ވަޓްސްއެޕް އާ ވާދަ ކުރާ އަރައްޓައި އެޕް

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 6, 2025

ވަޓްސްއެޕްއާ ވާދަ ކުރާނެ އެޕެއް ކަމަށް ބެލެވޭ އިންޑިއާގެ މެސެޖިންގ އެޕް ކަމުގައިވާ އަރައްޓައި އަކީ 20 އަހަރުގެ ދިރާސާއާއެކު އަދި އެތައް އަހަރެއްގެ އިންޖިނިއަރިން ތަޖުރިބާގެ މައްޗަށް ބިނާކުރެވިފައިވާ އެޕެއްދުމެއްކަމަށް ޒޯހޯގެ ބާނީއެއް ކަމުގައިވާ ސްރިދަރ ވެމްބޫ ބުނެއެވެ. މި އެޕް ޕްލޭ ސްޓޯރަށް ލުމާއެކު ފުރަތަމަ ދުވަހުވެސް ވަނީ 3 މީހުންގެ ގާތު މަގްބޫލުކަން ހޯދާފައެވެ.

އަރައްޓައި އެޕް Arattai Appގެ ފަހަތުގައިވާ ޓެކްނޮލޮޖީ ވަނީ ޒޯހޯގެ އަމިއްލަ މެސެޖިންގ އަދި އޯޑިއޯ-ވީޑިއޯ ފްރޭމްވާރކްގެ މައްޗަށް ބިނާކުރެވިފައިވާ އެއްޗެކެވެ. މި ފްރޭމްވާރކްތައް ތަރައްގީ ކޮށްފައި ވަނީ 15 އަހަރުގެ ތެރޭގައި އެކި ބޭނުންތަކަށް ހުށަހަޅައިގެންނެވެ. އަދި މި އެޕްގައި ބޭނުންކުރެވިފައިވާ ޑިސްޓްރިބިއުޓެޑް ސިސްޓަމްގެ ސަބަބުން ހުރިހާ ޕްލެޓްފޯމްތަކެއްގައިވެސް އެޕް ދުޅަހެޔޮކަމާއެކު މަސައްކަތްކުރެއެވެ.

ވެމްބޫ ވަނީ އަރައްޓައި ޓީމްގެ ދިގު މުއްދަތުގެ އިޚްލާސްތެރި މަސައްކަތް ފާހަގަކޮށްފައެވެ. ޒޯހޯއަކީ އިންޑިއާގައި ވިޔަފާރިތަކަށް ސޮފްޓްވެއަރ އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ ކުންފުންޏެވެ.

މި ލިޔުމާ ގުޅޭ