އެމްޑީޕީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ކުރަން ޖެހޭ: ފައްޔާޒު

އެމްޑީޕީގައި ހޭދަކުރެއްވި ދުވަސް ތަކުގެ ތެރެއިން އެނގިވަޑައިގެންނެވި ކަމަކީ އެޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ކުރަންޖެހޭކަން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ސަންގު ޓީވީގައި ރޭ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ”އަޅުގަނޑަށް ފެނުނު މަންޒަރަކީ އެމްޑީޕީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ކުރަން ޖެހޭކަން. އެމްޑީޕީ އިންސްޓިޓިއުޓެއްގެ ގޮތުގައި އޮންނަން ޖެހޭކަން،“ ފައްޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދެހާސް ތޭވީސް ވަނަ އަހަރު އެޕާޓީގެ އޭރުގެ ރައީސް މުހައްމަދު ނަޝީދު ހިމެނި ވަޑައިގަންނަވާ ގޮތަށް […]

ޗައިނާ އިގްތިސާދު

ގޯލްޑްމަން ސެކްސްއިން ފާހަގަކޮށްފައިވާ ގޮތުގައި، މޫސުމީ ބަދަލުތަކަށް ރިޢާޔަތްކުރުމަށްފަހު މަހުން މަހަށް ބަލާއިރު 9.7އިންސައްތަ ގެ އިގްތިސާދީ ދަށްވުމެއް ޗައިނައިން ފެނިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ފެނުނު 4އިންސައްތަ ގެ ކުރިއެރުމާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ދަށްވުމެކެވެ. އިޤްތިޞާދީ މުހައްލިލުންގެ ނަޒަރުގައި، މި ދަށްވުމުގެ މައިގަނޑު ސަބަބަކީ އެމެރިކާއާއި ޗައިނާއާ ދެމެދު ހިނގަމުންދާ ޓެރިފް ޖަދަލުގެ ސަބަބުން މަޢުދަނާއި އުޅަނދުފަހަރުގެ އެތެރޭގެ ޑިމާންޑް ދަށްވެފައިވުމެވެ. އެންބީއެސްއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރުގެ […]

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސްޕެއިނަށް ފުރާވަޑައިގެންފި

ފައިނޭންސިންގ ފޯ ޑިވެލޮޕްމަންޓްގެ، ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ސްޕެއިނަށް ފުރާވަޑައިގެންފިއެވެ. މި ކޮންފަރަންސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، މިހިނގާ ޖޫން މަހުގެ 30 އިން އަންނަ ޖުލައި މަހުގެ 3 އަށް ސްޕެއިންގެ ސެވިލްގައެވެ. އެ މަނިކުފާނު، މި ކޮންފަރަންސްގެ އިފްތިތާޙީ ދަންފަޅީގައި ބައިވެރިވެވަޑައިގެން، ޕްލެނަރީ ބައްދަލުވުމުގައި ބަޔާނެއް އިއްވެވުމަށް ވަނީ ތާވަލުކުރެވިފައެވެ. މީގެ އިތުރުން، މަސްލަހަތުވެރިންނާއެކު ބާއްވާ ސިންތާތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން، މާލީ އިސްލާހުގެ […]