އިސްރާއީލުން ޤަޠަރަށް ދިން ހަމަލާއަކީ، އިސްތިޤުލާލަށް އަރައިގަތުން: ރައީސް

އިސްރާއީލުން ޤަޠަރަށް ދިން ހަމަލާއަކީ އެ ޤައުމުގެ އިސްތިޤުލާލަށް އަރައިގަތުންކަމަށާއި، އެއީ ޢަރަބި އަދި އިސްލާމީ އެންމެހައި ޤައުމުތަކުގެ ކަރާމާތް ނަގާލުމަށް ދިން ހަމަލާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޤަޠަރުގެ ވެރިރަށް ދޯހާގައި މިހާރު ކުރިއަށްދާ ޢަރަބި – އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެ ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށާއި، އެއީ ސީދާ ސުލްޙައަށް ދިން ހަމަލާއެއްކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. ޣައްޒާގެ މައްސަލައަށް ސުލްޙަވެރި ހައްލެއް […]
މީޑިއާ އެންޑް ބްރޯޑްކާސްޓިން ބިލް ކޮމިޓީން ފާސްކޮށްފި

ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖު ކުރަމުންދަނިކޮށް ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު“ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ. ކޮމިޓީން ބިލް ފާސްކުރީ އެ ކޮމިޓީ ބައްދަލުވުން އަޑުއަހަންވަދެތިބި ނޫސްވެރިން، ބިލް ފާސްނުކުރަން ގޮވައި، އަޑުގަދަކޮށް އިހުތިޖާޖު ކުރަމުން ދަނިކޮށެވެ. ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލަށް ކޮމިޓީން 72 އިސްލާހެއް ހުށަހެޅިއެވެ. މި އިސްލާހުތައް ހުށަހެޅީ، ކޮމިޓީގެ ނާއިބު މުގައްރިރު ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. […]
މީޑިއާ އެންޑް ބްރޯޑްކާސްޓިން ބިލް ފާސްކުރަން މާދަމާ ޖަލްސާއެއް ބާއްވަނީ

ނޫސްވެރިންގެ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖުކުރަމުން ދަނިކޮށް، ދައުރުން ބޭރުން މަޖިލީހަށް ބަަލައިގަނެފައިވާ ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު“ ފާސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ނިންމައިފިއެވެ. މަޖިލިސް އިދާރާއިން ބުނީ މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ (ރ)ގެ ދަށުން ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށްއެދި ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ. ގަވާއިދުގެ 45 ވަނަ މާއްދާގެ (ރ) ގައި ބުނަނީ، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ނުވަތަ ޖަލްސާތަކެއްބާއްވަން […]
ވަޅިއެއް ޖަހައިގެން މަރުވެފައި އޮތް މީހަކު ގެއެއްގެ ތެެރެއިން ފެނިއްޖެ

ކަރަށް ވަޅިއެއް ޖަހައިގެން މަރުވެފައި އޮތް މީހަކު މާލޭގެ ގެއެއްގެ ތެރެއިން މިއަދު ފެނިއްޖެއެވެ. މިކަން ފުލުހުން ވަނީ ޔަގީންކޮށްދީފައެވެ. މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މަރުވެފައި އޮއްވާ ފެނުނު މީހާގެ މައްސަލައިގައި ޖިނާއީ ތުހުމަތެއް ކުރެވޭ އެއްވެސް ކަމެއް މިހާތަނަށް ފާހަގަ ކުރެވިފައިނުވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ކަރަށް އޮތީ ވަޅިއެއް ހަރާލާފަ އެވެ. މިހާތަނަށް އެނގިފައިވާގޮތުގައި، އެމީހާ މަރުވެފައި އޮއްވާ ފެނުނީ ތަޅުލާފައި ހުރި ތަނަކުންނެވެ. ފުލުހުން […]
ސީއެސްސީގެ ރައީސް އާއި ނާއިބު ރައީސަށް ކޮމިޓީން ރުހުންދީފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ގޮތަށް، ސިވިލްސާވިސް ކޮމިޝަން (ސީއެއްސީގެ) ރައީސްކަމުގެ މަގާމާއި ނާއިބު ރައީސްކަމުގެ މަގާމަށް ބޭފުޅުން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު މއ. ސިގްމާ/ މުހައްމަދު މުޖުތާޒް، ނައިބު ރައީސްކަމުގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު މުހައްމަދު ނާސިހު އައްޔަން ކުރުމަށެވެ. އެ ބޭފުޅުން އެމަގާމުތަކަށް އައްޔަން ކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ […]
ނޫސްވެރިންގެ ޕެޓިޝަން، ބިލް ދިރާސާކުރާ ކޮމިޓީއަށް

”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު“ ގައިހުރި ކަންބޮޑުވުންތައް ފާޅުކޮށް، ނޫސްވެރިންތަކެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ޕެޓިޝަންގައި ހިމެނޭ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށްފައިވޭތޯބަލަން، އެ ޕެޓިޝަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ. އެ ބިލް ދިރާސާކުރަމުންދަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ. ބިލުގައިވާ ކަންބޮޑުވުންތައް ފާޅުކޮށް، ނޫސްވެރިން މަޖިލީހަށް ފޮނުވި ޕެޓިޝަން، މިނިވަން މުއައްސަސާތަކާބެހޭ ކޮމީޓީއަށް ފޮނުވަން ފާސްކުރި މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ބޭއްވި ބައްދަލުވުމުގައެވެ. ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ޕެޓިޝަންގައި ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށްފައިވޭތޯބަލަން، ހުށަހެޅުއްވީ، […]
ނިލަންދޫން ގެއްލުނު ކުއްޖާ ފެނިއްޖެ

ފ. ނިލަންދޫއިން ގެއްލިގެން ހޯދަމުންދިޔަ ސާދަ އަހަރުގެ އަންހެން ކުއްޖާ ރޭ ދަންވަރު ފެނިއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެކުއްޖާ ފެނިފައިވަނީ ރޭ ދަންވަރު 2:40 އެހައިކަންހާއިރު ކަމަށެވެ. އޭނާ ފެނުނީ ކޮންތާކުން ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ. ފެނުނުއިރު ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ރޭ 9:15 އެހައިންކަންއިރު ކަމަށެވެ. އޭނާ ހޯދަން ފެށީ އިއްޔެ ހަވީރު ގެއިން ނުކުތް ގޮތަށް ޚަބަރެއް ނުވާކަމަށް […]
