައުންޓްތަކާއެކުއެވެ. މި ސޭލް ކުރިއަށްދާނީ 2 ފެބްރުއަރީން ފެށިގެން  31 މާރިޗު ގެ ނިޔަލަށެވެ. މިއަހަރުގެ ރޯދަ ސޭލް ފަށްޓަވައި ދެއްވީ ޑިރެކްޓަރ އޮފް ކޮންސްޓްރަކްޝަން ސޮލިއުޝަންސް މުހައްމަދު އީމާނާއި، ވެލިގާ ހާޑްވެއަރ ގެ ޑިރެކްޓަރ ޒައިދު މުހައްމަދު ކަމަށް އެސްޓީއޯން ވިދާޅުވެފައިވެއެވެ. މި ޕްރޮމޯޝަނުގެ ދަށުން ކުރާ ކިންމެ 500 ރުފިޔާގެ […]

ޗައިނާގެ ކޮމިއުނިސްޓު ޕާޓީން އަމިއްލަ ކޯޓުތައް އެމެރިކާގައި ހިންގަނީ

ޗައިނާގެ ކޮމިއުނިސްޓް ޕާޓީ ގެ ޖާސޫސީ އިދާރާއަކާ ގުޅުން ހުރި ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުގެ ނެޓްވޯކަކުން އެމެރިކާގައި ނުރަސްމީ ކޯޓުތައް ހިންގަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފިއެވެ. ކެލިފޯނިއާ، ވޮޝިންޓަން ޑީސީއާއި ހަވާއީ އަދި ނިއުޔޯކް ހިމެނޭ ސިޓީތަކުގައި ހިންގާ ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމުއިއްޔާތަކުގެ މި ނެޓްވޯކަކީ ޗައިނާގެ ގާނޫނު ތަންފީޒުކުރާ އޮފިޝަލުންނާއި އެމެރިކާގައި ތިބި ޗައިނާގެ ފަރުދުންގެ މެދުގައި މައުލޫމާތު ހިއްސާކުރުމަށް މަގުފަހިކޮށްދޭ ނެޓްވޯކެއް ކަމަށް ތުހުމަތު ކުރެވެ އެވެ. މި ޖަމިއްޔާތަކުގެ […]

ޕާޓީއެއް ރަޖިސްޓްރީ ކުރުމުގައި ބަލަންވީ ސިޔާސީ ފިކުރަށް: ފައްޔާޒު

ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރުމުގައި ބަލަންވީ ޕާޓީގައިތިބި މީހުންގެ އަދަދަކަށް ނޫންކަމަށާއި ބަލަންވީ ގައުމަށް މޮޅުގޮތް ހޯދައިދޭ ސިޔާސީ ފިކުރެއް އޮތުމަށް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. އަދަދު ނޫހުގައި ފައްޔާޒު ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ވިދާޅުވެފައިވަނީ ”ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރުމުގައިވެސް އެ ޕާޓީއެއްގައި ތިބޭ މެންބަރުންގެ އަދަދަށް ބަލާނޭކަމެއް ނެތެވެ. ޕާޓީއަކަށް ވުމުގެ ޝަރުތަކަށް ވާންވާނީ ގައުމަށް މޮޅުގޮތް ހޯދައިދޭ ސިޔާސީ ފިކުރެއް އޮތުމެވެ.“ ފައްޔާޒު ވިދާޅުވެފައިވަނީ ގިނަސިޔާސީ ޕާޓީތައް އޮތުމުން ލިބޭ ފައިދާއާއި ގެއްލުމަކީ […]

ކޭ-ޕާކް މައްސަލަ: ވަކީލަކު ހޯދުމުގެ ތަނަވަސްކަމެއްނެތް: މަންޑޭ

ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ އަތުގައި އެ މައްސަލައަށް ދިފާއީ ވަކީލަކު ހަމަޖައްސާނެ ތަނަވަސްކަމެއްނެތް ކަަމަށް އޭނާ ބުނެފިއެވެ. ކުރިމިނަލް ކޯޓުގައި މިއަދު ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ބާއްވައިފައެވެ. މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މަންޑޭގެ އިތުރުން ޖައިޝާން ސައީދުގެ މައްޗަށެވެ. މަމްދޫހުގެ މައްޗަށް 104 ދައުވާއެއް […]

ފެނަކައިން ދޭންޖެހޭ ދެލައްކަ ރުފިޔާ ދޭން ހުކުމްކޮށްފި

ގާނޫނާހިލާފަށް ފެނަކައިގެ ވަޒީފާއިން ވަކިކުރި މީހަކަށް އަލުން ވަޒިފާ ދިނުމަށްފަހު ދޭންޖެހޭ 469،400 ރުފިޔާގެ ތެރެއިން، ނުދީއޮތް 234،294 ރުފިޔާ މިމަހު 26 ގެ ކުރިން ދިނުމަށް ސިވިލްކޯޓުން ހުކުމް ކޮށްފިއެވެ. މި މައްސަލައަކީ ފެނަކައިގަ އަދާކުރަމުންދިޔަ ޓެކްނީޝަންގެ މަގާމުން. ތިނެއް ޑިސެމްބަރު 2019 ގައި، ވަކި ކުރުމުން ލ.ގަން ތުނޑި ކުދިރަތްމާގެ މުހައްމަދު ފިރުޝާން ފެނަކައާ ދެކޮޅަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ. ތޭވީސް އޮކްޓޫބަރު 2012 ގައި އައްޔަންކުރި، ޓެކްނީޝަންގެ މަގާމުން އޭނާ ވަކކިކުރި […]