އިގްތިސާދީ ދެ މާހިރަކު އެމެރިކާއިން ހިޖުރަ ކުރަނީ

އެމެރިކާގައި ދިރިއުޅޭ ނޮބެލް އެވޯޑް ލިބިފައިވާ އެސްތަރ ޑޫފްލޯ އާއި އަބިޖިތު ބެނާރޖީ ވަރަށް އަވަހަށް ޔުނިވާސިޓީ އޮފް ޒޫރިކްއާ ގުޅިވަޑައިގަންނަވާނެ އެވެ. 2019 ވަނަ އަހަރު ނޯބެލްގެ އިގްތިސާދުގެ އިނާމު ހޯއްދެވި މި ދެމަފިރިން ޒިއުރިކް ޔުނިވަރސިޓީގައި އިގްތިސާދުގެ އިލްމާ ބެހޭ އާ މަރުކަޒެއް ގާއިމްކުރާނެ ކަމަށް އެ މުއައްސަސާއިން ވަނީ މިއަދު ހުކުރު ދުވަހު ބުނެފަ އެވެ. ޔުނިވާސިޓީ އޮފް ޒިއުރިކް އިން ބުނީ މިހާރު މެސެޗުސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގައި […]

އިކުއެޑޯއިން މުޒާހަރާ ކޮންޓްރޯލު ކުރުމަށް ސިފައިން ނެރެފި

އިކުއެޑޯގެ ވެރިރަށް ކުއިޓޯގައި ހިނގަމުންދާ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް 3،000 އަށްވުރެ ގިނަ ސިފައިން ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ. މި މުޒާހަރާތައް ކުރިއަށް ގެންދަނީ އިކުއެޑޯގެ އިންޑިޖެނަސް ނެޝަނަލިޓީސް ކޮންފެޑެރޭޝަން (ކޮނާއީ) އިންނެވެ. މުޒާހަރާކުރާ ފަރާތްތަކުން ދަނީ ޑީސަލްގެ އަގު މައްޗަށް ދިއުމާ ދެކޮޅު ހަދަމުންނެވެ. އަދި އެމީހުން ވަނީ ވެރިރަށް ހިފަން އިންޒާރުދީފައެވެ. މި މުޒާހަރާތަކުގައި މިހާތަނަށް އެކަކު ވަނީ މަރުވެފައެވެ. އަދި 110 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން […]

ކޮރަޕްޝަނާއި މުޒާހަރާތަކާ ހެދި ޕެރޫގެ ރައީސް މަގާމުން ދުރުކޮށްފި

ޕެރޫގައި ގިނަ ދުވަސްތަކެއް ވަންދެން ހިނގަމުން އައި އިހުތިޖާޖުތަކާއި، އިތުރުވަމުން އައި ގޭންގު ހަރަކާތްތަކާއި، ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ޕެރޫގެ ކޮންގްރެސްއިން ވަނީ ރައީސް ދީނާ ބޮލުއާޓޭ މަގާމުން އަޒުލު ކުރުމަށް ވޯޓުލައި ފާސްކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ”ދާއިމީ އަޚްލާޤީ ނުކުޅެދުންތެރިކަން“ ހުރި ކަމަށް ބުނެ 118 މެންބަރުންގެ ވޯޓުން އޭނާ މަޤާމުން ވަކިކުރުމަށް ފާސްކުރީއެވެ. ރޭގަނޑު ޕާލަމެންޓުން ބޭއްވި އިމްޕީޗްމަންޓް އަޑުއެހުމަށް ބޮލުއާޓޭ ހާޒިރެއް ނުވިއެވެ. އަދި އޭނާގެ މައްޗަށް ހުރި ތުހުމަތުތަކުގެ ތެރޭގައި ”ރޯލެކްސްގޭޓް“ […]

ފަލަސްޠީނުގެ މަރުވާން މިނިވަންކުރަން ޤަތަރުން މަސައްކަތް ކުރަނީ

އެމެރިކާގެ އެހީތެރިކަމާއެކު ޤަޠަރުން މަސައްކަތް ކުރަމުންދަނީ ފަތަޙް ގެ އިސްވެރިޔާ ބަޠަލް މަރުވާން ބަރުޣޫތީ، ޔަހޫދީންގެ ޖަލުން ދޫކޮށްލާ މީހުންގެ އެއްބަސްވުމުގައި ހިމެނުމަށެވެ. ޔަހޫދީން ކުރިން އޭނާ ދޫކޮށްލުމަށް އެއްބަސްވެފައިވީ ނަމަވެސް، ފަހުން ވަނީ ޔަހޫދީ އުސޫލުން އެ ނިންމުން ބަދަލުކޮށްފައެވެ. ޤަޠަރުގެ މެދުވެރިކަމުގައި މިހާރު މަސައްކަތް ކުރަމުންދަނީ ބަރުޣޫތީގެ ނަން އަލުން އެއްބަސްވުމުގައި ހިމެނުމަށެވެ. އެއީ ޣައްޒާގެ އެއްބަސްވުމުގެ މުހިންމުކަމާއި އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުން ކަމެއްކަމަށް ގަތަރު ބުނއެވެ.

ފަލަސްޠީނު ސައިންޓިސްޓެއްގެ ކާމިޔާބީއަށް އެތައް ގައުމަކުން ފަޚުރުވެރި ވެއްޖެ

ބުދަ ދުވަހު ކެމިސްޓްރީގެ ދާއިރާއިން ނޯބެލް އިނާމު ލިބުނު އުމަރު ޔަޣީއަކީ ތިމަންނަމެންގެ މީހެއްގެ ގޮތުގައި އަރަބި ތިން ގައުމަކުން ބުނެފިއެވެ. އެ ތިން ގައުމަކީ ފަލަސްޠީނާއި ޖޯޑަންއާއި ސައޫދީ އަރަބިއްޔާއެވެ. އުމަރު ޔަޣީ އަކީ ފަލަސްޠީނު މީހެކެވެ. އުފަންވީ ފަލަސްޠީނުގެ ނަސްލަކުން ފަލަސްޠީނަށެވެ. އުމުރުން 15 އަހަރުގައި އެމެރިކާއަށް އުނގެނުމަށް ހިޖުރަ ކުރީއެވެ. ޕީއެޗްޑި ހާސިލް ކުރީއެވެ. ޖޯޑަންގެ ރަށްވެހިކަން ލިބުނީ ޣައްޒާގެ ފަލަސްޠީނު ދަރިކޮޅުގެ ރެފިއުޖީ ޢާއިލާއަކަށް ޖޯޑަންގައި އުފަންވުމުންނެވެ.  ފަހުން 2021 ގައި […]

ޔަހޫދީންގެ ޖަރީމާތަކުގެ ހިސާބު ބެލެވެން ޖެހޭނެ: ފާތިމާ މުހާޖިރާނީ

އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާއިން ފަލަސްޠީނު ރައްޔިތުން މިނިވަންކަމާއި ޢިއްޒަތަށްޓަކައި ކުރާ ހަނގުރާމައިގައި ފަލަސްތީނުގެ ރައްޔިތުންނާއެކު ކުރިންވެސް އަދި މިހާރުވެސް އަބަދުވެސް ދެމިތިބޭނެ ކަމުގައި އީރާނުގެ ސަރުކާރުގެ ތަރުޖަމާން ފާތިމާ މުހާޖަރާނީ ވިދާޅުވެއެވެ. މުހާޖަރާނީ ވިދާޅުވެފައިވަނީ ޣައްޒާގައި ހިނގަމުންދާ ޖެނޮސައިޑް އަނިޔާވެރިކަން ހުއްޓުވުމަށާއި، އިސްރާއީލުގެ އިސްތިއުމާރީ ޖެނޮސައިޑް ސިފައިން އަނބުރާ ގެން ދިއުމަށާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި، ވަގަށް ނަގާފައިވާ ފަލަސްތީނު މީހުން ދޫކޮށްލުމަށާއި އަދި އެމީހުންގެ އަސާސީ ޙައްޤުތައް ހޯދައިދިނުމަށް އެޅޭ ކޮންމެ ފިޔަވަޅަކަށް ނުވަތަ އިސްނެގުމަކަށް […]

އުތުރު ކޮރެއާ އަންހެނުން ހިފަހައްޓައި ޓެސްޓް ކުރުމަށް ލީޑަރު އަންގައިފި

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ އަންހެނުންގެ ބްރެސްޓް އިމްޕްލާންޓް ހެދުން ހުއްޓުވުމަށް ޚާއްޞަ ޓީމުތަކެއް އުފައްދައި، މި ކަން ސިއްރުން ކުރާ ޑޮކްޓަރުން ހައްޔަރުކުރުމަށް އަމުރު ކުރައްވާފައެވެ. ކިމް ވިދާޅުވަނީ މިއީ ”ސޯޝަލިޒަމްއާ ދެކޮޅު“ ޢަމަލެއް ކަމަށެވެ. އަދި މި ބާވަތުގެ ސާޖަރީތަކުގެ އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. ސައުތު ކޮރެއާގެ ”ޑެއިލީ އެންކޭ“ ނޫހުން ރިޕޯޓު ކުރިގޮތުގައި މި ކަމަށް ލީޑަރު ކިމް ވަނީ ޚާއްސަ ޓާސްކްފޯހެއް އުފައްދަވާފައެވެ. […]

ފަރުވާއަކަށް 8 ބޮއް ކާލި މީހާއަށް ވީ ކިހިނެއް؟

އުމުރުން 82 އަހަރުގެ ޗައިނީސް އަންހެނަކު ވަނީ ބުރަކަށީގެ ރިހުމަށް ފަރުވާއެއްގެ ގޮތުން ދިރިދިރ ހުއްޓައި ކުދި 8 ބޮއް ކައިފައެވެ. އެއަށްފަހު އަންހެން މީހާ ވަނީ ހަސްފަތާލުގައި އެނދުމަތިކޮށްފައެވެ. ޗޭންގް ގެ ނަމުން މީޑިއާގައި ރިޕޯޓު ކޮށްފައިވާ އަންހެން މީހާ މި ފަރުވާ އިޚުތިޔާރު ކުރީ މިއީ ޗައިނީސް ބޭސްވެރިކަމުގައި ބޭނުން ކުރާ ގޮތެއް ކަމަށް މައުލޫމާތު ލިބިގެންނެވެ. ގިނަ ދުވަސްތަކެއް ވަންދެން ބުރަކަށީގެ ރިހުން ތަހައްމަލު ކުރާ ޗޭންގްއަށް، ބޮއްތައް ހިފައި ދިނީ އޭނާގެ […]

ހުވައި ކުރިތާ އިރުކޮޅެއް ފަހުން ކައުންސިލު ރައީސް ހައްޔަރުކޮށްފި

މިސްރުގެ އިސްކަންދަރިއްޔާ ސަރަހައްދުގެ އަވަށެއްގެ ކައުންސިލްގެ ރައީސް މަގާމުގެ ހުވައި ކުރިތާ އިރުކޮޅެއްގެ ތެރޭގައި ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރު ކުރީ، އޭނާގެ މައްޗަށް ކުރިން ސާބިތުވެފައިވާ ރިޝްވަތުގެ މައްސަލައެއްގައެވެ. އޭނާއަށް މަގާމުގައި ހުރެވުނީ 48 ގަޑި އިރަށެވެ. މިއީ މީގެ 4 އަހަރު ކުރިން، އޭނާ، މަހައްލަލް ކުބްރާގެ ސިޓީ ކައުންސިލުގެ ރައީސްކަން ކުރިއިރު ހިންގާފައިވާ ޖަރީމާއެކެވެ. މި މައްސަލައިގައި މިދިޔަ އޭޕްރީލް މަހު އޭނާގެ ޣައިރު ހާޒިރުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައި ވެއެވެ. […]

މޭޔަރުގެ ދަރިފުޅު މޭޔަރު ގަޔަށް ވަޅި ޖަހައިފި

ޖަރުމަނުގެ ހެރްޑެކް ސިޓީގައި އަލަށް އިންތިޚާބުވި މޭޔަރު އައިރިސް ޝްޓަލްޓްޒަރު (57 އަހަރު) އަށް އޭނާގެ 17 އަހަރުގެ ދަރިފުޅު ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މި ހާދިސާ ހިނގާފައިވަނީ އާއިލާގެ ގޭގައެވެ. މި ހަމަލާގައި މޭޔަރުގެ ކަރަށާއި ބަނޑަށް ތަކުރާރުކޮށް ވަޅިން ހަމަލާދީފައިވެއެވެ. އޭނާ ވަނީ ބޮޑެތި އަނިޔާތަކާއެކު ހެލިކޮޕްޓަރުގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ. މި ހާދިސާ ހިނގި އަޑުއިވިގެން އަވައްޓެރިން ފުލުހުންނަށް ގުޅުމުން، ފުލުހުން ވަނީ މޭޔަރުގެ ދެ ދަރިން ހައްޔަރުކޮށްފައެވެ. މި […]