ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ތިން ވަނަ ބުރުފަށައިފި

ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ތިން ވަނަ ބެޗުގެ ތަމްރީން މިއަދު ފަށައިފިއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ތިން ވަނަ ބެޗަށް ހުޅުވާލުމާއެކު 338 މީހަކު ވަނީ ފޯމު ހުށައަޅާފައި ކަމަށެވެ. މީގެ ތެރެއިން ތަމްރީންގައި ބައިވެރިވަނީ ޝަރުތުހަމަވާ އަދި އިމްތިހާނުން ވާސްވި 257 ޒުވާނުން ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މިހާތަނަށް ޒުވާން ޚަޠީބުންގެ ދެ ބުރެއް ވަނީ ނިމިފައެވެ. އެ ދެބުރުގައި 234 ޒުވާނުން ވަނީ ސަނަދު ހާސިލްކޮށްފައެވެ. އިސްލާމީކަންތައްތަކާ […]
ބޮޑެތި ބަލިތައް ހުންނަ ފަގީރުންނަށް އިންޝުއަރެންސް

ރާއްޖޭގެ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންނަށް އިންޝުއަރެންސެއް ތައާރަފްކުރަން ނިންމައިފިކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ޝަހީމް ވިދާޅުވީ ޒަކާތު ފަންޑުގެ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމުލުކުރަމުންދާ ފަރާތްތަކުގެ ބޭސް ފަރުވާއަށް، މި އިންޝުއަރެންސް ތައާރަފް ކުރަން ނިންމާފައިވަނީ 1447 އަހަރުގެ މުޙައްރަމް މަހުން ފެށިގެން ކަމަށެވެ. މިކަން ކުރިއަށް […]
ހިޖުރީ އައު އަހަރުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ. މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުތަކުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ކުރިއަށް މިއޮތް އަހަރަކީ ސުލްހަވެރި އަދި ފާގަތި އަހަރަކަށް ވުމަށް އެދިވަޑައިގެން، މާތްﷲގެ ރަޙުމަތާއި ތެދުމަގު، އެންމެހައި މުސްލިމް ޤައުމުތަކަށް ދެއްކެވުން އެދިވަޑައިގެން ދުޢާ ކުރައްވާފައިވެއެވެ. އެ މަނިކުފާނުގެ މި މެސެޖުތަކުގައިވެސް، ފަލަސްޠީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަވުމަށް ގޮވާލައްވައި، ހުޅަނގު އައްސޭރިއާއި ޣައްޒާގައި […]
ދުޅަހެޔޮ، މުޖުތަމައެއް ބިނާކުރަން މަސައްކަތް ކުރާނަން: ރައީސް

ދުޅަހެޔޮ، ރައްކާތެރި މުޖުތަމަޢުއެއް ބިނާކުރުމުގައި ސަރުކާރުން ގަދައަޅާ މަސައްކަތްކުރައްވާނޭ ކަމަށާއި މިއަމާޒަށް ވާސިލުވުމުގައި ބައިނަލްއަޤްވާމީ ގޮތުން އަޅާ ފިޔަވަޅުތަކަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ބައިނަލްއަގުވާމީ މަސައްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ އަމިއްލަފުޅު ”އެކްސް“ އެކައުންޓްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިމައްސަލައަކީ ބައިނަލްއަޤްވާމީ ފެންވަރެއްގައި ގުޅިގެން އެކަމަށް ހައްލު ހޯދަންޖެހޭ މައްސަލަައެއް ކަމަށެވެ. މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގައި ގިނަ ފިޔަވަޅުތަކެއް މިހާތަނަށް […]
ރައްޔިތުންނަށް ކަމެއް ދިމާވާ ހިނދު ގޮވާލަން އޮތް ޕާޓީއަކީ އެމްޑީޕީ: ޝިފާޒު

ރައްޔިތުންނަށް ކަމެއް ދިމާވާހިނދު ރައްޔިތުން އެހީއަކަށް އެދި ގޮވާލަން އޮތީ އެމްޑީޕީ ކަމަށް އެޕާޓީގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ވިހިވަނަ އަހަރީ ދުވަހާ ގުޅިގެން ޝިއްޕެ ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި މިވަގުތުއޮތް އެންމެ ދުވަސްވީ ޕާޓީކަމަށެވެ. އެޕާޓީއަކީ ރައްޔިތުންގެ އުންމީދާ ގުޅިފައިވާ ޕާޓީ ކަމަށްވެސް ވިދާޅުވިއެވެ. ”ރާއްޖޭގެ ރައްޔިތުންނަށް އެނގިފައި އޮތް އެންމެ ބޮޑުހަގީގަތަކީ ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދޭ ސިޔާސީ ޕާޓީއަކީ އެމްޑީޕީކަން. އަދި ރައްޔިތުންނަށް ކަމެއްދިމާވާ ވަގުތު ރައްޔިތުން ގޮވާލަންއޮތް […]
ސާދަ މަސްވެރިއަކަށް ލޯނު ދީފި

މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 14 މަސްވެރިއަކަށް ލޯނު ދޫކޮށްފި ކަމަށް މަސްވެރިކަމާ ބެހޭ މުޒާރާއިން ވިދާޅުވެއްޖެއެވެ. މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ކަނޑައަޅައި ލޯނު ލިބޭގޮތް ކަނޑައަޅާ ލޯނު ލިބޭނެ ގޮތް ފަހިކޮށްދީފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ކަމަށްވެސް ވިދާޅުވެފައިވެއެވެ. މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ލޯނު ދޫކުރަން ފަށާފައިވަނީ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މިހާތަނަށް ލޯނު ދިން […]
ތަރައްގީގެ އެޖެންޑާއަށް އެހީތެރިވެދެވޭނޭ ދާއިރާތަކާ މެދު މަޝްވަރާކޮށްފި

ދިވެހިރާއްޖޭގެ ތަރައްގީގެ އެޖެންޑާއަށް އެހީތެރިވުމަށް އެއްބާރުލުން ދެވިދާނެ ދާއިރާތަކާ މެދު އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) ގެ ރައީސް ޖިން ލިކުން އާ އެކު ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު މިއަދު މަޝްވަރާ ކޮށްފިއެވެ. މި ކަމަށް މަޝްވަރާ ކުރި ބައްދަލުކުރެއްވުން އޮތީ ޗައިނާގެ ވެރިރަށް ބެއިޖިންގ ގައި ކުރިއަށްދާ އޭއައިއައިބީގެ ގަވަރނަރުންގެ ބޯޑުގެ 10 ވަނަ އަހަރީ ބައްދަލުވުމުގެ ހަވާސާގައެވެ. މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި އޭއައިއައިބީ އާ ދެމެދު އޮތް ގުޅުން […]
މިގައުމަށް ހެވެއް ހޯދައިދެވޭނީ އެމްޑީޕީއަށް: ރައީސް ސާލިހު

ދިވެހިރާއްޖެއަށާއި ރައްޔިތުންނަށް އަބަދުވެސް ހެވެއް ހޯދައިދެވޭނީ އެމްޑީޕީއަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ވިހިވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ދެއްވި ކުރު މެސެޖެއްގައިވިދާޅުވީ އެމްޑީޕީ އުފެދިގެން އައީ ރާއްޖޭގައި އޮތް އަނިޔާވެރިކަން ނައްތާލަން ކަމަށެވެ. އޭގެ ބަދަލުގައި ”އިސްލާމީ ސައްހަ އަގީދާގެ މަތީގައި ފުރިހަމަ ޒަމާނީ ޑިމޮކްރަސީއެއް ގާއިމް ކުރުމަށް. ފަރުދީ ހައްގުތައް ކަށަވަރު ކުރުމަށް. ސަރުކާރަކީ ރައްޔިތުންނަށް ޚިދުމަތްކުރަން އޮތް ރައްޔިތުން އިންތިޚާބުކުރާ ސަރުކާރަކަށް ހެދުމަށް،“ ކަމަށެވެ. އެމްޑީޕީއާއި ޕާޓީގެ […]
ރާއްޖެއަށް އެމްޑީގެ އިސްލާހީ އެޖެންޑާ ނުހަނު ބޭނުން: ޝާހިދު

ރާއްޖެ މިހާރުއޮތް ހާލަތަށް ބަލާއިރު، ރާއްޖެއަށް އެމްޑީގެ އިސްލާހީ އެޖެންޑާ ނުހަނު ބޭނުންތެރި ކަމަށް އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ވިހިވަނަ އަހަރީދުވަހުގެ މުނާ ސަބަތުގައި ދެއްވި ކުރު ބަޔާނެއްގައި އޭނާ ވިދާޅުވީ އެމްޑީޕީގެ ވިހިވަނަ އަހަރީ ދުވަސް ފާހަގަ ކުރަނީ ފަޚުރުވެރިކަމާއެކު އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ. އެޕާޓީއަކީ މިދިޔަ ވިހި އަހަރުދުވަހުގެ ތެރޭގައި ރާއްޖެއަށް ބޭނުންވި ބަދަލު ގެނެސްދިން ޕާޓީ ކަމަށާއި ރާއްޖެއަށް އިސްލާހީ އެތައް ކަންތައްތަކެއް ގެނައި ޕާޓީ ކަމަށްވެސް ވިދާޅުވިއެވެ. […]
އެމްޑީޕީއަށް ވިހި، މަސައްކަތްތެރީންގެ ހައްގުގައި ސަތޭކަ!

މިއަދަކީ އެމްޑީޕީގެ ވިހިވަނަ އަހަރީ ދުވަހެވެ. މިއަދާ ދިމާކޮށް އެޕާޓީން ގެންދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. މިއަދު ހެނދުވަނީ ދަނޑިކޮށީ ޖަގަހާގައި ދިދަނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފައެވެ. އަދި އަހަރީ ދުވަހުގެ ކޭކެއް ވެސް ވަނީ ފަޅައިފައެވެ. އެމްޑީޕީއަށް ވިހިއަހަރު ފުރޭއިރު އެޕާޓީން ވަނީ ފާއިތުވި މުއްދަތުގައި އެތައް ކަމެއް ރައްޔިތުންނަށް ކޮށްދެއްވައިފައެވެ. ޚާއްސަކޮށް މަސައްކަތްތެރީންނަށެވެ. އެގޮތުން ކޮށްދީފައިވާ ބައެއްކަންތައްތައް ހިމަނަލާނަމެވެ. 2009- ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ޖަމިއްޔާގައި ރާއްޖޭ ބައިވެރިވުން. ވަޒީފާއާ ގުޅޭގޮތުން އުފެދޭ ދެބަސްވުންތައް ހައްލު ކުރުމަށް […]
