ކައިވެނީގެ 40 ދުވަސް ފަހުން ދަންޖެހުނީ ކީއްވެ؟

ކައިވެނީގެ 40 ދުވަސްފަހުން ގެވެށި އަނިޔާއަށް ކެތް ނުކުރެވިގެން އަންހެން ކުއްޖާ އަމިއްލައަށް މަރުވެއްޖެއެވެ. ޔޫސުފުގެފާނުގެ ކޯރުން ފެނުނު އަންހެން ކުއްޖާއަކީ އުމުރުން 25 އަހަރުގެ ޒުވާނެކެވެ. މިސުރުގެ ފައްޔޫމް ސަރަހައްދުގެ ދަމަޝްގީން ރަށުގައި އުފާވެރިކަމާއެކު މި ކުއްޖާގެ ކައިވެނީގެ ހަފްލާ ބާއްވާފައި ވަނީ މީގެ 40 ދުވަސް ކުރިންނެވެ. އަމިއްލައަށް މަރުވާން ދިއުމުގެ ކުރިން އޭނާ ވަނީ އެނދުމަތީގައި އޭނާގެ ކައިވެނީގެ އަނގޮޓީ ބާއްވާފައެވެ. އަދި އަނގޮޓީ ކައިރީގައި ބާއްވާފައިވާ ނޯޓުގައި އޭނާ ލިޔެފައި ވަނީ […]

އެމެރިކާ: ބަޑީގެ ހަމަލާގައި ދެ މަރު

އެމެރިކާގެ އެލަބާމާ ސްޓޭޓްގެ މޮންޓްގޮމަރީ ސިޓީގައި ހިނގި ބަޑީގެ ހަމަލާއެއްގައި 2 މީހުން މަރުވެ، ކުޑަކުއްޖަކާއެކު 12 މީހުން ޒަޚަމްވެއްޖެއެވެ. މި ހާދިސާ ހިނގީ ޔުނިވަރސިޓީ ފުޓްބޯޅަ މެޗަކާއި ސިޓީން ބެއްވި ފެސްޓިވަލްއެއް ނިމުނު ދުވަހުއެވެ. މޮންޓްގޮމަރީ ޕޮލިސް ޗީފް ޖޭމްސް ގްރާ ބޮއިޒް ކިޔައިދިން ގޮތުގައި ޒަޚަމްވި މީހުންގެ ތެރެއިން 3 މީހުން ވަނީ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއްގައެވެ. އޭގެ ތެރޭގައި ކުޑަކުއްޖާވެސް ހިމެނެއެވެ. އެހެން 9 މީހުންގެ ހާލަތު ސީރިއަސް ނޫން ކަމަށް […]

ޗެޓް ޖީޕީޓީއާ ސުއާލު ކުރި ކުއްޖާ ހައްޔަރުކޮށްފި

ކުލާހުގައި އިންދައި އޭނާގެ އެކުވެރިޔާ މަރާލާނީ ކިހިނެއްތޯ ޗެޓްޖީޕީޓީއާ ސުއާލު ކުރި ކުއްޖާ ހައްޔަރުކޮށްފިއެވެ . ހައްޔަރު ކޮށްފައި ވަނީ އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ ސައުތްވެސްޓަން މިޑްލް ސްކޫލްގެ 13 އަހަރުގެ ދަރިވަރެކެވެ. މަސްނޫއީ ބުއްދީގެ ބާރުގައި ހިންގާ ޗެޓް ޖީޕީޓީފަދަ ސޮފްޓްވެއަރތަކަކީ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންޓެންޓް ހިމެނޭ ވާހަކަތައް ސަރުކާރުގެ އިދާރާތަކަށް އޮޓޮމެޓިކުން ރިޕޯޓު ކުރުމުގެ ގާބިލުކަމާއެކު އުފައްދާފައިވާ ސޮފްޓްވެއަރ ތަކެވެ. އެމެރިކާއިން އުފައްދާ ހުރިހައި ސޮފްޓްވެއަރ އަކީ ޖާސޫސީ އިދާރާތަކުން އެއަށް ވަދެގަނެ، […]

ސިފައިންނާއި ފުލުހުންގެ މުއައްސަސާ ޚަރާބުކޮށްފި: ފައްޔާޒު

ޕީއެންސީ މި ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ސިފައިންނާއި ފުލުހުންގެ (ދެ މުއައްސަސާ) ސިޔާސީކޮށް ޚަރާބުކޮށްފި ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ ”ޚުދުމުހުތާރުކަން ދައްކައި ސިފައިންނާއި ފުލުހުންގެ މައްޗަށް ޣައިރު ޤާނޫނީ އަމުރުކޮށްގެން ތިޔަ ކުރައްވަނީ އެ މުއައްސަސާއަށް މަލާމާތް،“ ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ ޕީޕީއެމް/ޕީއެންސީއަކީ ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ޣައިރު ޤާނޫނީ އަމުރު ކުރުމާއި އެ އަމުރުތައް ތަންފީޒުކުރަން ވަޒީފާގެ ބިރު ދައްކާ ޕާޓީތަކެއް ކަމަށެވެ. […]

ތިލަފުށިން ފަސް ހޯކްސް އަށް ވިއްކައިފި

އިންޑަސްޓްރިއަލް ވިލެޖެއްގެ ގޮތުގައި ތަރައްގީ ކޮށްފައިވާ ތިލަފުށިން ފަސް ބިމެއް އެޗްޑީސީން، ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް ވިއްކައިފިއެވެ. މި ހަ ބިން ވިއްކާފައި ވަނީ 64،462،412 މިލިޔަން ފުރިޔާ އަށެވެ. ވިއްކި ބިމުގެ ބޮޑު މިނާއި އަގު: 33،066.80 އަކަފޫޓު 10،713،643.20 ރުފިޔާ އަށް 6،829.58 އަކަފޫޓު 4،056،770.52 ރުފިޔާ އަށް 35،640.56 އަކަފޫޓު 21،170،492.64 ރުފިޔާ އަށް 45،184.26 އަކަފޫޓު 26،839،450.44 ރުފިޔާ އަށް 5،191.53 އަކަފޫޓު 1،682،055.72 ރުފިޔާ އަށް މި ބިންތައް […]

ރަޝިޔާ ސަރުކާރުގެ ސްކޯލަރޝިޕް ހަވާލުކޮށްފި

ރަޝިޔާގައި ކިޔެވުމަށް، ދިވެހި ދެ ދަރިވަރަކަށް، ރަޝިޔާ ސަރުކާރުގެ ފުރިހަމަ ސްކޮލަރޝިޕް ހަވާލުކޮށްފިއެވެ. މި ސްކޮލަރޝިޕްތައް ހަވާލުކޮށްދެއްވީ މާލޭގައި ހުންނަ ރަޝިޔާގެ ކޮންސިއުލޭޓްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކޮންސަލް ޖެނެރަލް އަލެކްސީ އިޑަމްކިންއެވެ. ކޮންސިއުލޭޓްގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ކޮންސުލް ޖެނެރަލް ވަނީ ދިވެހި ދެ ދަރިވަރުންނަށް މައުލޫމާތު ދެއްވައި ކިޔެވުމަށް ހިތްވަރު ދެއްވާފައެވެ. އަދި ދަރިވަރުން ރަޝިޔާގައި ހޭދަކުރާ ވަގުތު އިލްމީ ގޮތުން މުއްސަނދިކަން ހޯދުމުގެ އިތުރުން، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ […]

އެންޑީއޭއަށް ސީއީއޯ އަކު ނުނަގަނީ ކީއްވެތޯ ހޯމް މިނިސްޓަރާ ސުވާލު ކުރަނީ

މިނިސްޓަރ އިހްސާން މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ/ފޯޓޯ މަޖިލިސް

ގާނޫނުގައި ބަޔާންކުރާގޮތަށް، ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯއަކު ނުނަގާ މައްސަލައިގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން އާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. މި މައްސަލައިގައި މިނިސްޓަރާ ސުވާލުކުރަން ފޮނުވާފައިވަނީ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންަބރު މުހައްމަދު އިބްރާހިމް އެވެ. އެންޑީއޭގެ ބޯޑުން ހަދާފައިވާ ގަވާއިދު ބަޔާންކުރާގޮތުނ،ް އެ އެޖެންސީގެ ސީއީއޯ އަކަށް ހުންނަވާ ބޭފުޅަކީ ޑިގްރީ ސަނަދު އޮންނަ މީހަކަށްވުން ލާޒިމުކުރެއެވެ. ނަމަވެސް އެންޑީއޭގައި […]

ބަންގްލަދޭޝްގެ އައު ސަފީރު، ފަތްކޮޅު އަރުވައިފި

ބަންގްލަދޭޝްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސެލެންސީ ޑޮކްޓަރ މުޙައްމަދު ނަޒްމުލް އިސްލާމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެން ހިންގަވާފައެވެ. ބަންގްލަދޭޝްގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު […]

ޖޯޑަންގެ އެންމެ މަގްބޫލު ނަމަކީ ކޮބާ

ޖޯޑަންގައި އެންމެ މަގްބޫލު ނަންތަކުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެގައުމުގައި އަލަށް އުފަންވާ އަންހެން ކުދިންނަށް ދޭ އެންމެ މަގުބޫލު ނަންތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ”މިސްކް“ ގެ ނަމެވެ. އޭގެ ފަހުން ދެވަނައަށް އެންމެ މަގްބޫލު ނަމެއްގެ ގޮތުގައި ސަލްމާ އެވެ. އަދި އެއަށްފަހު، ވަތީން ދެން މަރިޔަމް އާއި އައިލާ އެވެ. ފިރިހެން ކުދިންނަށް ކިޔާ އެންމެ މަގުބޫލު ނަމަކީ ”މުހައްމަދު“ އެވެ. އަދި، އެއަށްފަހު ދެވަނައަށް ޔޫސުފް، އުމަރު، އަދި […]