އެކްޝަން ރިސާޗުގެ ބޭނުން މިހާރަށް ވުރެ ބޮޑަށް ހިފަންޖެހޭ

ތަޢުލީމީ ނަތީޖާ މިހާރަށް ވުރެ ރަނގަޅުކުރެވޭނީ ކުލާސްރޫމުގެ ތެރޭ އެކްޝަން ރިސާޗުގެ ބޭނުން މިހާރަށް ވުރެ ބޮޑަށް ހިފައިގެން ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެހެންކަމުން އެކްޝަން ރިސާޗުގެ ބޭނުން ކުލާސްރޫމުގައި ހިފުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2023 – 2024ގެ އިނާމުދިމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި […]

ދަތުރުނާމާ (ފަސްވަނަ ބައި)

ފުން ޚިޔާލުތަކަށް ގެއްލިފައިހުރި އަރުޝީއަށް ހަމަހޭވެރިކަންވީ، އޭނާގެ އަތުގައި އޮތް ސިޓީއުރަ ބިންމައްޗަށް ވެއްޓުނު އަޑަށެވެ. މަޑުމަޑުން ތިރިއަށް ބަލައިލުމާއިއެކު، ކޮންމެވެސް ވަރެއްގެ ސިހުމެއް އަރުޝީއަށް ލިބުނެވެ. އެހެނީ އެސިޓީއުރަ ތެރެއިން ވެއްޓުނު ފޮތޯތަކުގެ ދަށުން ކޮންމެވެސް އެއްޗެއް ވިދާހެން އޭނާއަށް ހީވިއެވެ. މަޑުމަޑުން ތިރިވެލާފައި، އެއީ ކޯޗެއްތޯ ރަނގަޅަށް ބަލައިލިއެވެ. އަރުޝީއަށް ލިބުނު ހައިރާންކަން އިތުރަށް ބޮޑުވެގެން ދިޔައެވެ. އެއީ މީގެ ކުރިން އޭނާގެ މަންމައަތުން ނުފެންނަ އެއްޗަކަށް ވީތީއެވެ. އާނއެކެވެ. ފޮޓޯތަކުގެ ދަށުގައި އޮތީ، […]