ބަލޫޗީންގެ ގެއަށް ރެއިޑްކޮށްފި

ޕާކިސްތާނުގެ ސިފައިންގެ އަމަލުތައް އަނެއްކާވެސް ބައިނަލްއަޤްވާމީ ފަރާތްތަކުން ކުށްވެރި ކޮށްފިއެވެ. ސިފައން ވަނީ ބަލޫޗީންގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ ޑރ. ސަބީހާ ބަލޫޗުގެ ގެއަށް ރެއިޑްކޮށްފައެވެ. އޭނާއަކީ ބަލޫޗް އެކްޓިވިސްޓެއްގެ އިތުރުން ބަލޫޗް ޔަކްޖެހްޓީ ކޮމިޓީ (ބީ.ވައި.ސީ) ގެ އިސް މެންބަރެއް ވެސް މެއެވެ. ސިފައިން ވަނީ ކޯޓު އަމުރެއް ނެތި ބަލޫޗިސްތާނުގައި ހުންނަ އޭނާގެ އާއިލީ ގެއަށް ވަދެ އާއިލާގެ މެމްބަރުންނަށް އުނދަގޫކޮށް އިންޒާރު ދީފައެވެ. މިކަން ދަ ބަލޫޗިސްތާން ޕޯސްޓުން ރިޕޯޓު ކޮށްފައި ވެއެވެ. […]

ދެކުނު ކޮރެއާ އިންޑިއާ

އިންޑިއާ އާއި ދެކުނު ކޮރެއާގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ނިއުދިއްލީގައި ދެކުނު ކޮރެއާގެ ހާއްސަ މަންދޫބުން ކަމަށްވާ ޗަންގް ހޯ ޖިން އާއި ކިމް ގަންއާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވާފަ އެވެ. ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް ތަމްސީލު ކުރައްވާ މަންދޫބުން ވަނީ ވިޔަފާރިއާއި ޓެކްނޮލޮޖީއާއި ދިފާޢީ ދާއިރާއިން ދެޤައުމުގެ އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މޯދީ ވަނީ 2023 ވަނަ އަހަރު ދެ ގައުމުގެ ޑިޕްލޮމެޓިކް […]

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އޮނަރަބަލް ޝަރލީ އަޔޯކޯ ބޮޗްވޭއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދުގެ މި ބައްދަލުވުމުގައި، މުހިންމު ދާއިރާތަކުން ދިވެހިރާއްޖެއަށް ކޮމަންވެލްތުން ދެއްވާ އެހީތެރިކަން ވެދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ސެކްރެޓަރީ ޖެނެރަލް ވަނީ ތަކުރާރުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ބައިނަލްއަޤްވާމީ މަސްރަޙުގައި، ތަރައްޤީވަމުންއަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި އިސްކަންދޭ ކަންކަމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އަދާކުރަމުންދާ ލީޑަރޝިޕްގެ ދައުރު ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި 2040 ވަނަ […]

ދެކުނުގެ ގައުމުތަަކަށް ވަކާލާތު ކުރަނީ

އިންޑިއާ ދަނީ މޫސުމީ ގެއްލުންތައް ކުޑަކޮށްދޭން ވަކާލާތު ކުރާ ޗެމްޕިއަނެއްގެ ގޮތުގައި ދުނިޔެއަށް ފެންނަމުންނެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ދުނިޔޭގެ ދެކުނު ބިތުގެ ގައުމުތަކުގެ ބޭނުންތަކަށް ވަކާލާތުކުރަމުންދާ ގައުމެއްކަމަށްވެސް ފާހަގަ ވެގެން ދެއެވެ. ޖީ20 ގެ ރިޔާސީ ދައުރުގެ ބޭނުން ހިފައިގެން، އިންޑިއާއިން ދަނީ މޫސުމާ ބެހޭ ހަމަހަމަ ސިޔާސަތުތަކެއް އެކުލަވާލުމަށް ވާހަކަ ދައްކައި އެކަމަށް މަސައްކަތް ކުރަމުންނެވެ. ނިއުދިއްލީން ވަކާލާތުކުރަމުންދަނީ، ދުނިޔޭއަށް ވިހަ ގޭސް ބޭރުކުރުމުގައި އިންޑިއާއާއި ދެކުނުގެ ގައުމުތަކުގެ ޙިއްޞާ ކުޑަ ނަމަވެސް، […]

މަސްވެރިކަމަށް އަމިއްލަ ބްރޭންޑެއް

މަސްވެރިކަމުގެ އުފެއްދުންތަކަށް ހާއްސަ ދިވެހިރާއްޖޭގެ އަމިއްލަ ބްރޭންޑް ”ފްރޮމް މޯލްޑިވްސް“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހު ކޮށްދެއްވައިފިއެވެ. މި ބްރޭންޑު އިފްތިތާހު ކޮށްދެއްވީ އިނގިރޭސި ވިލާތުގައި މިއަދު ބޭއްވި ޔޫކޭ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައެވެ. މިއީ ދިވެހި މަސްވެރިކަމުގެ ސިނާޢަތް ބައިނަލްއަޤްވާމީ މައިދާނުގައި ތަމްސީލުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. ފްރޮމް މޯލްޑިވްސް” ގެ މަޤްޞަދަކީ ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކާ ގުޅުވާލުމެވެ. އަދި ބައިނަލްއަގުވާމީ ވިޔަފާރީގެ ފައިދާ މުޖުތަމައަށް ކުރާނެ ކަން ކަށަވަރު […]

ޓެސްލާ އިންޑިއާގައި

ދުނިޔޭގެ މަޝްހޫރު އިލެކްޓްރިކް ކާރު އުފައްދާ ކުންފުނި ޓެސްލާ، އިންޑިއާގެ ހަލުވިކަމާއެކު ކުރިއަރަމުންދާ އިލެކްޓްރިކް އުޅަނދު (އީވީ) ގެ ބާޒާރަށް ވަނުމަށް ގިނަ ދުވަސްތަކެއް ވަންދެން ކުރަމުން ދިޔަ އިންތިޒާރަށް ނިމުމެއް ގެނެސްފިއެވެ. އެގޮތުން، އެ ކުންފުނީގެ ފުރަތަމަ ޝޯރޫމް މުމްބާއީގައި އަންގާރަ ދުވަހު ރަސްމީކޮށް ހުޅުވައިފިއެވެ. ބްލޫމްބާގް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓެސްލާގެ އުޅަނދުތައް ޑެލިވަރީ ކުރުން އަންނަ މަހުގެ ކުރީކޮޅު ފަށާނެ ކަމަށް އަންދާޒާ ކުރެވެއެވެ. މުމްބާއީގައި ހުޅުވުނު ޓެސްލާގެ ޝޯރޫމުން އަންނަ ހަފްތާގައިވެސް […]

އިންޑިއާގެ ސެމީކޮންޑަކްޓަރ އުފެއްދުން

އިންޑިއާގެ ސެމީކޮންޑަކްޓަރ އުފެއްދުމުގެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނެކަން ޖަޕާނުން އަލުން ކަށަވަރުކޮށްދީފިއެވެ. މިކަން ކަށަވަރުކޮށްދީފައިވަނީ އިންޑިއާގައި ހުންނަވާ ޖަޕާނުގެ ސަފީރު އޮނޯ ކޭއިޗީގެ އިސްނެންގެވުމުގެ ދަށުން، ގުޖުރާތަށް ޒިޔާރަތްކުރި މަތީ ފެންވަރުގެ ވަފުދަކުންނެވެ. މި ދެދުވަހުގެ ޒިޔާރަތުގައި، ޖަޕާނުގެ 60 އަށް ވުރެ ގިނަ ވިޔަފާރި މަންދޫބުންނާއެކު ގުޖުރާތަށް ވަޑައިގެންނެވި ވަފުދުން ވަނީ ދޮލެރާ ސްޕެޝަލް އިންވެސްޓްމަންޓް ރީޖަން (އެސްއައިއާރު) އަދި ޓާޓާ އިލެކްޓްރޯނިކްސްގެ ވަސީލަތްތަކަށް ޒިޔާރަތްކޮށްފައެވެ. މި ދަތުރުގެ މައިގަނޑު މަޤްސަދަކީ އައު އީޖާދުތަކާއި […]

ޗާލްސް ތިން ވަނަ އާއި ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިން ވަނަ އާއި ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ އާއި ބައްދަލުކުރެއްވީ މިއަދު ހެނދުނު ވިންޑްސަރ ކާސްލްގައެވެ. މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. ދެބޭފުޅުންގެ މި ބައްދަލުވުން ކުރިއަށްދިޔައީ ޤައުމުތަކުގެ އެންމެ އިސްވެރިންނާއި […]