މަސްތުވާތަކެއްޗާއެކު ދިއްދޫއިން މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާއެކު ހއ. ދިއްދޫން މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެމީހާ ހައްޔަރުކުރީ ފުލުހުންގެ ކައުންޓަރ-ނާކޮޓިކްސް އިންޓެލިޖެންސް، އަޕަރ ނޯތް ޑްރަގް އޮޕަރޭޝަން އަދި ހއ. ދިއްދޫ ޕޮލިސް ސްޓޭޝަން ގުޅިގެން 2025 ޖުލައި 3 ވަނަ ދުވަހު ދިއްދޫގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 6 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުންވިދާޅުވެފައިވެއެވެ. މިއާއެކު ހައްޔަރުކޮށްފައިވަނީ ދިއްދޫ، ލިލީމާގޭ، އިރުފާޙު ޝަފީޤު (25އ) އެވެ. އިރުފާޙު ޝަފީޤުގެ ބަންދާމެދު […]

ޣިޔާސުއްދީން ސްކޫލުގައި ޗެރިޓީ ހަރަކާތެއް ފަށައިފި

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުން އެސްކުލޫގައި ޗެރިޓީ އިވެންޓެއް ބާއްވައިފިއެވެ. މި އިވެންޓު ޝަރަފުވެރި ކޮށްދެއްވީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމެވެ. މި ހަރަކާތަކީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ 70 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ. މިއީ ދަރިވަރުންގެ އުފެއްދުންތެރިކަން ތަރައްޤީކޮށް، އެކަކު އަނެކަކަށް އެހީތެރިވުމާއި އަޅައިލުމުގެ ސިފަ އަށަގެންނެވުމުގެ މަޤްޞަދުގައި ބޭއްވި ހަރަކާތެކެވެ. މި ހަރަކާތުން ނުވަތަ އިވެންޓުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ […]

ތިލަމާލެ ބްރިޖުގު ޕައިލިންގ މަސައްކަތް ނިމިއްޖެ

ތިލަމާލެ ބްރިޖް މަޝްރޫޢުގެ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަކުރެވުނު ޕައިލިންގ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މަސައްކަތް ނިންމާލިވެފައިވާ ކަމަށް ވިދާޅުވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްޠަލިބެވެ. މި މަސައްކަތް ނިމުމުން މުޅި މަޝްރޫޢުގެ 60.84 އިންސައްތަ ނިމުނީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވެފައިވަނީ ތިލަމާލެ ބްރިޖް މަޝްރޫޢުގެ 68 ތަނަކުން ޖުމްލަ 263 ޕައިލް ޖެހުމުގެ މަސައްކަތް ކޮށް ނިންމާފައިވާ ކަމަށެވެ. މީގެތެރޭގައި […]

ހަނިމާދޫ އެއަރޕޯޓު ނިމޭނީ ސެޕްޓެމްބަރުގައި

އިންޑިއާ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ތަރައްގީ ކުރަމުންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުاللهމުއްޠަލިބު ވިދާޅުވެއްޖެއެވެ. އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވެފައިވަނީ މި މަޝްރޫއުގެ މަސައްކަތުގެ ޖުމްލަ 88.7 ޕަސެންޓު ނިމިފައިވާ ކަމަށެވެ. އޭގެތެރެއިން އެއަރޕޯޓުގެ ރަންވޭގެ މަސައްކަތް ވަނީ އެއްކޮށް ނިމިފައެވެ. ފަސިންޖަރުން ބޭނުންކުރާ ޓާމިނަލް ޢިމާރާތުގެ މަސައްކަތުގެ 83 ޕަސެންޓު ވެސް […]

ފަލަސްޠީނު ދަރިކޮޅުގެ މެމްބަރު

އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގެ ހައުސް ކޮމިޓީން ވަނީ އެ މަޖިލީހުގައި ހިމެނޭ ފަލަސްޠީނު ދަރިކޮޅުގެ މެމްބަރު އައިމަން އޫދާ ވަކި ކުރުމަށް މަސައްކަތް ފަށާއި އެކަމަށް ވޯޓު ދީފައެވެ. އައިމަން އުދާ އަކީ، ހަދާޝް ތައާލް ޕާޓީގެ ލީޑަރެވެ. ޖެނުއަރީ މަހު އޫދާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން އޭނާ މަޖިލީހުން ވަކި ކުރުމުގެ ބަހުސް ފެށުނެވެ. ހޯމަދުވަހު އެކަމަށް ވޯޓަށް އެހުމުން ކޮމިޓީގައި 14 ވޯޓު އޭނާއާ ދެކޮޅަށް ދިނެވެ. އޭނާއަށް ސަޕޯޓުކޮށް […]

ފަރުބަދައަށް އަރައި ފައިބަން ކުޅަދާނަ ރޮބޮޓެއް

ޖަޕާނުގެ ސައިކަލު އުފައްދާ ކަވަސާކީ ކުންފުނިން ،މަސްމޫއީ ބުއްދި، މަބުގެ ބާރުގައި ދުއްވާ މަސްނޫއީ އަހެއް އުފައްދައިފިއެވެ. މި ސޮރަށް ދީފައިވާ ނަމަކީ، ކޯލިއޯ އެވެ. ކަވާސާކީން ދައްކާލި ވީޑިއޯއެއްގައި ކޯލިއޯ ވާދީތަކުގައި ދުވެ، ކޯރުތައް ހުރަސްކޮށް، ފަރުބަދަތަކަށް އަރައި، އަދި އުސްތަންތަނުން ފުންމާތަން ދައްކާލައި ފައި ވެއެވެ. ކޯލިއޯއަކީ ކޯރުތަކާއި ފެންގަނޑުތައް ހުރަސްކޮށް، އޮމާން ދުވެއްޔެއްގައި، ފަރުބަދައަށް އަރައި ފައިބަން ކުޅަދާނަ ރޮބޮޓަކަށް ވާނެ ކަމަށް ކަވާސާކީން ބުނެއެވެ. މަބުގެ އެހީގައި ދަތި ސަރަޙައްދުތަކުގައި ދަތުރުކުރުމަށް […]

ސަރުކާރުގެ އަމާޒަކީ ފަސޭހައިން ލޯނު ދެއްކޭވަރުކޮށްދިނުން

ދައުލަތުން ރައްޔިތުންނަށް ދޫކުރާ ލޯނު ދެއްކުމުގައި ރައްޔިތުންނަށް ލުއިފަސޭހަގޮތް ހެއްދެވުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްޠަލިބް ވިދާޅުވެއްޖެއެވެ. ”އަށޭ ބުނާނަން“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއްޠަލިބް ވަނީ ބޯހިޔާވަހިކަމުގެ ދާއިރާއަށް ސަރުކާރުން ދެއްވާ އިސްކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ސަރުކާރުގެ މަޤްސަދަކީ އިމާރާތްކޮށް، އެއަށް ސަބްސިޑައިޒްކޮށްގެން، އެފޯޑަބަލް ރޭޓެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ދައުލަތުން ދޭ ލޯނަކީ […]

ވަކި އުސްމިނެއްގައި އިމާރާތް ކުރުން މުހިންމު: މިނިސްޓަރ

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލޭ ހިނދު ދިމާވާ ކާރިސާތަކުން ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް، އިމާރާތްތައް ބިނާކުރުމުގައި ވަކި އުސްމިނެއްގައި އިމާރާތްކުރަން ފެށުން މުހިންމު ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްޠަލިބް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ ދައުލަތުގެ އިމާރާތްތައް ބިނާކުރާއިރު ސަމާލުކަންދެއްވާނޭ ކަމަށެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ރައްޔިތުންނަށް ސަރުކާރުގެ ސިޔާސަތުތަކާއި މަޝްރޫޢުތަކާ ގުޅޭގޮތުން ”އަހާށޭ ބުނާނަން“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. މި ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައި […]

އައު ރަޖިސްޓްރީއާއި އެއްބަސްވުން ދޫކުރަން ފަށައިފި

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން (އުސޫލު ނަންބަރު  G-19/2022)  ގޯތި ލިބިފައިވާ ފަރާތްތަކަށް، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ގޯތިތަކުގެ ލޮކޭޝަން ބަދަލުވެފައިވާތީ، އައު ”ބަންޑާރަ ގޯތީގެ އެއްބަސްވުން“ އަދި ”ބަންޑާރަ ގޯތީގެ ރަޖިސްޓްރީ“ ދޫކުރުމުގެ މަސައްކަތް ފަށައިފި ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެމިނިސްޓްރީން ވިދާޅުވެފައިވަނީ މިކަމަށްޓަކައި އެޕޮއިންޓްމަންޓް ހަމަޖެއްސުމުގެ ފުރުޞަތު ”ހިޔާވެހި ޕޯޓަލް“ މެދުވެރިކޮށް (ޖުލައި 01، 2025) އިން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އެއްބަސްވުންތަކާއި ރަޖިސްޓްރީތައް ދޫކުރުން ޖުލައި […]

ފުލެޓު ދިނުމުގައި އިންސާވެރިކަން ކަށަވަރު ކުރާނެ: މިނިސްޓަރ

ޑރ. މުއްތަލިބު

މުޢާމަލާތްތައް ރަނގަޅަށް ބަލާ، ޗެކްކޮށް، ވެރިފައިކުރުމަށްފަހު ނޫނީ، އެއްވެސް މީހަކަށް ދީފައިވާ ފްލެޓެއް އެހެން މީހަކަށް ކަނޑައެއް ނާޅާނެ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ . މިނިސްޓަރ މިހެން ވިދާޅުވީ ”އަހާށޭ ބުނާނަން“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ޑރ. މުއްޠަލިބް ވިދާޅުވީ ބޯހިޔާވަހި ކަމާ ގުޅޭ ކަންކަމުގައި ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް ދިމާވާނެ ދަތިތައް ކުޑަކުރުމަށް މަސައްކަތްކުރާނޭ ކަމަށެވެ. މިގޮތުން ފްލެޓްތައް ކަނޑައެޅުމުގެ މުޢާމަލާތްތަކުގައި ހުރި ގޮންޖެހުންތަކާއި، އަދި […]