އެމްޑީޕީގެ ޕީޖީ ލީޑަރާ، އަބްދުއްރަހީމް ބައްދަލު ކުރައްވައިފި

ވެރިކަންކުރާ ޕީއެންސީގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއާ ދެމެދު ގުޅުން ގޯސްވެފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބުދުﷲ އިދިކޮޅު މޯލްޑިވިއަން ޑިމޮކޮރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އާ ބައްދަލު ކުރައްވައިފިއެވެ. ނާޒިލް ވަނީ އެކަން ޔަގީންކޮށްދެއްވައިފައެވެ. ނަމަވެސް ކުރެއްވީ ކޮން މަޝްވަރާތަކެއް ކަމެއް ވިދާޅެއްނުވެއެވެ. ރައީސް މުއިއްޒުއާ އަބްދުއްރަހީމްގެ ދެމެދުގައި މައްސަލަ އިތުރަށް […]

ފަޒުލްގެ ގެއިން ހޯދި 1.4 މިލިއަން ރުފިޔާ އަނބުރާ ދީފި

އެޗުޑީސީގެ ކުރީގެ އެމްޑީ ފަޒުލް

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ގެއިން ފުލުހުން ހޯދި 1.4 މިލިއަން ރުފިޔާ އަނބުރާ އޭނާއަށް ދީފިއެވެ. ފުލުހުން މީޑިއާއަށް މިއަދު ހިއްސާކުރި މެސެޖެއްގައި ބުނީ، ގޯތި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުގެ އެޕާޓްމަންޓް ބަލައި ފާސްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފައިސާއާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، ވެރިފަރާތަށް ފައިސާތައް އަނބުރާ ދީފައިވާ ކަމަށެވެ. ”ބިންވެރިޔާ“ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް […]

ޗައިނާއާ ހެދި ޕާކިސްތާން ރައްޔިތުން ކަރަންޓުގައި ޖެހިފައި

ޗައިނާގެ ދަރަނީގެ އިންވެސްޓްމަންޓް ސްޓްރެޓެޖީ ފެންނަނީ ޕާކިސްތާނުގެ ހާލަތުންނެވެ. ޕާކިސްތާނަށް ދިގުދެމިގެންދާ ހަކަތައިގެ ދަތިކަމާއި އިގްތިސާދީ ގޮތުން ނުރައްކާތެރި ހާލަތެއް ވަނީ ކުރިމަތިވެފައއވެ. ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޯރިޑޯ (ސީޕީއީސީ) ގެ ދަށުން ހިންގާ ބޮޑު އަގުހުރި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގެ ވިއުގައެއް ޕާކިސްތާންގައި ގާއިމްކޮށްގައި ވެއެވެ. އޭގެ ސަބަބުން ދެމެހެއްޓެނިވި ދަރަނިތަކެއް ގައި ޖެހި، ޕާކިސްތާނުގެ ހަކަތައިގެ ދާއިރާއަށް އޭގެ އަސަރުތައް ކުރިމަތި ވެފައޮ ވެއެވެ. ޕާކިސްތާންގައި 42،131 މެގަވޮޓްގެ އިންސްޓޯލްޑް ޕަވަރ ޖެނެރޭޝަން ކެޕޭސިޓީއެއް ގާއިމް ވެފައި […]

ތާލިބާނުންގެ އެތެރޭގައި ބައިބައި ވުމެއް އެބައުޅޭ

ތާލިބާނުންގެ ލީޑަޝިޕްގެ ތެރޭގައި މަދުން ނޫނީ ނުފެންނަ ޚިޔާލުތަފާތުވުމެއްގައި، އެ ޖަމާއަތުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ޝޭރު މުހައްމަދު އައްބާސް ސްޓާނިކްޒާއީ އަފްޣާނިސްތާނުން ފިއްލަވައި ވަޑައިގެންފިއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ސްޓާނިކްޒާއީ ފިއްލަވައިގެން ވަޑައިގަތީ ތާލިބާނުންގެ ސުޕްރީމް ލީޑަރު ހިބަތުالله އަޚުންދުޒާދާގެ އަމުރަށް އޭނާ ހައްޔަރުކޮށް ދަތުރުކުރުން މަނާކުރަން އުޅުމުންނެވެ. އޭނާ ވަނީ ތާލިބާނުންގެ ސިޔާސަތުތަކަށް ޚާއްސަކޮށް އަންހެން ކުދިންގެ ތައުލީމު މަނާކުރުމުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކަވާފައެވެ. ހޯމަ ދުވަހު ނެރުނު […]

އޮންލައިންކޮށް ހިތާވެގެން ގެނައި އެމެރިކާ މީހާއަށް ލަނޑު ދީފި

އެމެރިކާގެ ރައްޔިތެއް ކަމަށްވާ އޮނިޖާ އެންޑްރޫ ރޮބިންސަން ކިޔާ އުމުރުން 33 އަހަރުގެ އަންހެނަކު ކަރާޗީގައި ތާށިވެފައި ވަނީ ޕާކިސްތާންގެ އޮންލައިން ލޯބިވެރިއަކާ ބައްދަލު ކުރަން ކުރި ރޮމޭންޓިކް ދަތުރެއް ނުއަތު ބުރަކަށް ބަދަލު ވުމުންނެވެ. އުމުރުން 19 އަހަރުގެ ނިޟާލް އަހުމަދު މެމަންއާ ކައިވެނި ކުރަން އޮކްޓޯބަރު މަހު އައި ރޮބިންސަންއާ ކައިވެނި ކުރެވެން ނެތީ އާއިލާއިން ދެކޮޅު ހަދާތީ ކަމަށް ފިރިހެން ސޮރު ބުންޏެވެ. ރޮބިންސަން މަގުމަތިވެ ވަންނާނެ ތަނެއް ނެތުމުން ގާތްގަނޑަކަށް 30 […]

ޗައިނާގެ އިމްތިޔާޒުތައް އެމެރިކާއިން އުވާލަނީ

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ޕާޓީގެ ގްރޫޕަކުން ޗައިނާގެ ޕަރމަނަންޓް ނޯމަލް ޓްރޭޑް ރިލޭޝަންސް (ޕީއެންޓީއާރު) ގެ ދަރަޖަ ބާތިލް ކުރުމަށް ގާނޫނެއް ތައާރަފްކޮށްފި އެވެ. މި ބިލަކީ ޗައިނާގެ އިސްތިސްނާ ވިޔަފާރީގެ ދަރަޖަ އަނބުރާ ގެންދިއުމަށް ރިޕަބްލިކަން ޕާޓީން އިސްނަގައިގެން ކުރާ މަސައްކަތުގެ މައްޗަށް ބިނާކޮށްފައިވާ ބިލެކެވެ. އެ ގާނޫނު ފާސްވެއްޖެނަމަ ޗައިނާގެ އިމްޕޯޓްތަކުން އާ ޓެރިފްތަކެއް ނަގާނެ އެވެ. ހާއްސަކޮށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ބުނާ ގޮތުގައި ބެއިޖިންއާ ވާދަވެރިކަމުގެ ސަބަބުން […]

އިންޑިއާގެ ސްކޫލު ތަރައްގީ ނިސްބަތުން ރަނގަޅު ވެއްޖެ

އިންޑިއާގެ ތައުލީމީ ދާއިރާ އަހަރުން އަހަރަށް ކުރިއަރަމުން އަންނަކަން އެ ޤައުމުގެ އިޤްތިޞާދީ ސާވޭއިން ހާމަވެއްޖެއެވެ. އިންޑިއާގެ ފިނޭންސް މިނިސްޓަރު ނިރްމާލާ ސިތަރަމަން ހުށަހެޅުއްވި 2024-25 ގެ އިކޮނޮމިކް ސާވޭގައި ވަނީ ސްކޫލްތަކަށް ވަންނަ ކުދިންގެ އަދަދު އިތުރުވެ، އިންފްރާސްޓްރަކްޗަރ ރަނގަޅުވަމުން އަންނަކަން ފާހަގަކޮށްފައެވެ. މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިންޑިއާގެ ތަރައްޤީގައި ތައުލީމުގެ ދައުރު ވަނީ 2020 ވަނަ އަހަރު ތަޢާރަފުކުރި ނޭޝަނަލް އެޑިއުކޭޝަން ޕޮލިސީ (އެންއީޕީ) އާ އެއްގޮތަށެވެ. ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި، އިންޑިއާގައި […]

ޕެނަމާ ކެނަލްގައި ޗައިނާ ނުފޫޒު، އެމެރިކާ ފާރަވެރި ވަނީ

ޕެނަމާ ކެނަލްގެ ހިންގުމުގައި ޗައިނާގެ ދައުރާމެދު ކަންބޮޑުވުން ފާޅުކޮށް ދަތިކުރަން އެމެރިކާގެ ރައީސް ޓްރަމްޕް ނިންމަވައިފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަނީ، 1997 ވަނަ އަހަރުން ފެށިގެން ޕެނަމާ ކެނަލްގެ ފަސް ބަނދަރުގެ ތެރެއިން ދެ ބަނދަރު ކަމުގައިވާ ބަލްބޯއާ އަދި ކްރިސްޓޯބަލް ބަނދަރުތައް ބަލަހައްޓަމުން އަންނަނީ ޗައިނާއާ ގުޅުންހުރި ބަނދަރު އޮޕަރޭޓަރެއް ކަމަށްވާ ހޮންކޮންގުގެ ސީކޭ ހަޗިސަން ކަމަށެވެ. ޕެނަމާ ކެނަލަކީ ދުނިޔޭގެ ވިޔަފާރިއަށާއި ޚާއްޞަކޮށް އެމެރިކާގެ ވިޔަފާރިއަށް މުހިންމު މަގެއްގެ ގޮތުގައި ބެލެވޭ […]

ކޭފޭއެއްގައި މާރާމާރީއެއް، ބިދޭސީއަކަށް ފަރުވާދޭން ފަށައިފި

މާވެޔޮމަގުގައި ހުންނަ ކެފޭއެއްގައި މިއަދު ހިނގި މާރާމާރީއެއްގައި އަނިޔާވި ބިދޭސީއަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ މި މާރާމާރީ ހިނގާފައިވަނީ ބިދޭސީ ދެ މީހެއްގެ ދެމެދުގައި ކަމަށެވެ. އެހެންނަމަވެސް މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. މައުލޫމާތު ލިބޭވަރަކުން ހާމަކުރަމުންދާނޭ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިމާރާމާރީގެ މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ބާރަގަޑި ދިހައެއް އެހައިކަންހާއިރު އެވެ. މިމައްސަލަ ބަލަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.  

އެކްސިޑެންޓުގައި މަރުވި މީހެއްގެ ގައިމަތިން ސައިކަލެއް ދިޔަ ވީޑިއޯއެއް!

މިމަހު އެއްވަނަ ދުވަހު ބުރިޖު ހައިވޭގައި އެކްސިޑެންޓުވި މީހާ ވެއްޓިފައިފައި އޮއްވާ އޭނާގެ ގައިމަތީން ބާރު ސްޕީޑުގައި ސައިކަލެއް ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ. މި އެކްސިޑޭންޓް ވީ ދުވަހު ފުލުހުން ބުނެފައިވަނީ އެ ރޭ 8:19 ހާއިރު ހުޅުމާލެއިން މާލެއަށް އަންނަ ލޭންގެ ސޯލާ ޕެނަލްތައް ކައިރީ މަސައްކަތް ކުރާކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަނިކޮށް […]