ފާޚާނާ ތަށިން ނިކުތް ހަރުފަ އަންހެން ކުއްޖާ މަރާލައިފި

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 6, 2025

މިސްރުގެ ޝަރުޤިއްޔާ ޕްރޮވިންސްގެ އަވަށެއްގައި ހިނގި ހިތާމަވެރި ހާދިސާއެއް ގައި ފާޚާނާ ތަށިން ނިކުތް ހަރުފައެއް އަންހެން ކުއްޖެއްގެ ގައިގަތް ދަތްއަޅައި ވިހަ ލައިފިއެވެ. މި އަންހެން ކުއްޖާ ވަނީ މިހާދިސާގައި މަރުވެފައެވެ.

އަވަހަށް ފަރުވާދޭން މަސައްކަތްކުރި ނަމަވެސް، ހަރުފައިގެ ވިހަ ހަށިގަނޑަށް ފެތުރުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން އޭނާ އޮތީ ނިޔައު ވެފައެވެ.

މަރުވި ކުއްޖާގެ އެއްބަނޑު އެއްބަފާ މީހަކު ކިޔައިދިން ގޮތުގައި އެ ސަރަހައްދުގައި ނަރުދަމާތަކުން ހަރުފަ ފެނުމަކީ އާންމު ކަމެއް ކަމަށެވެ.

ފާޚާނާ ތަށިން ހަރުފަ ފެނުމުގެ ހާދިސާތައް އެހެން ގައުމުތަކުގައިވެސް ހިނގާފައިވެއެވެ. މީގެ ތެރޭގައި 2024 ވަނަ އަހަރުގެ މާރޗް މަހު ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ހިނގި ހާދިސާއަކާއި، 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކުއާލަލަމްޕޫރުގައި 6 އަހަރުގެ ކުއްޖަކަށް ދިމާވި ހާދިސާ ހިމެނެއެވެ.

މި ލިޔުމާ ގުޅޭ