ތާލިބާންގެ ޚާރިޖީ ވަޒީރު އިންޑިއާއަށް

އިންޑިއާއިން ތާލިބާނުންގެ އެކްޓިން ފޮރިން މިނިސްޓަރު މައުލަވީ އަމީރު ޚާން މުއްތަޤީ އަށް މެހުމާން ދާރީ އަދާކުރަން ނިންމާފައިވާ ކަމަށް ބުނެފި އެވެ. މިއީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ތާލިބާނުންގެ ލީޑަރަކު އިންޑިއާއަށް ވަޑައިގަންނަވާ ފުރަތަމަ ދަތުރުފުޅެވެ. އާމިރު ޚާން މުއްތަޤީ އިންޑިއާއަށް ވަޑައި ގަންނަވާނީ 9އާއި 16އާ ދެމެދު އެވެ.މިއީ ސަލާމަތީ ކައުންސިލުން ދަތިކުރުމުގެ ފިޔަވަޅުތަކަށް ދީފައިވާ ވަގުތީ ލުޔެކެވެ. މުއްތަޤީއާ ދެކޮޅަށް އދގެ ސަލާމަތީ މަޖިލީހުން އެމެރިކާއިން އިސްވެ އޮވެގެން ދަތިކޮށްފައި ވަނީ 2001 […]
އިމްރާން ޚާން ޕާޓީއަށް ކުރި ޖެއްސުން ރިޕޯޓުން ފެނޭ

ޕާކިސްތާނު ސަރުކާރުން އިމްރާން ޚާނުގެ ޕީޓީއައި ޕާޓީއަށް 2024ގެ އިންތިޚާބުގައި ގަސްތުގައި ދަތިތަކެއް ކުރިމަތިކޮށް، ޑިމޮކްރެޓިކް އުސޫލުތަކާ ޚިލާފު ގިނަ ކަންތައްތަކެއް ހިންގާފައިވާކަމަށް ބުނެ ކޮމަންވެލްތު އޮބްޒާވަރ ގްރޫޕުން ޕާކިސްތާނުގެ 2024 ވަނަ އަހަރުގެ އާންމު އިންތިޚާބާ ގުޅޭ ފައިނަލް ރިޕޯޓު ނެރެފިއެވެ. މި އިންތިޚާބުގައި ޕީޓީއައި އާ ގުޅުންހުރި މިނިވަން ކެންޑިޑޭޓުން 92 ގޮނޑި ކާމިޔާބުކުރި ނަމަވެސް، ސަރުކާރު އެކުލަވާލުމުގެ ފުރުސަތު އެ ޕާޓީއަށް ދީފައެއް ނުވާކަން ފާހަގަ ކޮށްފައި ވެއެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ މައިގަނޑު […]
ޓްރަމްޕް ދެކެ ފޫހިވާތީ އުޅަނދުގައި ނަޖިސް އުނގުޅައިފި

މަހާސާދާގަރު މަސްކުގެ ޓެސްލާއިން އުފައްދާ ޓްރަމްޕް މަރުކާގެ ޓެސްލާ ސައިބާޓްރަކެއްގައި އަންހެނަކު ނަޖިސް އުނގުޅައިފިއެވެ. މި މީހާ މި ޖަރީމާ ހިންގަނިކޮށް ކެމެރާއަށް ވަނީ އަރާފައެވެ. އޭނާއާ ސުއާލު ކުރުމުން ބުނެފައި ވަނީ ޓްރަމްޕް ދެކެ ފޫހިވާތީ ކޮށްލި ނުލަފާ ކަމެއް ކަމަށެވެ. ޖޯން އިވާންސް ބުނީ ޑޮނަލްޑް ޓްރަމްޕްގެ ނަން ޖަހައި ސޮއިކޮށްފައިވާ މަރުކާގެ އުޅަނދެއް ފެނުމުން ގޯނާއެއް ކޮށްނުލައި ނުހުރެވުނީ ކަމަށެވެ. އެމެރިކާގެ ދިދަ ކުރަހައި ޒީނަތްތެރިކޮށްފައިވާ މި އުޅަނދަކީ އެމެރިކާގެ ގައުމީވަންތަކަން ދައްކައި […]
ދިގުރަށު ރައްޔިތުންނަށް ގޯތިދޭނީ ރައްޔިތުން އެދޭގޮތަށް: ރައީސް

އދ. ދިގުރަށު ރައްޔިތުންނަށް ގޯތި ދިނުމުގެ މައްސަލަ ހައްލުކުރުމަށް، ރައްޔިތުން އެދޭގޮތަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ. އެ މަނިކުފާނު މިކަމުގެ ޔަގީންކަންދެއްވީ އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އދ. ދިގުރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހާކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށުގެ ލޭންޑް ޔޫޒް ޕްލޭނާއި އެކަމަށް ހެދިފައިވާ އުސޫލަކީ، އެންމެ ފުރިހަމައަށް ހެދިފައިވާ އެއްޗެއްނޫންކަމަށެވެ. މިހާރު ފާސްކުރެވިފައިވާ ލޭންޑް ޔޫޒް […]
މުނިފޫހިތިބާ … ހަނދާ މުޚާޠަބުކުރި ފުރަތަމަ ޅެން

”ތަރިއެއް ފަދަ ރަނުގެ ޖަރީ، އަރިއަތޮޅުން މާމިގިލީ“ މުދައްރިސް ޢަބްދުﷲ ޞާދިޤް ވިދާޅުވެދެއްވި ގޮތުގައި މި ޅެމަކީ ދިވެހި ޅެންވެރިކަމުގެ ތާރީޚީ ރެކޯޑެކެވެ. މިއީ ދިވެހި ޝާޢިރަކު އެންމެ ފުރަތަމަ ހަނދާ މުޚާޠަބުކުރެއްވި ފަހަރެވެ. މީގެ ތެރެއަށް އިތުރު ކަމެއް ޚާއްސަވެގެންވެއެވެ. އެއީ މި ޅެމުގެ ފަހު މެސެޖެވެ. މި މިސެޖަކީ ހަނދު މެދުވެރިކޮށް ވިލާގައި ލިޔެގެން ލޯބިވެރިއަކަށް ރާއްޖޭގައި ފޮނުވުނު ފުރަތަމަ މެސެޖެވެ. ފުރަތަމަ ސަލާމެވެ. ސާދާކޮށް ދަންނަވާ ނަމަ، ދިވެހިރާއްޖެއިން ސެޓެލައިޓް މެދުވެރިކޮށް ފޮނުވުނު […]
ޑްރަގް ޕޮލިސީގެ ޤައުމީ މަސައްކަތް ނޮވެމްބަރު ނިޔަލަށް ނިންމަނީ

ޑްރަގް ޕޮލިސީގެ ޤައުމީ މަސައްކަތް އަންނަ ނޮވެމްބަރު ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވެފައިވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި ޤައުމީ ސިޔާސަތު އެކުލަވާލުމަށް އެކުވެރި ދައުލަތް، އދ.އާއެކު މަސައްކަތް ކުރެވި އިނީޝިއަލް ޑްރާފްޓެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. ނަމަވެސް އެ ޖަމްޢިއްޔާއާއެކު އެކުލަވާލި ޑްރާފްޓަކީ ބައިނަލްއަގުވާމީ […]
ދަނގެތީ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތް ފަށައިފި

އދ. ދަނގެތީގައި ޢިމާރާތްކުރާ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ފަށްތަވައިދެއްވީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރެވެ. ދަނގެތީގައި ކައުންސިލް އިދާރާގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި ދަނގެއްޗަށް ވަޑައިގެން އެ ކަމަށް ޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އދ. ދަނގެތީ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތަކީ، ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތައް އަލުން އެޅުމަށް، ކޮންޓްރެކްޓަރ ފައިނޭންސް […]
އައިނު ހަދައިދިނުމަށް އަހަރަކު 3.4 މިލިޔަން ހަަދުވާނެ: ނާޒިމް

ހިލޭ ނަމްބަރު އައިނު ހަދައިނުމުގެ ހިދުމަތުގެ ދަށުން މޮންމެ އަހަރަކު އައިނު ހަދައިނުމަށް، ރިކަރަންޓް ހަރަދުގެ ގޮތުގައި 3.4 މިލިޔަން ރުފިޔާ ހަރަދުވާކަމަށް ލަފާ ކުރެވޭ ކަމަށް، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުުގެ މިއަދުގެ ޖަލްސާގައި ލިއުމުން ޖަވާބު ހޯއްދެވުމަށް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ސަރުކާރުން އައިނު ފިހާރަ ހިންގަން ފަށަން ކިހާ ފައިސާއެއް ހަރަދުވިތޯ، އާއި […]
ރައީސް މުއިއްޒު އދ. އަތޮޅަށް ފުރާ ވަޑައިގެންފި

އަރިއަތޮޅު ދެކުނުބުރީ (އދ) ގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ފުރާވަޑައިގަންނަވައިފިއެވެ. ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ މީހުން ދިރިއުޅޭ ދިހަ ރަށަކަށް ވަޑައިގަތުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އެ މަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ދަނގެއްޗަށެވެ. ދަނގެތީގެ އިތުރުން ދިއްދޫ، އޮމަދޫ، ދިގުރަށް، މާމިގިލި، މަންދޫ، ފެންފުށި، ހަންޏާމީދޫ، މަހިބަދޫ އަދި ކުނބުރުދުއަށް އެ މަނިކުފާނު ޒިޔާރަތްކުރައްވާނެ ކަމަށް ރައީސް އޮފީހުން […]
އެލްއާރުއޭޑީ ބޭނުންކުރި މައްސަލަ ބަލައެއްް ނުގަތް

މިދިޔަ ހުކުރު ދުވަހުގެރޭ އެމްޑީޕީން ބޭއްވި ”ލޫޓުވައިފި ލޫޓުވައިފި“ މުޒާހަރާއާ ދެކޮޅަށް ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ފުލުހުން ބޭނުންކުރީ ގާނޫނާހިލާފަށް ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ. މި ކުއްްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. މިކުއްލި މައްސަލަ ހުށަހަޅުއްވަމުން މީކާއީލް ވިދާޅުވީ، އެ މުޒާހަރާއަށް ހުރަސްއެޅުމަށް ފުލުހުން މެދުވެރިކޮށް އެކި ގޮތްގޮތުން މަސައްކަތްކޮށްފައިވާކަމާއި، އެއްވުމުގެ ސުލްހަވެރިކަން ގެއްލުވާލުމަށް ހާލަތާއި ނުބައްދަލު […]
