ބައިނަލްއަގުވާމީ މައިދާނުގައި އިސްރާއީލު ބާކީވެގެންދާނެ: ރައީސް

ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އެހީގެ ސާމާނު ހިފައިގެން ދަތުރުކުރަމުންދިޔަ ގްލޯބަލް ޞުމޫދު ފްލޯޓިއްލާއަށް، އިސްރާއީލުން ހަމަލާދީ ހުރަސްއެޅުމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކަން ކުށްވެރިކުރައްވައިފިއެވެ. ރައީސްގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައި، ވިދާޅުވެފައިވަނީ އިޒްރޭލުގެ އެ ހަމަލާއަކީ ބިރުދެއްކުމުގެ ހަމަލާއެއް ކަމަށެވެ. އެހެން ކަމުން އެކަން ބަލައިނުގަނެވޭނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އިންތިހާއަށް އެހީއަށް ބޭނުންވެފައިވާ ޣައްޒާގެ ރައްޔިތުންނަށް އެހީގެ ސާމާނު ހިފައިގެން ދަތުރުކުރަމުންދިޔަ މަދަނީ ބަޔަކަށް ހަމަލާދީ، ހިސާރުކުރުމަކީ އިންސާނިއްޔަތާ […]
