ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ ބޭފުޅުން އައްޔަން ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ބޭފުޅުންނާމެދު، އާއްމުންގެ ޝަކުވާއެއް އޮތްނަމަ ހުށަހަޅަން ހުޅުވާލައިފިއެވެ. މިއަދު އޮތް ރައްޔިތުންގެ މަޖިލީހުެގ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމގައި، އެބެފުޅުންނާމެދު ޝަކުވާއެއް އޮތްނަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ ހަތެއްވާ އަންގާރަ ދުވަހުގެ 12:00 ނިޔަލަށްދޭން ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ކޮމިޓީން އެގޮތަށް ފާސްކުރުމާ ގުޅިގެން، އެ ބޭފުޅުންނާމެދު ޝަކުވާއެއް އޮތްނަމަ ޖުޑިޝަރީ ކޮމިޓީގެ […]

އުޖާލާ ކުރިމަގެއް ހޯދައިދިނުމުގެ ބާރު އޮތީ މުދައްރިސުންނަށް: ރައީސް

ރާއްޖެއަށް އުޖާލާ ކުރިމަގެއް ހޯދައިދިނުމުގެ އެންމެ ބޮޑު ދައުރަކާއި ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވަނީ ދުވަހުގެ ތަހުނިޔާ ހުރިހާ މުދައްރިސުންނަށް ފޮނުއްވާފައެވެ. މުދައްރިސުންގެ ހިދުމަތަކީ މާއްދީ އެއްވެސް އެއްޗަކުން އަގުނުކުރެވޭނެ، ގަދަރުވެރި އަދި ފަހުރުވެރި ހިދުމަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މުދައްރިސުންގެ ބުރަ […]

ހެޔޮ ސިފަތައް ވާރުތަކޮށްދިނުމަށް މަސައްކަތްކުރަނީ މުދައްރިސުން

މުދައްރިސުންނަކީ ގައުމު ބިނާކުރުމުގެ މޭސްތިރިންކަމަށާއި، އަންނަން އޮތް ޖީލުތަކަށް ހުނަރާއި ރިވެތި ހުލްގާއި އެންމެހާ ހެޔޮ ސިފަތައް ވާރުތަކޮށްދިނުމަށް އެންމެ ބުރަކޮށް މަސައްކަތްކުރާ ބަޔަކީ މުދައްރިސުންކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުންދާ މުދައްރިފުންގެ ދުވަހުގެ މނާސަބަތުގައި، ފޮނުއްވެވި ވީޑިއޯ މެސެޖްގައެވެ. މިނިސްތަރު ވިދާޅުވީ، މުދައްރިސުންނަކީ ގުޅިގެން މަސައްކަތްކޮށް މުދައްރިސްކަމުގެ ފަންނު އިތުރަށް ކުރިއަރުވައި އުނގަންނައިދިނުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭކަމަށެވެ. މިއަހަރުގެ މުދައްރިސުން ދުވަހުގެ ޝިއާރަކީ […]

ސަވައިލެންސް ވިޔަފާރި

އައު ލީކްވެފައިވާ ލިޔެކިޔުންތަކުން ދައްކަނީ ޗައިނާގައި ރައްޔިތުންނަށް ފާރަލާ، ސަވެއިލަންސް-އިންޑަސްޓްރިއަލް ކޮމްޕްލެކްސްގެ ފުޅާ ދާއިރާއެއްގެ މަޢުލޫމާތު ބޭޒާރު ވެފައިވާ ކަމަށެވެ. މި ނިޒާމަކީ ޚުދުމުޚުތާރު ގޮތްގޮތަށް ކޮންޓްރޯލް ކުރުމާއި ވިޔަފާރީގެ އަމާޒު އެއްކޮށްލެވިފައިވާ ނިޒާމެކެވެ. ގީޖް ނެޓްވާރކްސް އަދި ގޯލެކްސީ ކުންފުނިތަކުގެ 500ޖީބީ އަށްވުރެ ގިނަ އިންޓަރނަލް ފައިލްތަކުން ބޭޒާރު ވެފައި ވަނީ މި ކުންފުނިތަކުން އުފައްދާ ސެންސަރޝިޕް އަދި ޕްރޮޕެގެންޑާ ޓެކްނޮލޮޖީތައް އެގައުމުގައި ބޭނުންކުރުމުގެ އިތުރުން ބެލްޓް އެންޑް ރޯޑް އިނީޝިއެޓިވްގެ ދަށުން އެހެން ގައުމުތަކަށް […]

އިންޑިއާ އިނގިރޭސިވިލާތް

އިނގިިރޭސި ބޮޑުވަޒީރު ކީއެރ ސްޓާމަރ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދަޢުވަތަކަށް އޮކްޓޯބަރު 8 ން 9 އަށް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެއެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި އެކުލަވާލާފައިވާ ”ވިޝަން 2035“ ރޯޑްމެޕްގެ ދަށުން ކުރިއަށް ގެންދެވިފައިވާ މަސައްކަތްތައް މުރާޖަޢާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރޯޑްމެޕްގައި ވިޔަފާރި، ޓެކްނޮލޮޖީ، ދިފާޢީ، މޫސުމީ ބަދަލުތައް، ސިއްޙަތު އަދި ތަޢުލީމީ ދާއިރާތަކުގައި 10 އަހަރުގެ މުއްދަތަށް އެއްބާރުލުން ހިމެނެއެވެ. އަދި މުންބާއީގައި ވިޔަފާރިވެރިންނާއި އިންޑަސްޓްރީގެ […]

ޑިޖިޓަލް މޮނިޓަރިންގ

އެމްނެސްޓީ އިންޓަނޭޝަނަލްގެ އެންމެ ފަހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޕާކިސްތާން ސަރުކާރުން ވަނީ އެ ގައުމުގެ ޑިޖިޓަލް މޮނިޓަރިންގގެ ނިޒާމު ފުޅާކޮށްފައެވެ. މި ގޮތުން ޗައިނާގެ ގީޖް ނެޓްވާރކް އަދި ޖަރުމަނުގެ އުޓިމާކޯ ފަދަ ބޭރުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން މިހާރު 4 މިލިއަނަށްވުރެ ގިނަ ރައްޔިތުންގެ ޑޭޓާއާއި މުވާސަލާތަށް ފާރަލަމުން ދެއެވެ. ޕާކިސްތާނު ސަރުކާރުން ބޭނުންކުރާ މައިގަނޑު ދެ ނިޒާމަކީ ނެޝަނަލް ފަޔަރވޯލްގެ ގޮތުގައި ބޭނުންކުރާ ”ޑަބްލިއުއެމްއެސް 2.0“ އަދި މާސް ސަރވެއިލަންސް ޕްލެޓްފޯމް ”އެލްއައިއެމްއެސް“ އެވެ. […]

ޖައްވުގައި ހަދާ ސެންޓަރު

ކުރިއަށް އޮތް 10 އިން 20 އަހަރުގެ ތެރޭގައި ޖައްވުގައި ޖިގަވޮޓްގެ މާސިންގާ ޑޭޓާ ސެންޓަރުތައް ބިނާކުރެވޭނެ ކަމަށް އެމެޒޯންގެ ބާނީއާއި ސީއީއޯ ޖެފް ބެޒޯސްބުނެއެވެ. އެއީ ޖައްވުގައި ދާއިމީކޮށް އިރުގެ އަވިން ހަކަތަ ލިބެން ހުންނާނެތީ ކަމަށް އޭނާ ބުނެއެވެ. އަދި، މި ޑޭޓާ ސެންޓަރުތައް ބިމުގައި ހުންނަ ޑޭޓާ ސެންޓަރުތަކަށްވުރެ ފެންވަރު ރަނގަޅުވާނެ ކަމަށް ބެޒޯސް ބުނެއެވެ. އިޓަލީގެ ޓެކްނޮލޮޖީ ވީކްގައި ފެރާރީ އަދި ސްޓެލަންޓިސްގެ ޗެއާމަން ޖޯން އެލްކަންއާ އެކު ބޭއްވި ހަވާސާ […]