ރ. އަތޮޅުގައި ފެރީގެ ޚިދުމަތް ފަށައިފިން: ރައީސް

މިއަހަރުގެ ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި ފެރީ ޚިދުމަތް ފެށުމަށް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް މިއަދު އެއަތޮޅުގައި ފެރީގެ ޚުދުމަތް ފަށްޓަވައިފި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ”އަޅުގަނޑު ވީ ވަޢުދާ އެއްގޮތަށް މިއަދު ރ. އަތޮޅު ފެރީ ޚިދުމަތް ވަނީ ފަށާފައި. މި ޚިދުމަތް ފެށުމުގެ މުނާސަބަތުގައި ރ އަތޮޅުގެ އެންމެހާ ރައްޔިތުންނަށް މަރުހަބާ ދަންނަވަން،“ ރައީސް ވިދާޅުވެފައިވެއެވެ. އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ ޖުލައި ނިމުމުގެ […]

މުސްލިމަކު ނިއުޔޯކު މޭޔަރުކަމަށް

ޑިމޮކްރެޓިކް ޕާޓީން ނިއުޔޯކް މޭޔަރުކަމަށް ނިކުންނަވާފައިވާ ޒަހްރާން މަދްމާނީ ވަނީ ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ ޕްރައިމަރީ ގައި ވާދަ ކުރައްވައި ނިއުޔޯކް ގަވަރުނަރު އެންޑްރޫ ކުއޯމޯ ބަލިކުރައްވައި ފުރަތަމަ ބުރުގެ ވޯޓު ކާމިޔާބު ކުރައްވާފައެވެ. ނިއުޔޯކް ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވައި ޑިމޮކްރެޓިކް ޕްރައިމަރީ ކާމިޔާބު ކުރެއްވި ޒަހްރާން މަދްމާނީއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހުތުރު ބަހުން އިންޒާރު ދެއްވައިފިއެވެ. ޓްރަމްޕްގެ އިމިގްރޭޝަން އިދާރާގެ ވެރިޔާ ޓޮމް ހޯމަން ވެސް ވަނީ މަދްމާނީގެ އިމިގްރޭޝަން ސިޔާސަތުތަކަށް […]

އިންޓަރނޭޝަނަލް ޑޭ އޮފް ވިމަން އިން ޑިޕްލޮމަސީ

މިއަހަރުގެ އިންޓަރނޭޝަނަލް ޑޭ އޮފް ވިމަން އިން ޑިޕްލޮމަސީ ފާހަގަކުރުމުގެ ގޮތުން ”ސެލެބްރޭޓިންގ ވިމަން ޑިޕްލޮމެޓްސް“ގެ ނަމުގައި އިންޓަރެކްޓިވް ޑައިލޮގް އެއް މި މިނިސްޓްރީ އިން ބާއްވައިފިއެވެ. މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގައި މިއަދު ބޭއްވި މި ޑައިލޮގް ޝަރަފްވެރިކޮށްދެއްވީ އ.ދ.ގެ ޖެނެރަލް އެސެމްބްލީގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވި ފުރަތަމަ އަންހެން ޑިޕްލޮމެޓް އަދި އަންހެނުންގެ ތަރައްޤީއާއި ހައްޤުތައް ކުރިއެރުވުމުގެ އިސް ސަފުގައި ހުންނެވި ކުރީގެ ޑިޕްލޮމެޓް އަދި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްފާޟިލާ އަނީސާ އަޙްމަދުއެވެ. އެ […]