އިހުތިޖާޖު ކުރަމުންދަނިކޮށް މަޖިލީހުން ވެސް ބިލު ފާސްކޮށްފި

”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު“ ބޭރުކޮށްލަން ގޮވާލައި، މަޖިލިސް ތެރޭގައި އެމްޑީޕީ މެންބަރުން، މަޖިލިސް ބޭރުގައި ނޫސްވެރިންނާއި އާންމުން އިހުތިޖާޖު ކުރަމުން ދަނިކޮށް އެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. އެ ބިލު ފާސްކުރީ ދައުރުން ބޭރުން މިއަދު ހަވީރު ބޭއްވި ޖަލްސާގައެވެ. ޖަލްސާއަށް ހާޒިރުވެ އިދިކޮޅު ފަރާތްތަކުން ރިޔާސަތުގެ ކުރިމަތީ ބެނާތައް ހިފައިގެން ތިބެ އިހުތިޖާޖު ކުރިއެވެ. އަދި ކޮމިޓީ ރިޕޯޓު ހުށަހަޅަމުން ދިޔަ ވަގުތުވެސް އަޑުގަދަކޮށްފައިވެއެވެ. ނަން އިއްވުމަށްފަހު އިދިކޮޅު ހަ […]

މަޖިލިސް ދޮށުގައި ނޫސްވެރިން މުޒާހަރާ ކުރަނީ

”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު“ ރައްޔިތުންގެ މަޖިލީހުން ބޭރުކުރަން ގޮވާލައި މަޖިލިސް އިދާރާކައިރީގައި މިިއަދު ހެނދުނުންފެށިގެން ނޫސްވެރިން އިހުތިޖާޖު ކުރަމުން އެބަދެއެވެ. މި އިހުތިޖާޖުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ނޫސްވެރިން ގޮވަމުންދަނީ އެ ބިލުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރައް އަޅާކަމަށާއި، ނޫސްމަޖައްލާ ތަކާއި ނޫސްވެރިންނަށް ބޮޑެތި އަދަބުތަކާއި ޖޫރިމަނާތައް ކަނޑައަޅާފައިވާކަމަށެވެ. އަދި އެ ބިލަކީ ސަރުކާރު ޖަވާބުދާރީ ކުރުމަށް ހުރަސްއަޅާ ބިލެއް ކަމަށާއި، އެ ބިލް ފާސްވެއްޖެނަމަ ދައުލަތް ޒިންމާދާރު ކުރުވަން ނޫސްވެރިން ކުރަމުން އަންނަ […]

ނޫސްވެރިންގެ ޕެޓިޝަން އިތުރަށް ކުރިއަށް ނުގެންދަން ނިންމައިފި

”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު“ މަޖިލީހުން ބިލް ބޭރުކުރުމަށް އެދި ނޫސްވެރިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަން، އިތުރަށް ކުރިއަށް ނުގެންދަން ޕެޓިޝަން ކޮމިޓީން ނިންމައިފިއެވެ. ޕެޓިޝަނާބެހޭ ގޮތުން ގޮތެއް ނިންމުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ގައްދޫ ދާއިރާގެ މެންބަރު މުހައްމައު އަލީ ވިދާޅުވީ، ޕެޓިޝަންގައި ނޫސްވެރިން ފާހަގަ ކޮށްފައިވާ، ފަސްނުކުތާގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމުގެ ޔަގީންކަން މިނިވަން މުއަައްސަސާތަކުގެ ކޮމިޓީން ދީފައިވާކަމަށެވެ. ޕެޓިޝަންގައި އެ ބިލް މަޖިލީހުން […]

ނޫސްވެރީންގެ ކަންބޮޑުވުންތައް އަޑު އަހައި ބިލް ބޭރުކުރަންޖެހޭ: އިބޫ

ރައްޔިތުންގެ މަޖިލީހުން ފާސްކުރަން މިހާރު ތައްޔާރުވަމުން ގެންދާ ”މީޑިއާ ކޮންޓްރޯލް“ ބިލް ފާސްނުކޮށް މަޖިލީހުން ބޭރު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު އިލްތިމާސް ކުރައްވައިފިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ މިހާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ތައްޔާރުވަމުންދާ މީޑިއާ ކޮންޓްރޯލު ބިލުގައި ނޫސްވެރިންގެ ގިނަ ކޮންބޮޑުވުންތަކެއް ހުރިކަން މިހާރުވެސް ދަނީ ފާޅުކުރަމުން ކަމަށެވެ. ”އަޅުގަނޑުގެ އިލްތިމާސަކީ ނޫސްވެރިންގެ އެ ކަންބޮޑުވުންތައް އަޑުއައްސަވާ މި ބިލު މަޖިލީހުން ބޭރުކޮށްދެއްވުން،“ އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ގަޑިއާއި އެޖެންޑާ އާއްމު ނުކޮށް މަޖިލިސް ރައީސް ޕާކިސްތާނަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވަން ނިންމެވުމަށްފަހު، ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނުގެ އިސްލާމްއާބާދަށް މިއަދު ފުރާވަޑައިގަންނަވައިފިއެވެ. މަޖިލިސް ޖަލްސާއެއް މިއަދު ބާއްވަން ނިންމެވި ނަމަވެސް، އެ ޖަލްސާ ބާއްވާނެ ގަޑިއެއް، އަދި އެެޖެންޑާއެއް މިހާތަނަށް އާއްމު ކޮށްފައެއްނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ، މިމަހުގެ 16 އިން 20 އަށް މަޖިލިސް ރައީސް ޕާކިސްތާނަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު، […]

ކަފިހި ހުރަސް މަތީގައި ޕާކްކޮށްފައި ހުންނަ އުޅަނދުފަހަރު ނަގަން ފަށައިފި

ކަފިހި ހުރަސް މަތީގައި ޕާކްކޮށްފައި ހުންނަ އުޅަނދުފަހަރު ޓޯކުރަން ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުންވިދާޅުވީ މާލެސިޓީގެ މަގުތަކުގައި އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް، ޚާއްސަކޮށް ކަފިހި ހުރަސް މަތީގައި ޕާކްކޮށްފައި ހުންނަ އުޅަނދު ޓޯކުރުމުގެ މަސައްކަތްތަކެއް ފުލުހުން ފަށާފައިވާ ކަމަށެވެ. އުޅަނދު ޕާކްކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕާކިންގ ޒޯންތަކުގައި ޕާކްކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އާންމު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް […]

އެގާރަ ބިދޭސީއަކު އަތުލައިގެންފި

ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 11 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި ކަމަށް އެ އިދާރާއިން ބުނެފިއެވެ. އެމީހުން އަތުލައިގަތީ ހީނާމާގޭ ޕާކިން ސަރަޙައްދުންނެވެ. މި ބިދޭސީން ހައްޔަރުކޮށްފައިވަނީ މިމަހު ސާދަވަނަދުވަހު އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި ޖުމްލަ 19 ބިދޭސީން ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިއަ 11 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ. މީގެ ތެރޭގައި ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ ކަމަށް ރިޕޯޓުކޮށްފައިވާ މީހަކު […]