ސާދަ އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި

ފ. ނިލަންދޫއިން ސާދަ އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަންް ފަށައިފިއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިރޭ 9:15 އެހައިންކަންއިިރު ކަމަށެވެ. މިއަދު ހަވީރު ގެއިން ނުކުތް ގޮތަށް އޭނާގެ ޚަބަރެއް ނުވާކަމަށް އާއިލާއިން ވަނީ ފުލުހަށް ރިޕޯޓު ކޮށްފައެވެ. އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރަށު ކައުންސިލް ގުޅިގެން ކުރިއަށްދާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.  

ކޮންޓެންޓް ކްރިއޭޓަރުންނަށް ލުއިލޯނު ދެނީ

‏މަނިފެސްޓޯގައިވާ ވަޢުދު ތަކުގެ ތެރެއިން ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ހަމަޔަށް އައިސްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މި ލޯން ސްކީމް ގެ މަޤްޞަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށެވެ. ”މީގެތެރޭގައި، މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، އެންޓަރޓެއިންމަންޓްގެ އިތުރަށް ސޭލްސްއާއި މާކެޓިންއަށް […]

ދިވެހި ފިރިހެނަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި

މާލޭ މަޖީދީމަގުގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފިިއެވެ. ފުލުހުން ވިދާޅުވެފައިވަނީ މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. މިމައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ރޭ ފަތިހު 5:15 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަނިޔާވި މީހާއަށް މިހާރު ދަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ކަަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ވަނީ މިމައްސަލަ ތަހުގީގު ކުރަން ފަށައިފައެވެ.

ރައީސް ގަތަރަށް ފުރާވަޑައިގެންފި

ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޤަޠަރަށް ފުރާވަޑައިގަންނަވައިފިއެވެ. މި ސަމިޓް ކުރިއަށްދާނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ކަމަށް ރައީސް އޮފީިހުން ވަނީ ވިދާޅުވެފައެވެ. މިއީ މި ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު ޤަޠަރުގެ ވެރިރަށް ދޯހާއަށް އިޒްރޭލުން ދިން ޙަމަލާއާ ގުޅިގެން ބާއްވާ ސަމިޓެކެވެ. މި ސަމިޓުގަައި ރައީސުލްޖުމްހޫރިއްޔާ ބަޔާނެއް އިއްވަވާނޭ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. […]

މީޑިއާ ފެންޑާ އުވާލައިފި

ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް މީޑިއާ ފެންޑާގެ ބޭނުން ހިފަމުން ނުދާތީ، މިއަދުން ފެށިގެން، އެ ފެންޑާ އުވާލައްވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. މި ފެންޑާއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަޙައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ހޯދައި، މީޑިއާ ކަވަރޭޖް ހަދަން ނޫސްވެރީން ތިބުމަށް ޚާއްޞަކޮށްގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި ހެދިތަނެކެވެ. އެތަން ހުޅުވާފައިވަނީ ވަނީ 2025 ވަނަ އަހަރު މެއި 29 އެވެ. ހުޅުވިފަހުން ފާއިތުވި ދުވަސްތަކުގައި ވެސް އެތަން […]

ރާޖަގިރި ހޮސްޕިޓަލުގެ ޓެލެމެޑިސިން ރާއްޖޭގައި ފަށައިފި

ދިވެހީންގެ ތެރޭގައި މަޝްހޫރު އިންޑިއާގެ ހޮސްޕިޓަލެއް ކަމަށްވާ ރާޖަގިރި ހޮސްޕިޓަލުގެ ޓެލެމެޑިސިންގެ ޚިދުމަތް ރާއްޖޭގައި ފަށައިފިއެވެ. މިއި ޚިދުމަތަކީ އެ ހޮސްޕިޓަލާއި ރާއްޖޭގެ އައިލެންޑު ކޯ ސޮލިޔުޝަން ގުޅިގެން ފަށައިފައިވާ ޚިދުމަތެކެވެ. ޓެލެމެޑިސިންއަކީ، އިލެކްޓްރޯނިކް އޯޑިއޯ އަދި ވިޝުއަލް ވަސީލަތްތައް ބޭނުންކޮށްގެން، ބަލިމީހާއާއި ސިއްހީ ހިދުމަތްދޭ ފަރާތާ ދެމެދު ރިއަލް ޓައިމް ޓޫ-ވޭ ކޮމިއުނިކޭޝަން މެދުވެރިކޮށް، ރިމޯޓް ކްލިނިކަލް ހިދުމަތްތައްގެ ގޮތުގައި  ފޯރުކޮށްދެވޭ ޚިދުމަތެކެވެ. ޓެލެމެޑިސިންގެ ފަސޭހަކަން ޕްރައިމަރީ ކެއާގައި ޓެލެމެޑިސިން އާންމުކޮށް ހުންނަނީ ފޯނު ކޯލްގެ […]

މާފުށީ ޖަލުން ތެއްތިރީސް ފޯން ހޯދައިފި

ސެޕްޓެމްބަރު 11 ވަނަ ދުވަހު މާފުށީ ޖަލުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެކި ބްރޭންޑްތަކުގެ 33 މޯބައިލް ފޯނާއި، އިއަރޕޮޑް، ހެޑްސެޓް، ފޯނު ޗާޖުކުރާ ކޭބަލް، އަދި ސިމްކާޑު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިއީ ފުލުހަށް ހުށަހެޅޭ ސްކޭމް މައްސަލަތަކާ ގުޅިގެން ކުރެވުނު ތަހުގީގު ތަކުން، މާފުށީ ޖަލުގައި ބަންދުކުރެވިފައި ތިބޭ ގައިދީން ބައިވެރިވާކަން ފާހަގަކުރެވިފައިވާތީ ހިންގި އޮޕަރޭޝަނެކެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ސްކޭމް މަދުކުރުމަށްޓަކައި ފަށާފައިވާ […]