އަޅެ، ބޯ ހަމަޖެހޭ ބަޔެއްތަ؟

ނޭޕާލްގައި ދިރި ހުރި ދޭވަތާއެއް ކަމަށް އަޅުކަން ކުރަން އުމުރުން 2 އަހަރުގެ އަންހެން ކުއްޖަކު ހޮވައިފިއެވެ. އެކުއްޖާ ވަނި އޭނާގެ ގެއިން ނަގައިގެން ފައްޅީގެ ގަނޑުވަރަކަށް ގެންގޮސްފައެވެ. އަދި އޭނާ އެ މަގާމަށް ހަމަޖެއްސީ އެގައުމުގެ ހިންދޫންގެ އެންމެ މުހިންމު ހިންދޫ އީދުގަ އެވެ. މާތްﷲ ހުރިހައި ފާފައެއް އަފޫ ކުރައްވާއިރު އެއިލާހަށް ޝަރީކު ކުރުން ދުވަހަކުވެސް މައާފް ނުކުރައްވާނެއެވެ.

އެޕަލް ކުންފުނީގެ ސީއީއޯގެ މުސްތަގްބަލާ މެދު ސުވާލު އުފެދޭ

އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކުކްއަށް އަންނަ މަހު 65 އަހަރު ފުރޭ އިރު އޭނާއަށް ފަހު ކުންފުނީގެ ސީއީއޯގެ މަޤާމަށް އަންނާނެ ފަރާތަކާ ގުޅޭގޮތުން މިހާރު ކުންފުނީގައި މަޝްވަރާތައް ކުރެވެމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެޕަލްގެ އިސް މަޤާމުތަކުގައި ތިބި ގިނަ އެގްޒެކެޓިވުން ވަނީ ކުންފުނިން ވަކިވެފައެވެ. މީގެ ތެރޭގައި 2019 ގައި ވަކިވި ކުންފުނީގެ ކުރީގެ ޑިޒައިން ޑިޕާޓްމެންޓުގެ ވެރިޔާ ޖޮނީ އައިވް އަދި ރީޓެއިލް ހެޑް އެންޖެލާ އަރެންޑްސް އާއި، ފާއިތުވި ދެ […]

ޖައިޕޫރު ހަސްފަތާލުގައި އަލިފާނުގެ ހާދިސާއެއް

އިންޑިއާގެ ޖައިޕޫރުގައި ހުންނަ ސަވާއި މާން ސިންގް ހޮސްޕިޓަލްގެ ޓްރޯމާ ސެންޓަރުގެ އިންޓެންސިވް ކެއަރ ޔުނިޓްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 7 މީހަކު ވަނީ މަރުވެފައެވެ. މި ހާދިސާ ހިނގީ ކަރަންޓް ޝޯޓްވުމުގެ ސަބަބުން ކަމަށް ލަފާކުރެވެއެވެ. އާދިއްތަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި، އިމާރާތުގެ ދެވަނަ ފަންގިފިލާގައި ރޯވި އަލިފާނުގެ ސަބަބުން އުފެދުނު ދުމުން އެތަނުގައި ތިބި ބަލިމީހުންނާއި އެމީހުންގެ ޢާއިލާތަކުގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ. މަރުވި މީހުންގެ ޢާއިލާތަކުން ތުހުމަތު […]

ކެއްސާތި ބޯ ބޭސް ލިޔެދިން ޑޮކްޓަރު ހައްޔަރުކޮށްފި

އިންޑިއާގެ މަދްޔަޕްރަދޭޝްގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު ޑރ. ޕްރަވީން ސޯނީ ހައްޔަރު ކޮށްފިއެވެ. އޭނާ ވަނީ މޫސުމީ ހުމާ ގުޅިގެން ކުދިންނަށް އޭނާ ދެމުންދިޔަ ފަރުވާގެ ދިފާއުގައި ވާހަކަދައްކާފައެވެ. މިއީ ކެއްސާތީ ދޭ ކޯލްޑްރިފް ސިރަޕު ބޮއެގެން 16 ކުދިން މަރުވެފައިވާ މައްސަލައިގައި އޭނާ ހައްޔަރުކުރުމުގެ ކުރިން ބުނެފައިވާ ވާހަކައެވެ. އިންޑިއާ މީޑިއާއާ ވާހަކަ ދައްކަމުން ޑރ. ސޯނީ ބުނެފައިވަނީ، އެ ކޯފް ސިރަޕަކީ އެއްދުވަހުގެ ފަރުވާއެއްގެ ގޮތުގައި ދޭ އެއްޗެއް ނޫން ކަމަށާއި، އެ ކުންފުނީގެ […]

މިރޭ ރާއްޖެއަށް ސުޕަމޫން ފެންނާނެ

މިރޭ އުޑުމަތިން ފެންނަ ސުޕަ މޫން ރާއްޖެއަށް ވެސް ނަލަކޮށް ފެންނާނެ އެވެ. ހާރވެސްޓް މޫންގެ ނަމުން މަޝްހޫރުވެފައިވާ މިއަހަރުގެ ފުރަތަމަ ސުޕަމޫން މިރޭ އިރުއޮއްސޭތާ މާގިނައިރުތަކެއް ނުވެ އުޑުމަތިން ފެންނާނެ އެވެ. އަދި މިރެއާއި މާދަމާ ރޭ ވެސް މި ހަނދު ފެންނާނެއެވެ. މި ސަރަހައްދުގެ ހުރިހައި ސިޓީއަކަށްވެސް މި ހަނދު ފެންނާނެ ކަމަށް ވެއެވެ. ސުޕަމޫން އުފެދެނީ ހަނދު އޭގެ އާންމު ހާލަތަށްވުރެ 30 އިންސައްތައާއި ހަމައަށް އުޖާލާވެ ބޮޑުކޮށް ފެންނަ ވަގުތުތަކުގައެވެ. ސުޕަމޫން […]

ވަޓްސްއެޕް އާ ވާދަ ކުރާ އަރައްޓައި އެޕް

ވަޓްސްއެޕްއާ ވާދަ ކުރާނެ އެޕެއް ކަމަށް ބެލެވޭ އިންޑިއާގެ މެސެޖިންގ އެޕް ކަމުގައިވާ އަރައްޓައި އަކީ 20 އަހަރުގެ ދިރާސާއާއެކު އަދި އެތައް އަހަރެއްގެ އިންޖިނިއަރިން ތަޖުރިބާގެ މައްޗަށް ބިނާކުރެވިފައިވާ އެޕެއްދުމެއްކަމަށް ޒޯހޯގެ ބާނީއެއް ކަމުގައިވާ ސްރިދަރ ވެމްބޫ ބުނެއެވެ. މި އެޕް ޕްލޭ ސްޓޯރަށް ލުމާއެކު ފުރަތަމަ ދުވަހުވެސް ވަނީ 3 މީހުންގެ ގާތު މަގްބޫލުކަން ހޯދާފައެވެ. އަރައްޓައި އެޕް Arattai Appގެ ފަހަތުގައިވާ ޓެކްނޮލޮޖީ ވަނީ ޒޯހޯގެ އަމިއްލަ މެސެޖިންގ އަދި އޯޑިއޯ-ވީޑިއޯ ފްރޭމްވާރކްގެ […]

ފާޚާނާ ތަށިން ނިކުތް ހަރުފަ އަންހެން ކުއްޖާ މަރާލައިފި

މިސްރުގެ ޝަރުޤިއްޔާ ޕްރޮވިންސްގެ އަވަށެއްގައި ހިނގި ހިތާމަވެރި ހާދިސާއެއް ގައި ފާޚާނާ ތަށިން ނިކުތް ހަރުފައެއް އަންހެން ކުއްޖެއްގެ ގައިގަތް ދަތްއަޅައި ވިހަ ލައިފިއެވެ. މި އަންހެން ކުއްޖާ ވަނީ މިހާދިސާގައި މަރުވެފައެވެ. އަވަހަށް ފަރުވާދޭން މަސައްކަތްކުރި ނަމަވެސް، ހަރުފައިގެ ވިހަ ހަށިގަނޑަށް ފެތުރުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން އޭނާ އޮތީ ނިޔައު ވެފައެވެ. މަރުވި ކުއްޖާގެ އެއްބަނޑު އެއްބަފާ މީހަކު ކިޔައިދިން ގޮތުގައި އެ ސަރަހައްދުގައި ނަރުދަމާތަކުން ހަރުފަ ފެނުމަކީ އާންމު ކަމެއް ކަމަށެވެ. […]

ރޯދަ މަސް: ފެބްރުއަރީ 19

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި 2026 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެންނާނީ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އެހެންކަމުން ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައިވާނީ ފެބްރުއަރީ 19 ވާ ބުރާސްފަތި ދުވަހު އެވެ. ރޯދަމަހަށް އަޅާއިރު މީހުންގެ އެންމެބޮޑު ނުތަނަވަސްކަމަކީ މިއަހަރު ބާޒާރުގައި ކާނާގެ އަގުތައް މަތިވެ އަތްފޯރާފަށުގައި ނުހުރެދާނެތީއެވެ.

ވިކިޕީޑިއާއާ ވާދަކުރާ ވެބްސައިޓެއް ތައާރަފުކުރަނީ

މަހާސާދާގަރު އީލޮން މަސްކް ގެ އާޓިފިޝަލް އިންޓެލިޖެންސް ކުންފުނި ”އެކްސް އޭއައި“ މެދުވެރިކޮށް ”ގްރޮކިޕީޑިއާ“ ގެ ނަމުގައި ވިކިޕީޑިއާއާ ވާދަކުރާ ވެބްސައިޓެއް ތައާރަފުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އިއުލާނުކޮށްފިއެވެ. މަސްކް ބުނަނީ މި އައު ޕްލެޓްފޯމަކީ މިހާރުގެ ވިކިޕީޑިއާއަށްވުރެ ކުރިއަރާފައިވާނެ ވަސީލަތެއް ކަމަށެވެ. މަސްކަކީ ވިކިޕީޑިއާ ސިޔާސީ ގޮތުން ވައަތު ފިޔައިގެ ފިކުރަށް ބުރަވާކަމަށް ތުހުމަތުކުރާ ފަރާތެކެވެ. އަދި އޭނާގެ އެންމެ ގާތް އެކުވެރިއެއް ކަމަށްވާ ޑޭވިޑް ސެކްސް ވަނީ އާޓިފިޝަލް އިންޓެލިޖެންސް ސިސްޓަމްތައް ތަމްރީނުކުރުމަށް ވިކިޕީޑިއާގެ މައުލޫމާތު […]

އިންޑިއާއިން ހަމަހަމަކަމަށް ވާހަކަ ދައްކައިފި

އދ. ގެ އިންސާނީ ޙައްޤުތަކުގެ ކައުންސިލްގެ 60 ވަނަ ޖަލްސާގައި އިންޑިއާއިން ވަނީ ނަސްލީ ތަފާތުކުރުމާއި، ބިދޭސީންނާމެދު ގެންގުޅޭ ނުރަނގަޅު ވިސްނުންތަކާއި، އިންސާނީ ކަރާމާތަށް އުނިކަން ލިބޭ ކަންކަމާ ދެކޮޅަށް ވާހަކަދައްކާ ފައެވެ. އަދި މިފަދަ ކަންކަމަކީ އިންސާނީ ޝަރަފާއި އިޖްތިމާޢީ އެއްބައިވަންތަކަމަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ބިރުވެރިކަމެއް ކަމުގައި ވެސް އިންޑިއާއިން ފާހަގަ ކޮށްފައި ވެއެވެ. މި ދުވަސްވަރު އިންޑިއާގައި އައިލަވް ޕްރޮފެޓް މުހައްމަދު މިހެން ޖަހާފައިވާ ޝިއާރުތައް ގެންގުޅޭ މީހުންނާ މެދު ހަރުކަށިކޮށް ފުލުހުން […]