ފަސް ހަފުތާތެރޭ ހުރިހާ ބިލްތަކަށް ފައިސާ ދައްކައި ނިމޭނެ: ރައީސް

ދިވެހި ވިޔަފާރިތައް މެދުވެރިކޮށް މަސައްކަތް ކުރުވުމަށްފަހު ފައިސާ ނުދީހުރި ހުރިހާ ބިލްތަކަށް ކުރިއަށްއޮތް ފަސް ހަފްތާތެރޭގައި ފައިސާދައްކައި ނިމޭނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ 17 ނޮވެމްބަރު 2023 ގައި އެމަނިކުފާނު ސަރުކާރު ހިންގެވުމާ ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައްހާސް ބިލުތައް ހިމެނޭ ކަމަށެވެ. އެހެންކަމުން ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ […]

ތަރައްގީއަށް ލޯބިކުރާ ގިނަމީހުން ތިބީ ރައީސާ އެކު: އާދަމް ޝަރީފް

ގައުމަށް ހެޔޮއެދޭ އަދި ތަރައްގީ ފިކުރަށް ލޯބިކުރާ ރައްޔިތުންގެ ތެރެއިން ގިނަ މީހުން ތިބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝާރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރޭ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާއާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ވިދާޅުވެފައި ވަނީ ގައުމަށް ހެޔޮއެދޭ އަދި ތަރައްގީގެ ފިކުރަށް ލޯބިކުރާ ގިނަ ރައްޔިތުން ތިބީ ރައީސާއެކުގައިކަން […]

ރަށްރަށުން އެތައްސަތޭކަ ބަޔަކު މުޒާހަރާގައި ބައިވެރިވާނެ: ފައްޔާޒު

މާދަމާރޭ މާލޭގައި އެމްޑީޕީން ބާއްވާ ”ލޫޓުވައިފި ލޫޓުވައިފި“ މުޒާހަރާގައި ބައިވެރިވުމަށް ރަށްރަށުން އެތައްސަތޭކަބަޔަކު މާލެއައިސް މުޒާހަރާގައި ބައިވެރިވާނޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ފުނޑިފައިވާ ވަގުތެއްގައި މިފަދަ މުޒާހަރާއަކަށް ރަށްރަށުން އައުމަށް ގޮންޖެހުންތަކެއް ހުންނާނޭ ކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވަން ރަށްރަށުން މީހުން އަންނާނޭ ކަމަށެވެ. މާދަމާރޭގެ އެއްވުމުގައި އެމްޑީޕީއާއެކު އަދާލަތު ޕާޓީވެސް ނުކުންނާނެއެވެ. ފައްޔާޒު ވިދާޅުވީ މިހަރަކާތުގައި ބައިވެރިވުމުގެ […]

މަރާމާތަށްފަހު އުމަރުގެ ސަބްމެރިން އޮޕަރޭޝަނަން

ގާތްގަނޑަކަށް 45 ދުވަހުގެ މަރާމާތަކަށްފަހު އުމަރު ނަސީރުގެ ވޭލް ސަބްމެރިން އަލުން އޮޕަރޭޝަނަން ނެރެފިއެވެ. ފަސިންޖަރ ސަބްމެރިންގެ ޚާއްސަ މަރާމާތަށްފަހު އަލުން ޚިދުމަތަށް މިނެރުނީ ކުރަންޖެހޭ ޓެސްޓުތަށް ވެސް ކޮށް ނިންމުމަށްފަހު ކަމަށް ސަބްމެރިން ހިންގާ ކުންފުނީން ވަނީ ބުނެފައެވެ. ރާއްޖޭގައި މި ސަބްމެރިން އޮޕަރޭޓު ކުރާތާ މިހާރު ފަންސަވީސް އަހަރު ވަނީއެވެ. މިދުވަސްތަކުގައި އިކޮނޮމީ ދަށްވެގެން ވަރަށްބޮޑަށް ކުންފުންޏަށް ގެއްލުންވި ދުވަސްތަކެއްވެސް ވަނީ ހޭދަކޮށްފައެވެ. ޚާއްސަކޮށް ކޮވިޑުގެ ހައްސާސް ދަނޑިވަޅުގައި މިމައްސަލަ ވަރަށް ބޮޑަށް ދިމާވިއެވެ. […]

”ލޫޓުވައިފި“ އެއްވުމުގައި އެމްޑީޕީއާއެކު އަދާލަތުން ބައިވެރިވަނީ

އިދިކޮޅު އެމްޑީޕީން އިސް ނަގައިގެން މާދަމާރޭ މާލޭގައި ބާއްވާ ”ލޫޓުވައިފި ލޫޓުވައިފި“ މުޒާހަރާގައި ބައިވެރިވާނެކަން އަދާލަތު ޕާޓީން ރަސްމީކޮށް އިއުލާނުކޮށްފި އެވެ. އަދާލަތު ޕާޓީއާއި އެމްޑީޕީ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް އެކަށީގެންވާ މުއްދަތު ދެވިއްޖެ ކަމަށެވެ. ނަމަވެސް ވެރިކަމުގެ ދައުރު ދެބައިވާން ދާއިރު ގައުމުގެ ހާލަތު ބޮއްސުންލައިގެން ގޮސްފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ. އެހެންކަމުން މި ހާލަތުގައި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރެވޭނެ ހަމައެކަނި […]

ވައްޑެއަށް ސްޓޭޓް މިނިސްޓަރުކަން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފް ޕާޓީން، ސަރުކާރު ހިންގާ ޕީއެންސީއަށް ބަދަލުވި މުހައްމަދު އަހުމަދު ވަހީދު (ވައްޑެ) އަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފިއެވެ. މީގެކުރިން ވައްޑެ ވަނީ ޕީއެންއެފްގެ ޖަލްސާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ވާހަކަ ދައްކަވައިފައެވެ. ނަމަވެސް މިދިޔަ މަހު އޭނާ ވަނީ ރައީސާއި ފަސްޓް ލޭޑީގެ ކިބައިން މާފަށް އެދުމަށް ފަހު، ޕީއެންސީ އަށް ސޮއި ކޮށްފައެވެ. […]

”ލޫޓުވައިފި ލޫޓުވައިފި“ އެއްވުމުގައި ބައިވެރިވުމަކީ، ކޮރަޕްޝަން ދިފާއުކުރުން: ފަލާހު

”ލޫޓުވައިފި ލޫޓުވައިފި“ ގެ ނަމުގައި މާދަމާރޭ އިދިކޮޅު އެމްޑީޕީން ބާއްވާ އެއްވުމުގައި ބައިވެރިވުމަކީ، ކޮރަޕްޝަން ދިފާއުކުރުން ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ. އޮޑިޓާ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުން އަވަސްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ފެނަކަ ހިޔާނާތަކީ […]

ޔަހޫދީން ކަނޑު ފޭރިގެންފި

ޣައްޒާއަށް އިންސާނީ އެހީ ގެންދިޔަ ”ސުމޫދު ފްލޮޓިލާ“ އާ ދެކޮޅަށް އިސްރާއީލުން އަމަލުކުރި ގޮތާމެދު އިނގިރޭސި ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި މިކަމުގައި އިނގިރޭސި ރައްޔިތުންތަކެއް ހިމެނޭކަމަށް ބުނެ، އެ މައްސަލަ ރައްކާތެރިކަމާއެކު ހައްލުކުރުމަށް އިސްރާއީލުގެ އިދާރާތަކަށް އިނގިރޭސި ސަރުކާރުން ގޮވާލާފައިވެއެވެ. ބްރިޓިޝް ފޮރިން އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސުމޫދު ފްލޮޓިލާގެ މައްސަލައިގައި ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި، މި މައްސަލައިގައި ހިމެނޭ ބްރިޓިޝް ރައްޔިތުންގެ އާއިލާތަކާއެކު މުވާސަލާތީ ގުޅުން ބަހައްޓަމުންދާ ކަމަށެވެ. އިސްރާއީލު […]

ސަރުކާރު މަގުމަތިން ޖަވާބުދާރީ ކުރުވަން މާދަން ނުކުމޭ: ދާންދޫ ރައީސް

މިހާރު ރާއްޖޭގެ ވެރިކަމުގައި ތިއްބެވި ބޭފުޅުން ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު ރައްޔިތުންނަށް ގެއްލުމާއި ހަލާކާއި އަނިޔާ ލިބޭ ކަމަށް ދާންދޫދާއިރާގެ އެމްޑީޕީގެ ރައީސް ޣާލިބު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވެފައިވަނީ މިވެރިކަމުގައި މިހާތަނަށް އައިއިރު ތަކެތީގެ އަގު އުފުލި ދިރިއުޅެން އުދަގޫވާ ހިސާބަށް ހިނގައްޖެ ކަމަށެވެ. ”ވިޔަފާރިތައް ފުނޑި، ލާމަރުކަޒީ ނިޒާމް އޮޅާލައިފި. ޖުޑިޝަރީގެ މިނިވަންކަން ނަގާލައިފި،“ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މިނިވަން މުއައްސަސާތަކުގައި ތަޅުއަޅުވައިފިކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާގެ […]

އައްރަޝީދު މަގު ބަންދުކޮށްފި

އިސްރާއީލުގެ ޓެރަރިސްޓް ސިފައިން ވަނީ ޣައްޒާގެ ދެކުނުން އުތުރަށް ދަތުރުކުރުމަށް ބޭނުންކުރާ މަގު ކަމުގައިވާ އައްރަޝީދު މަގު ބަންދުކުރުމަށް ނިންމާފައެވެ. މިއީ ޣައްޒާގައި މީހުން އެއްކޮޅުން އަނެއް ކޮޅަށް ހިނގުމަށް މިހާރު ހުޅުވިފައި އޮތް ހަމައެކަނި މަގެވެ. މިއީ ޣައްޒާ ސިޓީއަށް ޔަހޫދީ ޓެރަރިސްޓުން  ދެމުންގެންދާ ހަމަލާތައް އިތުރަށް ހަރުކަށިކުރަމުންދާ ދަނޑިވަޅެއްގައި އަޅާފައިވާ ފިޔަވަޅެކެވެ. ޔަހޫދީ ސިފައިންގެ އަރަބި ބަހުގެ ތަރުޖަމާން އަވީހައި އަދްރައީ ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައި، އައްރަޝީދު މަގު މިއަދު މެންދުރު 12:00 […]